ޔޫރޯގެ ތާރީހްގައި އެންމެ އަވަސް ލަނޑު ޖެހި، އަލްބޭނިއާގެ ނަދީމް ބެރާމީ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
16 ޖޫން 2024 - 01:55
ޑޯޓްމެންޑް (ޖޫން 16) – ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހްގައި ޖެހި އެންމެ އަވަސް ލަނޑު އަލްބޭނިއާއިން މިރޭ ޖަހައިފި އެވެ.
ގުރޫޕް ބީ ގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް މިރޭ ކުޅުނު މެޗު ފެށިގެން، 22 ވަނަ ސިކުންތު ތެރޭގައި އަލްބޭނިއާގެ ނަދީމް ބެރާމީ ވަނީ ލަނޑު ޖަހައިފަ އެވެ.
މެޗު ފެށި ގޮތަށް އަލްބޭނިއާއިން ލަނޑު ޖެހި ނަމަވެސް، އިޓަލީގެ ހަމަލާތައް ދިފާއު ކުރުމުގައި އެ ޓީމަށް ކާމިޔާބެއް ނުހޯދުނެވެ.
މެޗުގެ ތެރެއަށް އެނބުރި އަންނަން އިޓަލީ އަށް މާގިނަ ވަގިތެއް ހޭދަ ނުވި އެވެ. މެޗުގެ 11 ވަނަ މިނެޓްގައި ލޮރެންޒޯ ޕެލްގްރިނީ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެއަލްސެންޑްރޯ ބަސްޓޯނީ އިޓަލީ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
ލީޑް ނަގަން އިޓަލީ އަށް ހޭދަވީ ފަސް މިނެޓެވެ. ނިކޮލާ ބަރޭލާ، ވަނީ މެޗުގެ 16 ވަނަ މިނެޓްގައި ލަނޑު ޖަހައި އެ ޓީމަށް ލީޑް ނަގައި ދީފަ އެވެ.
މުޅި މެޗުގައި ވެސް ފެނުނީ އިޓަލީގެ ޑޮމިނޭޝަނެވެ. ދެ ހާފުގައި ވެސް އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި އެވެ.
މެޗުގެ ފުރަތަމަ ލަނޑު ބައިކޮޅަށް ވަން ނަމަވެސް، އިޓަލީގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއާންލުއީޖީ ޑޮނަރުއްމާ ފެނުނީ ގިނަ ވަގުތު މަސައްކަތެއް ނެތިފައި ހުރި ތަނަވެ. އޭނާ އާ ހަމައަށް ބޯޅަ ނުގޮސް ވެސް ގިނަ ވަގުތުތަކެއް ހޭދަވެ އެވެ.
ފަހުން ގެނައި ބަދަލުތަކާ އެކު އަލްބޭނިއާ ވެސް ކުރިއަށް ޖެހި ކުޅެން މަސައްކަތް ކުރި އެވެ. ނުރައްކާތެރި ހަމަލާތަކެއް ވެސް އުފެއްދި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަބަރު ފުރިހަމަ ކޮށްލާ
17 June 2024
މި ޚަބަރު ކިޔާނިމިއްޖެ މެޗުގެ ސްކޯއެއް މިޚަބަރަކުން ނޭންގުނު. ލަފާކުރެވެނީ 2 - 1 ގެ ނަތީޖާއަކުން އިޓަލީ މޮޅުވިކަމަށް.