ބޮލީވުޑް އެކްޓަަރު ނަވާޒުއްދީން ސިއްދީގް
03 ޖުލައި 2024 - 06:17
ސިފަ "ހުތުރު" މީހެއް ކަމަށް ބުނެ ބޮލީވުޑްގައި އޭނާއާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދިގީ ބުނެފި އެވެ.
އިންޑިއާގެ "ނިއުސް18" އަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ބުނީ މިހާރު ބޮލީވުޑްގައި އެންްމެ "ހުތުރު" އެކްޓަރަކީ އޭނާ ކަމަށް އޭނާ އަމިއްލަ އަށް ގަބޫލުކުރެވެން ފަށައިފި ކަމަށެވެ.
ނަވާޒުއްދީން ބުނީ އޭނާގެ ސިފަ އަށް ބައެއް މީހުން ނަފްރަތު ކުރަނީ ކީއްވެގެން ކަމެއް އޭނާ އަށް ނޭނގެ ކަމަށެވެ. އަދި އޭނާ އަށް ވެސް އެކަން އިހުސާސް ކުރެވެނީ އޭނާގެ އަމިއްލަ ސިފަ ލޯގަނޑަކުން ބަލާލުމުން ކަމަށް ވެސް ބުންޏެވެ.
"އެހެން ލޯގަނޑުން ބަލާލެވޭ ކޮންމެ ފަހަރަކު ފިލްމީ ދާއިރާ އަށް ނުކުތީ ކީއްވެގެންތޯ އަމިއްލަ ނަފުސާ ވެސް ސުވާލު ކުރެވޭ،" އޭނާ ބުންޏެވެ.
ނަވާޒުއްދީން ބުނީ އޭނާގެ ސިފައާ ބެހޭ ގޮތުން އިވޭ އަޑުތަކަކީ އޭނާ އަށް އާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެކަމަކާ ހެދި އޭނާ ބޮލީވުޑަށް ނަފްރަތު ނުކުރާ ކަމަށާއި މިހާތަނަށް އޭނާ އަށް ލިބުނު ހުރިހާ ފުރުސަތަކަށް އުފާ ކުރާ ކަމަށް ވެސް ބުންޏެވެ.
ނަވާޒުއްދީން އެންމެ ފަހުން ފެނުނީ މިދިޔަ މަހު 28 ގައި ޒީފައިވް އިން ރިލީޒްކުރި ފިލްމު "ރައުޓޫ ކާ ރާޒް" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
13 July 2024
އާ ހުތުރު! 80 ގެ ކުރީކޮޅަށް ދާ ނަމަ ހުތުރު ކަމަށް ބެލެވުނީ ސަތަރޭ އެކަމަކު ސަތަރޭ ވެސް މީނަ އަށް ވުރެން ރީތި! ސަތަރޭ ގެ ވެސް ހުރޭ އަޅާގަނަނަ ކޮންމެސް ގޮތެއް! ދެން ނަސީރުއްދީން ޝާހު އޭގެ ފަހުން އަޖޭ ޑެވްގަން އެކަމަކު މި މީސް މީހުން ގެ ވެސް ރީތި ގޮތެއް ހުރޭ! އެކަމަކު މި ނަވާޒު ގަޔަކު ނެތް އެއްވެސް ސިފަ އެއް!
ހުތުރު ކިއްލާ
24 July 2024
ދެން އެއީ އޭނަ ކުރިކަމެއްތަ؟