ވިޔަފާރި / އެސްޓީއޯ

އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ

އެސްޓީއޯ ހެޑް އޮފީސް: ދެވަނަ ކުއާޓަރުގައި ބޮޑު ފައިދާ އެއް ---ފޮޓޯ: ނިޝާން އަލީ | މިހާރު

އެސްޓީއޯ އިން މި އަހަރު ފައިދާގެ ގޮތުގައި 80ރ. ބަހަން މި އަހަރުގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމައި އިއުލާނުކޮށްފި އެވެ.

އެ އަދަދު ފައިދާގެ ގޮތުގައި ބަހާނީ އަހަރީ އާއްމު ޖަލްސާގައި ފާސްވުމުންނެވެ. މި އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ 17 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެސްޓީއޯ އަށް 2022 ވަނަ އަހަރު ވަނީ 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ދަށްވި ނަމަވެސް ލިބުނު ފައިދާ ވަނީ 90 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެސްޓީއޯގެ މިދިޔަ އަހަރު ފައިދާ 818 މިލިއަން ރުފިޔާ އަށް އަރަ އެވެ. އާމްދަނީ ދަށްވި ނަމަވެސް ކުންފުނީގެ ފައިދާ ބޮޑުވީ ހަރަދުތައް ކުޑަވެފައި ވާތީ އެވެ.

9 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ިޖޭމޭ

21 June 2024

ދިރާގުން ދެނީ 8 ރުފިޔާ ލޮލް.

The name is already taken The name is available. Register?

ކެކެކެކެކެކެކެކެކެކެކެ

20 June 2024

މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ދަށްވި ނަމަވެސް ލިބުނު ފައިދާ ވަނީ 90 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެސްޓީއޯގެ މިދިޔަ އަހަރު ފައިދާ 818 މިލިއަން ރުފިޔާ އަށް އަރަ އެވެ. އާމްދަނީ ދަށްވި ނަމަވެސް ކުންފުނީގެ ފައިދާ ބޮޑުވީ ހަރަދުތައް ކުޑަވެފައި ވާތީ އެވެ. މި އޮތީ ކިހިނެތް ވެފަބާ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 June 2024

ކުންފުނީގެވިސްނުން 21 ވަނަ ޤަރުނަށް ބައްޓަންކުރުމަށްޓަކާ ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނި STO ގެ ވިޔަފާރީގެސިޔާސަތާއި، ހިންގުމުގެ އޮނިގަނޑަށް ބަދަލުތައްގެނެސް މިހާރު ކުރަމުންދާ ވިޔަފާރިތަކުގެތެރެއިން ޖެނަރަލް ގޫޑްސް އާއި Staple food (ހަނޑުލާއި ފުށް ފިޔަވާ، ހަކުރު ގެންނާކަށް ނުޖެހޭ) ވިއްކުންހުއްޓާ (ޕީޕަލް ޗޮއިސްބަންދުކޮށް) ފާމަސޫޓިކަލް ޕްރޮޑަކްޓްސް އާއި ތެލުގެ ބާވަތްތަކުގެ އިތުރަށް Renewable Energy ވިޔަފާރީގެ ތެރެއަށް ވަންނާންޖެހޭ.

The name is already taken The name is available. Register?

ސެޓިގަމް

20 June 2024

ރައީސްއަށް ދަންނަވަން ވީ ނޫންތޯ އެސްޓީއޯ ހިންގަން އޮނަރޭ އާއި ހަވާލު ކުރަން؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 June 2024

މަތީގައި ވިޔަފާރިތަކުގެތެރެއިން ޑީސަލް، ޕެޓްރޯލް، ކަރާސީނު (ކައްކާ ގޭސް ފިޔަވާ) ގެ ސްޓޯރޭޖް ކ.ފޮނަދޫގެ އިތުރަށް އުތުރުން އުލިގަމު ނުވަތަ ފިއްލަދޫގައި، ދެކުނުން ވާދޫ ނުވަތަ ފަރެސް މާތޮޑާގައި ޤާއިމްކޮށް ކ.މާލޭ އެއަރޕޯޓްގެ އިތުރަށް ހަނިމާދު އާއި GAN International Airport ގައި 60 މިލިޔަން ގެލަން ޖެޓްފިއުލް ސްޓޯރޭޖް ހަދާ އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގެ ފިއުލް ފާމްތައް STO ގެދަށަށް ގެންނާން ސަރުކާރުގައި އެދެންޖެހޭ. (މީގެ ބޭނުމަކީ އަގު ހެޔޮކުރުން)

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 June 2024

އިތުރު ވިޔަފާރިއަކަށް އެސްޓީއޯ އިން ދެން ބަލާންޖެހެނީ ތިމާވެއްޓާއި ރައްޓެހި Renewable Energy ނުވަތަ ޢިއާދަކުރަނިވި ހަކަތަ ރާއްޖޭގައި އިތުރު ކުރުމަށްޓަކާ ޖެޕާން ގެ ކޮންސަލްޓެންޓެއްގެ އެހީތެރިކަމާއިއެކު، ސްޓެލްކޯގެ ފަންނީ އެހީ ހޯދައި (އިންސްޓޯލް ކުރުމާއި އެކު) ރާއްޖޭގެ ރިސޯޓްތައް ސޯލާ ހަކަތައިން ހިންގާ ރަށްތަކަކަށް ބަދަލު ކުރުމަށްޓަކާ އެކަމަށް އިންވެސްޓް ކުރުން. މިއީ ރާއްޖޭގައި މިހާރު ޔަޤީނުން ކުރެވިދާނެ ކާނިޔާބު ކަމަކަށްވާނެ.

The name is already taken The name is available. Register?

ބަރުބާދު

20 June 2024

ރާއްޖޭގެ ގިނަކުންފުނިތަކުން، މީގެކުރިން އެމްޓީސީސީވެސް ބޮޑުފައިދާއެއް ވެއްޖެޔޭ ކިޔާފަ އެކަށީގެންވާއެއްޗެއް ބަހަނީ އަސްލުގަ ބޮޑުފައިދާއެއް ވެގެނެއްނޫން . ކުންފުނި ބަނގުރޫޓުވުމުން ސަލާމަތްކުރަން ހިއްސާވިއްކަން ހުޅުވާލުމަށްޓަކާ. ރައިއްޔަތުންގެ ލޮލުގަ އަނދުންއަޅުވާފަ ހިއްސާވިއްކައިގެން ފައިސާޖަމާކުރުމަށް.

The name is already taken The name is available. Register?

2024

20 June 2024

ޢެސްޓިއޯ އިން ހިއްސާއެއް ގަންނަން ކިހެނެއް ހަދާނީ..... ބޮއިހަލަކި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 June 2024

ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ކުންފުނިތަކުން ވިއްކާފައިވާ ޙިއްސާގެ މޫނުމަތީ އަގަކީ އަގުކަމަށް ބަލައި އެފަދަ ކުންފުންޏެއްގެ 100 ޙިއްސާނެތް ކޮންމެ ދިވެއްސަކަށް މިދެންނެވި ރޭޓުން (ފޭސް ވެލިއުޑް) ކޮންމެ ކުންފުންޏަކުންވެސް 100 ޙިއްސާގަނެވޭގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލުން ރަނގަޅު. # މިއިންތިޒާމް ހަމަޖެއްސުމަށްޓަކާ ކުންފުނީގައިއޮތް ދައުލަތުގެ ޙިއްސާގެނިސްބަތް ދަށްކުރއވިދާނެ. ޙިއްސާ ގަންނަންއެދޭ 2024 މެންފަދަ ރައްޔިތުނަށް އެފުރުސަތުދޭންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454