ސޮނީ ސްޕޯޓްސްގެ ފިހާރަ
29 ޖޫން 2024 - 12:29
ރާއްޖޭގައި ފުޓުބޯޅަ ކުޅުމުގެ ރޫހު ދިރުވައި، ފުޓުބޯޅަ ކުޅެން ހިތްވަރު ދިނުމަށް ހާއްސަ ޕްރޮމޯޝަނެއް ސޮނީ ސްޕޯޓްސް އިން ފަށައިފި އެވެ.
"ކިކް އޮފް" ގެ ނަމުގައި ސޮނީ ސްޕޯޓްސްގެ ޕޫމާ ފިހާރައިގައި ފެށި އެ ޕްރޮމޯޝަނަކީ ފުޓުބޯޅަ ކުޅޭ ބޫޓު ހެޔޮ އަގުގައި ވިއްކާ ޕްރޮމޯޝަނެކެވެ. ފުޓުބޯޅަ އެ ޕްރޮމޯޝަންގައި ކުޅޭ ބޫޓު 250ރ. އާއި 500ރ. އަދި 750ރ. އަށް ލިބޭނެ އެވެ. ކޮންމެ 750ރ.ގެ ވިޔަފާރި އަކަށް ފުޓްސަލް ބޯޅައެއް ވެސް ހިލޭ ލިބޭނެ އެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގު ބޭނުމަކީ ފުޓުބޯޅަ ކުޅޭ ޒުވާނުންގެ ނިސްބަތް މަދުވެފައިވާކަން އެ ފިހާރަ އިން ކުރި ދިރާސާއަކުން ފާހަގަވެފައިވާތީ, އެ ކުޅިވަރު ކުޅުމަށް ފަސޭހަ މަގެއް މަގުފަހިކޮށްދީ، އެކަމަށް ހިތްވަރު ދިނުން ކަމަށެވެ.
"މި ޕްރޮމޯޝަނަކީ ފުޓްބޯޅައާ މެދު ޝައުގުވެރިކަން އަލުން އުފެއްދުމުގެ މަގުސަދުގައި ފަށާ ޕްރޮމޯޝަނެއް. މި ޕްރޮމޯޝަނުގައި ފުޓްބޯޅައާ ގުޅޭ އެހެނިހެން ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެން ދާނެ،" ސޮނީ ފިހާރައިގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަލަށް ފުޓުބޯޅައިގެ ތެރެއަށް ވަންނަ ކުދިންނަށާއި އެނބުރި އަންނަ ކުޅުންތެރިންނަށް ކުޅިވަރުގެ ތެރެއަށް ވަނުން އިތުރަށް ފަހިކުރުމަށްޓަކައި ހެޔޮ އަގުގައި ފުޓްބޯޅައިގެ ސާމާނުތައް ލިބޭނެ އެވެ.
ވީހާ ވެސް ފަސޭހައިން، ކޮންމެ މީހަކަށް ވެސް ފުޓްބޯޅައިގައި ބައިވެރިވެވޭނެ ގޮތަށް ކަންކަން ފަހިވުމަކީ ސޮނީ ސްޕޯޓްސް އެންމެ ބޮޑު މަގުސަދު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޯސް
29 June 2024
ފުޓުބޯޅަ ކުޅުން އާލާވާނީ މާލޭގައި މިހިރަ ދަނޑުތައް ގޭންގުތަކުގެން ބާރުން ނެރެވިގެން. އެމީހުންނަށް ޗަންދާ ދައްކައިގެން އެމީހުން ބޭނުން ބަޔަކަށް ދީގެން ކޮންޓްރޯލް ކުރާތީ އަލަށް ކުޅެން ބޭނުންވާ ބަޔަކަށް ފުރުސަތެއް ނޯވޭ.