ޕައިރޭޓްސް އޮފް ދަ ކެރިބިއަންގެ އެކްޓަރު ތަމަޔޯ ޕެރީ
25 ޖޫން 2024 - 09:49
ޕައިރޭޓްސް އޮފް ދަ ކެރިބިއަންގެ އެކްޓަރު ތަމަޔޯ ޕެރީ އެމެރިކާގެ ހަވާއީގައި ރާޅާއަޅަން އުޅެނިކޮށް މިޔަރެއް ހަމަލާދީގެން މަރުވެއްޖެ އެވެ.
ހޮނޮލޫލޫގެ އިމަޖެންސީ ސާވިސަސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ތަމަޔޯ 49، މަރުވެފައި ކަމަށް ކަށަވަރުކޮށްދީފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޖެޓްސްކީއެއްގައި އޭނާ އެއްގަމަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ޕެރީ ކުޅެފައި ވަނީ މި ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު ކަމަށްވާ ޕައިރޭޓްސް އޮފް ދަ ކެރިބިއަންގެ "އޮން ސްޓްރޭންޖާ ޓައިޑްސް"ގެ ރޯލެކެވެ.
ޖެކްސް ޕެރޯގެ ރޯލުން ފެންނަ ޖޮނީ ޑެޕްގެ އިތުރުން މި ފިލްމުގައި ޕެނެލޯޕް ކްރޫޒް އާއި ޖެފްރީ ރަޝް ވެސް އުޅެ އެވެ. މި ފިލްމަކީ 2011 ވަނަ އަހަރު ނުކުތް ހޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
މި ފިލްމުގެ އިތުރުން ޕެރީ ވަނީ ފިލްމު "ލޮސްޓް"، "ހަވާއީ ފައިވް-0"، "ބްލޫ ކްރަޝް" އަދި "ޗާލީސް އެންޖެލްސް 2"ގެ ރޯލުތައް ކުޅެފަ އެވެ.
ޕެރީ އަކީ އެ ހިސާބުގެ ވަރަށް ގިނަ މީހުން ދަންނަ ލައިފްގާޑެއް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސްތީ
01 July 2024
އެމީހުން މަރުވުން އެއީ ނެތްކަމެއްތަ؟ އެވެސް އިންސާނުންނޭ، ވަގުތު ޖެހުނީމަ ލަހެއް ފަހެއް ނުކުރެވޭނެ. ދިރި ތިބީންނަށް އޮތީ އެކަމުން ޢިބްރަތެއް ހާސިލް ކޮށް އިސްލާހްވުން.