ރައްޔިތުންގެ މަޖިލީހުގެ ބިއުރޯ ޗީފްއަކަށް އައްޔަން ކުރި ނިހާން: އޭނާ ވަނީ އިއްޔެ ވަޒީފާއަށް ނުކުންނަން ފަށާފައި
06 ޖޫން 2024 - 15:41
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އައްޔަން ކޮށްފި އެވެ.
ނިހާން މި މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ މަޖިލީހުގެ ރައީސްގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި ތިން މުވައްޒަފަކު ނެގުމުގެ ބާރު މަޖިލީހުގެ ރައީސްއަށް އޮވެ އެވެ.
ނިހާން އެ މަގާމަށް ހަމަޖެއްސެވުމުން އޭނާ އިއްޔެއިން ފެށިގެން ވަޒީފާއަށް ނިކުންނަން ފަށްޓަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސޯލިހް އެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސެކްޓްރީއަކަށް ހުންނެވުމަށްފަހު މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ ދައުރުގަ އެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން އުފުލި އެވެ. އެކަމަކު އެ މައްސަލަތައް މުރާޖައާ ކުރުމަށް ފަހު، ޕީޖީ އޮފީހުން މިހާރު ނިންމާފައި ވަނީ މައްސަލަތައް ކުރިއަށް ނުގެންދާށެވެ.
އެހެންވެ ނިހާންގެ މައްޗަށް ކުރާ އެއްވެސް ދައުވާއެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
08 June 2024
ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަކީ, ޕްރޮސެކިޔުޓަރ ޖެނެރަލް ކުޅުޖަހަން ހުރި ފީކުދާނެއް ނޫން. އޭނާ ބޭނުން މީހަކަށް ދަޢުވާ ކޮއްފަ, ބޭނުވާ މީހުން ދޫކޮށެއް ނުލެވޭނެ! މި ގައުމުގަ އިންސާފު ނުލިބިގެން މި އުޅެނީ އެހެން ވެގެން.
އަފްރާސިޔާބު
08 June 2024
ވައްކަން ކުރުމާއި ޚިޔާނާތަކީ ރައްޔިތުން ބަލައިގެންފައިވާ ކަމަކަށްވެގެން ދާނަމަ އެކަމުގައި އޮތީ ކޮންގޯހެއް؟ ނިހާނު ވީމާ އެއްވެސް ވަޒީފާއެއް ނުދީފައި އަބްދުއްރަހީމުވީމާ ވަޒީފާދީފައި މިއީކީ މިހާރު ބަލައިގަންނަ ކަމެއްނޫން. އެންމެންނަށްވެސް ވަޒީފާ ލިބޭނެ.
ނާޑުވާ
08 June 2024
ކުރިން މަންމަމެން ބުނަނީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށް. އެކަމަކު މިހާރު މި އެނގެނީ މޮޅު ކުއްޖަކަށް ވެ މަތީ މަޤާމް ލިބެނީ ނުކިޔަވާ ދައުލަތުގެ މުދަލަށް ގެއްލުންދީ ގިނަ މައްސަލަތަކެއް އޮވެ ގިނަ ތުހުމަތު ކުރެވުނު ވަރަކަށްކަން.
ކޮރަލް
08 June 2024
ކޮންމެ ސަރުކާރެއް އަޔަސް ގާސިމްގެ ބާރު ދަނީ ގަދަ ވަމުންނެވެ.
ހައްޓި
08 June 2024
ނިހާން އަކީ އަސްލު ހަމަ ޤާބިލް ބޭފުޅެއް. ހަމަ އެކަނި ވާހަކަދެއްކުމެއް ނޫން. ޢިލްމީ ގޮތުން ބެލިޔަސް ކުފޫ ހަމަވާނެ. އެކަމަކު ސިޔާސީ ފަސްބައި ވަރަށް ކިލަނބު. އަދި ކޮރަޕްޝަނަށް ނޫނެކޭ ނުބުނެވޭނަމަ ދައުލަތުގެ މަތީ މަޤާމުތަކަށް ލައިގެންވެސް ނުވާނެ.
ާމާބޭ ެ
08 June 2024
މިސޮރު ވަރަށްއަވަހަށް ކުލަބަދަލުވޭ އެބަ،
ޢެބޭ
07 June 2024
ޙަމަޖެހޭކަމެއްނޫން އިންސާފުންބޭރކަމެއް
ރޮލެކުސް ހަސަނު
07 June 2024
ޤައުމުގެ ވެރީންނަށް ތިބިމީހުންގެ އިތުބާރު ދާނީ ދުވަހެއް ދުވަކަށް ދަށަށް.
ގާބިލުވާން
07 June 2024
ކުދީންނޭވެ. ކިޔަވާނެ ކަމެއްނެތް. ކޮފީއަށް އަރާފަ ކޮންމެވެސް ޕޯޑިއަމަކަށް އަރާފަ ވާހަކަ ދައްކާފަ އަނެއްދުވަހު ބޮޑު މަަގާމެއް ލިބޭނެ.
އިހްސާސް
07 June 2024
ކޮއްކޯ ތިޔައީ ދުނިޔޭގެ އެދުންވެރިކަމައިގެން އުޅުން.
ރިލުގާމް
06 June 2024
ސޯލިހް ލީ އޭނަގެ ކޮށްކޮ. ވަރަށް ކަޑަކޮށް ކަންތައް ކުރީ. ނިހާން މާ ރަނގަޅު ވާނެ