ވިޔަފާރި

ގެސްޓުންނަށް ޓީވީގެ އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް "ރޫމްނެޓް"

ރޫމްނެޓްއިން ބޭއްވި "ކަނެކްޓް" ނެޓްވޯކިން އިވެންޓުގައި ޕްރެޒެންޓޭޝަން ދެނީ.

08 މެއި 2024 - 12:08

ޒަމާނީ ޓެކްނޮލަޖީ އާއި އީޖާދީ ވަސީލަތްތަކުގެ އެހީގައި އެކި ފަންތީގެ ހޮޓެލްތަކާއި, ޓޫރިސްޓް ވިލާތަކާއި ރިސޯޓުތަކަކީ ގެސްޓުންނަށް ދޭ ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް, ތަރައްގީކުރަމުންދާ ދާއިރާއެކެވެ. ހޮސްޕިޓަލިޓީ ދާއިރާއިން ގެސްޓުންގެ ތަޖުރިބާ ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކުންފުނިތަކުގެ ތެރެއިން "ރޫމްނެޓް" އަކީ މި ޒަމާނާ ގުޅޭ ގޮތަށް ޓީވީ ހިދުމަތް ގެސްޓުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ, މިހާރުގެ ޓްރެންޑުތައް ދަންނަ ކުންފުންޏެކެވެ.

އިނގިރޭސި ވިލާތުގެ "ރޫމްނެޓް" އަކީ އެޕަލް ކުންފުންޏާ އެކު ޕާޓްނާވެ, އެޕަލް ކުންފުނީގެ އެޕަލް ޓީވީ މެދުވެރިކޮށް ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ކުންފުންޏެކެވެ. މި ކުންފުނީގެ ތަސައްވުރަކީ ހޮޓެލްތަކާއި ރިސޯޓުތަކަށް ޒިޔާރަތްކުރާ ގެސްޓުންނަށް އެ ގެސްޓުން ބަލަން ބޭނުންވާނެ ކޮންޓެންޓް ފުރިހަމައަށް ފޯރުކޮށްދިނުމެވެ.

ރޫމްނެޓް މެދުވެރިކޮށް ޓީވީ ކަސްޓަމައިޒްކުރެވޭނެ ގޮތުގެ މައުލޫމާތުތައް ހިއްސާކުރަނީ.

ރޫމްނެޓްގެ ވައިސް ޕްރެޒިޑެންޓް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް, ޖޭމްސް ގްރާންޓް ވިދާޅުވި ގޮތުގައި ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ކޭބަލް ޓީވީގެ ހިދުމަތް ބޭނުންކޮށްގެން ކަރަންޓް އެފެއާޒް ޝޯތަކާއި ޕްރޮގްރާމުތަކުގެ ޗެނަލްތަކާއި ކުޅިވަރު ޗެނަލްތައް ބަލާ މިންވަރު ދަށް ކަމަށް އެ ކުންފުނީގެ ދިރާސާއިން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ގެސްޓުންގެ މެދުގައި ފާހަގަކުރެވިފައިވާ ޓްރެންޑަކީ ޗެނަލްތަކަށް ވުރެ, ސްޓްރީމިން ޕްލެޓްފޯމު މެދުވެރިކޮށް ކޮންޓެންޓް ބެލުން ކަމަށް ޖޭމްސް ވިދާޅުވި އެވެ.

ރޫމްނެޓަކީ މި ޒަމާނުގެ މި ޓްރެންޑަށް ބަލާ ފަރުމާކޮށްފައިވާ ސޮލިއުޝަނެކެވެ. ރޫމްނެޓުން ފޯރުކޮށްދެނީ އެޕަލްޓީވީ ޑިވައިސް މެދުވެރިކޮށް, ސްޓްރީމިން ޕްލެޓްފޯމުތަކާއި އެޕް ސްޓޯރުގެ ހުރިހާ އެޕްތަކާއި ކަސްޓަމަރު ބޭނުންވާ އެކި ޗެނަލްތަކާއި އަދި އެއްވެސް ލެގްވުމެއް ނެތި ސްޓްރީމްކުރެވޭނެ ގިނަ ވީޑިއޯ ކޮންޓެންޓުތަކެކެވެ. އަދި މިއީ އެއާޕްލޭ މެދުވެރިކޮށް ފޯނުގެ ކޮންޓެންޓުތަކުގެ އެކްސެސް ވެސް ލިބޭނެ އެވެ. ޗުއްޓީގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް ޓީވީ މެދުވެރިކޮށް ބެލުމުގެ އިތުރުން, ފޭސްޓައިމް ކޯލްތައް ވެސް ޓީވީއިން މިރޯ ކުރެވޭނެ އެވެ.

"މި ޒަމާނަކީ އެންމެން ވެސް ޓީވީ ޗެނަލްތަކަށް ވުރެ ބޮޑަށް ސްޓްރީމިން ޕްލެޓްފޯމުތަކާ ރައްޓެހި ޒަމާނެއް. އަދި ޓީވީތަކަކީ ވެސް ވަރަށް ޑިޖިޓަލް, ސްޓްރީމިން ޕްލެޓްފޯމުތަކާ ރައްޓެހި ޒަމާނެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ގެއާ ދުރުގައި ހުންނަ އިރުވެސް, ގެއިން އެ ހޯދޭ ތަޖުރިބާ ފޯރުކޮށްދީ, މުނިފޫހިފިލުވުމުގައި ހަރަދުކުޑަ, އެންމެނާ ރައްޓެހި, ފެމިލިއާ ސޮލިއުޝަނެއް." ޖޭމްސް ވިދާޅުވި އެވެ.

ރޫމްނެޓްއިން ފޯރުކޮސްދޭ އެޕަލް ޓީވީގެ އެޕްތަކަކީ ކޮންމެ ގެސްޓަކު ވެސް އަމިއްލަ އެކައުންޓްއިން ވަންނަން ޖެހޭ އެޕްތަކެވެ. ގެސްޓުންނަށް ބޭނުން ނަމަ އަމިއްލަ އެޕަލް އައިޑީއާ ޓީވީ ކަނެކްޓުކުރުމުގެ އިހުތިޔާރު ލިބޭނެ އެވެ. މި ޑިވައިސް އަކީ އެޕަލް އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ އެއްޗެކެވެ.

މިއީ ސެކިއުރިޓީ ފީޗާތައް ވަރުގަދަ, ކޮންމެ ގެސްޓެއް ޗެކްއައުޓްކުރުމުން, ފަސޭހައިން ރީބޫޓު ކޮށް, ހުރިހާ އެއްޗަކުން ލޮގްއައުޓްވެވޭ ފީޗާއެއް ވެސް ހިމެނޭ ޑިވައިސްއެކެވެ. މި ޑިވައިސް މެދުވެރިކޮށް ހޮޓެލްތަކާއި ރިސޯޓުތަކުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދާ ބުކް ކުރެވޭ ގޮތަށް ސްޕެޝަލައިޒް ވެސް ކުރެވޭނެ އެވެ. އަދި ރިސޯޓާއި ހޮޓެލްތަކުގެ ހިތްގައިމު މަންޒަރުތައް ހިމަނާ, ގެސްޓުންނަށް ޕާސަނަލައިޒްޑް ތަޖުރިބާއެއް މި ޑިވައިސްގެ އެހީގައި ފޯރުކޮށްދެވޭނެ އެވެ.

އެޕަލް ޓީވީ ޑިވައިސްއާ އެކު ރޫމްނެޓްއިން ފޯރުކޮށްދޭ ރިމޯޓް އަކީ ވެސް އާއްމުކޮށް ހޮޓެލްތަކުގައި ހުންނަ ރިމޯޓްތަކާއި ހިލާފަށް ބޭނުން ކުރަން ފަސޭހަ, ކޮންމެހެން ހުންނަން ޖެހޭ ފިއްތައް ހިމަނައި، ފަރުމާ ކޮށްފައިވާ ރިމޯޓެކެވެ. މި ރިމޯޓް އަކީ ވެސް ކަސްޓަމަރުންނަށް "ހެސަލް ފްރީ" ތަޖުރިބާއެއް ހޯދައިދިނުމުގައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްގެ ގޮތުގައި ރޫމްނެޓްއިން ފާހަގަކުރެ އެވެ.

ރޫމްނެޓްއިން ފޯރުކޮށްދޭ އެޕަލް ޓީވީ އަކީ ކޮންމެ ޓީވީއަކާ ވެސް ގުޅާ ހިދުމަތް ދެވޭނެ ޑިވައިސްއެކެވެ. ރޫމްނެޓްއިން ބުނީ ރާއްޖެ ޓޫރިޒަމްގެ ގޮތުން ކުރިއަރާ, އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާއިރު, މި ޑިވައިސްގެ ބޭނުން ވަރަށް މުހިންމު ކަމަށެވެ.

ރޫމްނެޓްއިން މިހާރު ވަނީ ރާއްޖެއަށް މި ހިދުމަތް ތައާރަފްކޮށްފަ އެވެ. ރާއްޖޭގައި ގާތްގަނޑަކަށް 10 ރިސޯޓަކުން މިހާރު ރޫމްނެޓްއިން ހިދުމަތްތައް ދެމުން އަންނައިރު, އެކި ރިސޯޓުތަކުން މި ހިދުމަތް ފެށުމަށް އެ ކުންފުންޏާ މިހާރު މަޝްވަރާކުރަމުންދާ ކަމަށް ރޫމްނެޓްއިން ބުންޏެވެ. ރޫމްނެޓްއިން މި ހިދުމަތް ރާއްޖޭގައި ފުޅާ ކުރުމަށް މި މަހުގެ ކުރީކޮޅު, "ކަނެކްޓް"ގެ ނަމުގައި ރިސޯޓުތަކުގެ އިސްވެރިންނާ އެކު ނެޓްވޯކިން އިވެންޓެއް ވެސް ވަނީ ބާއްވައިފަ އެވެ.

ROOMNET™ - Transforming TV

ROOMNET™ - Transforming TV

Apple TV Solutions for Hospitality - Including Airplay for Hotels!

ރޫމްނެޓްގެ އިތުރު މައުލޫމާތު މި ވެބްސައިޓްއިން ލިބޭނެ.

ރޫމްނެޓްއިން ފޯރުކޮށްދޭ ހިދުމަތަކީ ޒަމާނާ ރައްޓެހި, ހޮޓެލްތަކާއި ރިސޯޓުތަކުން ހިދުމަތްތައް ހޯދުމުގައި މުއާމަލާތްތައް ކުރަންޖެހޭ މިންވަރު މަދުކޮށް, ގެސްޓުން ބަލަން ބޭނުންވާނެ ކޮންޓެންޓު ފޯރުކޮށްދީ, އެކި އެޕްތަކާ ފަސޭހައިން ޓީވީން ގުޅާލަދޭ ހިދުމަތެކެވެ. މި ހިދުމަތަކީ ގެސްޓުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ފޯރުކޮށްދޭނެ ހިދުމަތެކެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454