ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެއް ފަހީ ފަޅު ތެރެއަށް އަޑިއަށް ގޮސްފައި.-- ފޮޓޯ: ބިލެއްފަހީ ކައުންސިލް
03 ޖޫން 2024 - 10:38
ށ. އަތޮޅުގެ ބައެއް ރަށްތަކަށް މުދާ ހިފައިގެން ދަތުރުކުރާ ކަނޑިތީމު ބޯޓެއް މުދަލާ އެކު އަޑިއަށް ހިނގައްޖެ އެވެ.
ކަނޑިތީމުގެ އިތުރުން ބިލެއްފައްސާއި ނޫމަރާ އާއި ގޮއިދު އާއި ފޭދުއަށް ވެސް މުދާ އުފުލަނީ 2007 ގައި ދުއްވަން ފެށި "އުޅިއަށި" ކިޔާ މި ބޯޓުންނެވެ.
ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ އެ ބޯޓު އަޑިއަށް ދިޔައީ މުދާ ހުސްކުރުމަށް ބިލެއްފަހީގެ ފަޅަށް ވަންނަނިކޮށް ނެރުގައި ޖެހިގެން މިއަދު ހެނދުނު ކަމަށެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެއްފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ރައްޔިތުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެއްފަހީ ކައުންސިލް
ބޯޓު ވަރަށް ބޮޑަށް ދިޔަވާން ފަށުމުން ބަނދަރާ ގާތްކުރިއިރު ބޯޓުގެ ބޮޑު ބައެއް އޮތީ ފެނު އަޑިއަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޔެ މާލެއިން މުދާ ހިފައިގެން އައިސް ހުރިހާ ރަށަކަށް ތަރުކާރީ އާއި މޭވާތައް ބާލާފައި ރަށަށް އައީ. މިއދު ހެނދުނު އެ ރަށްތަކަށް މުދާ ބާލަން ގޮސް ބިލެއްފަހީ ފަޅަށް ވަންތަނާ އެ ހާދިސާ މި ހިނގީ،" އޭނާ ވިދާޅުވި އެވެ.
ބޯޓު އަޑިއަށް ދިޔައިރު އޭގައި ގިނަ އަދަދެއްގެ މުދާ ހުރިއިރު ބިލެއްފަހީ ރައްޔިތުން ނިކުމެ ވަނީ މަތީގައި ހުރި މުދާތައް ބަނދަރުމައްޗަށް ބާލައިފަ އެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންގެ މުދަލާއި އާންމުންގެ ގިނަ އަދަދެއްގެ މުދާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑިތީމު "އުޅިއަށި ބޯޓު" ބިލެއް ފަހީ ފަޅު ތެރެއަށް އަޑިއަށް ދާން ފެށުމުން އެ ރަށު ރައްޔިތުން ނިކުމެ އޭގައި ހުރި މުދާތައް ބާލަނީ.-- ފޮޓޯ: ބިލެއްފަހީ ކައުންސިލް
"މިހާރު އެ އޮތީ އެއްކޮށް އަޑީގައި. މަތީގަ ހުރި މުދާކޮޅު ބޭލުނު، އަޑީގައި ހުރި މުދާތައް ސަލާމަތެއް ނުވި. ދެން އެ ބޭނުން ކުރެވޭނެހެން ހިޔެއް ނުވޭ،" އަހުސަން ވިދާޅުވި އެވެ.
އެ ބޯޓު ފުން ކުރުމަށް މިހާރު އޭގައި "ބެލޫން" ޖަހައިގެން މައްޗަށް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުންސުރު
03 June 2024
އަޑިއަށް ދިޔަ ބޯޓެއް ކިހިނެއްބާ ފުން ކުރާނީ
ސައިކް ބްރޯ
03 June 2024
ސައިކަލު ސަލާމަތްވިތަ؟
އަހުމަދު ދިރާސާ
03 June 2024
ނެރުގެ ފައިކަށިތައް ޑިޒައިން ކޮށްފައި ހުންނަގޮތް ކަމަކުނުދޭ. ފައިކައްޓަށް އަރައިގެން މާނައަކީ އެތާ ހުނަ ގާތަކަށް އަރާ ބޯޓު ފެޅި އަޑިއަށް ދިޔައީ ކިތައް ބޯޓުތޯ؟ ފައިކަށިތައް އުވާލަަފަ ނެރުގެ ދެފަރާތުގައި ޝީޓު ޕައިލްކޮށް ނޫނީ ވާޓަރު ހަދާ އުސޫލުން ދިގު ފާރުބުރިއެއްލާފަ ވަދެނުކުމެ ހަދާ އޮޑި ފަހަރު ވާޓަރުގައި ޖެހެނަސް ފެނު އަޑިން ގާތަކުގައި ނުޖެހޭގޮތައް ނެރުތައް ބަދަލުކުރަންޖެހޭ. މިސާލު: ޙުޅުލެއަށް ވަންނަ ނެރު. ދޯނި ގަލެއްގައި ޖެހިގެން ނުފެޅޭނެ.
އަބްޑޫޅް +
03 June 2024
ސުވާލަކީ، މައް ބީރަށްޓެހީންނަށް ތަރުކާރީ އާއި މޭވާ ބޭނުންވަނީ ކިޔެއްވެގެންހޭ؟ ރަށްފުށުގައި ތިބޭނީ ގަބުޅި ކަތީބުންނޭ. ގަބުޅި ކަތީބުންނަށް ބޭނުންވާނީ، ގަބުޅިކޮޅު، މަސްކޮޅު ކާށި ކޮޅޭ. ކޮން ތަރުކާރީ އަކާއި، މޭވާއެއް؟
އަހްމަދީއަހްމަދު
03 June 2024
އަބްޑޫލް ބުނެދީބަލަ މައްބީރަށްޓެހިންނަކީ ކޮބައިތޯ؟ އޭރުން ތަރުކާރީއާ މޭވާ ބޭނުންވަނީ ކީއްވެގެންކަން ބުނެދޭނަށް.
ނަޖުދު.
03 June 2024
ކަލޭގެ ތިޔަހަރަ ބޮޑާ ކަމާއި ކިބުރުވެރިކަމެއްދޯ ؟ ކަލެއަށް ހަލާކު ހުރި.