މުސިއާލާ، ޖަރުމަނުގެ ދެވަނަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
15 ޖޫން 2024 - 02:26
މިއުނިކް (ޖޫން 15) - މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގައުމު ޖަރުމަނުން 5-1 އިން ސްކޮޓްލެންޑް ބަލިކޮށްފި އެވެ.
ސްކޮޓްލެންޑަށް ނިސްބަތްވާ ލެޖެންޑަރީ ކޯޗު، ސާ އެލެކްސް ފާގަސަން ވެސް ދަނޑަށް ހާޒިރުވެ އިން މި މެޗުގައި އެޓީމަށް މާ ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނީސް ޖަރުމަނުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައި، ޓީމު ހާސް ކޮށްލައިފަ އެވެ.
ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ފްލޯރިއަން ވާޓްޒް ކާމިޔާބު ކޮށްދިން އިރު، އޭގެ ނުވަ މިނިޓު ފަހުން ދެވަނަ ލަނޑު ޖަހައިދިނީ ޖަމާލް މުސިއާލާ އެވެ.
ކުރީގެ ލެޖެންޑަރީ ކޯޗު ފާގަސަން (ވ) އާއި ދާދި ފަހުން ތުރުކީގެ ފެނަބާޗޭއާ ހަވާލުވި ޕޯޗުގީޒް ކޯޗު ހޯޒޭ މޮރީނިއޯ (ކ) ދަނޑުގައި.-- ފޮޓޯ: އޭއެފްޕީ
ޖަރުމަނުން ޖެހި ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓިއަކުން ޖަހައިދިނީ ކައި ހަވާޓްޒް އެވެ. މިއީ ސްކޮޓްލެންޑުގެ ޑިފެންޑަރު ރަޔާން ޕޯޓިއަސް، ޖަރުމަންގެ ކެޕްޓަން އިލްކާއި ގުންޑޮއާން އަށް އޭރިއާ ތެރެއިން ފައުލް ކޮށްގެން ދިން ޕެނަލްޓިއެކެވެ. މި ފައުލާ އެކު ޕޯޓިއަސް އަށް ވަނީ ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މިއީ 1984 ވަނަ އަހަރުގެ ޔޫރޯގެ ގުރޫޕް ސްޓޭޖުގައި ފްރާންސް އިން ފުރަތަމަ ހާފުގައި ބެލްޖިއަމް ކޮޅަށް ތިން ގޯލު ވައްދާލި ފަހުން، މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗެއްގައި ޓީމަކުން ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ފޫލްކްރޫގް (ކ-2)، ޖަރުމަންގެ ތިންވަނަ ގޯލު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެވަނަ ހާފުގައި އެކަކު މަދުކޮށް ސްކޮޓްލެންޑް ކުޅުނު ނަމަވެސް އިތުރު ގޯލެއް ޖަހަން ޖަރުމަނަށް ފަސޭހައެއް ނުވި އެވެ. އެޓީމުގެ ހަތަރުވަނަ ގޯލު 68 ވަނަ މިނިޓުގައި ޖަހައިދިނީ އޭގެ ފަސް މިނިޓު ކުރިން ކުޅެން އެރި ނިކްލަސް ފޫލްކްރޫގް އެވެ.
މެޗުގައި އެންމެ ހަމަލާއެއް ފޮނުވާ ނުލެވުނު ސްކޮޓްލެންޑަށް ލަނޑެއް ކާމިޔާބުވީ، ހިލޭޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބޮލުގައި ޖެހިފައި ކީޕަރު ބޯ މަތިން ގޯލު ތެރެއަށް އޮއްސިގެންނެވެ.
ޖަރުމަންގެ ފަސްވަނަ ގޯލު މެޗުގެ އެންމެ ފަހު ސިކުންތުގައި ކާމިޔާބު ކޮށްދިނީ ޓޯނީ ކްރޫސްގެ ބަދަލުގައި ކުޅެން އެރި އެމެރޭ ޗާން އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޓްލަރުގެ ބަފާގެ ބޭބެ
15 June 2024
ކޮބާ ތުރުކީ ދަރިކޮޅު މީހުން ޖެހި 02 ގޯލް ބަލައި ނުގަންނަން ޖަރުމަނުގެ ފޮނި ރައްޔަތުންނަށް ކެރޭނެ ބާ؟؟ މެޗުގެ އެންމެ ފަހު ވަގުތު ވެސް ގޯލެއް ޖެހީ އެއްކަލަ ކުރުދީ ދރިކޮޅުގެ މީހެއް.
އުއްތަމަ އުސްތާޛް
15 June 2024
ޖަރުމަނަކީ ސީރިޔާގެ ރެފިއުޖީންނަށް އެންމެ ބޮޑަށް ފުރުޞަތު ދިން ޤައުމު... ނޭގޭ ވާހަކަ ނުދައްކަބަލަ... އޮޒިލްގެ މައްސަލއަކީ މުޅިން އެހެން މައްސަލައެއް... ޖަރުމަނު ގެ ފުޓުބޯޅަޖަމިއްޔާގެ އުސޫލުތަކާ އޭނާ ޚިލާފްވީ...
ގަލޮޅުދަނޑުން
15 June 2024
ޔޫރޯ މުހިއްމެއްނޫން، އޭޝިއަންކަޕަށް ތައްޔާރު ވަނީ
މައިލޯ ދަނޑު
15 June 2024
ސާފް ޗެމްޕިއަން ޝިޕަށްަ ނޫން ތޯ؟؟
ދޮންބެއްޔާ
15 June 2024
އޭޝިއަން ކަޕެއްވެސް ނޫން. ރާއްޖޭގައި ކުޅޭ ގޭންގުތަކުގެ ލީގު މުހިއްމީ ތިބައިގަނޑަށް އެހެން ބުނަން ނުކުރިގެން އޭޝިއަން ކަޕޭ ކިޔާ.