އެމްއެޗްއޭގެ އާ މާޓު ހުޅުވީ އަލިކިލޭގެފާނު މަގުގައި.
07 ޖުލައި 2024 - 13:15
އެމްއެޗްއޭ މާޓުގެ އާ ފިހާރައެއް ގަލޮޅު، އަލިކިލޭގެފާނު މަގުގައި ހުޅުވައިފި އެވެ.
އެމްއެޗްއޭއިން ބުނީ އަލަށް ހުޅުވި ފިހާރައިގައި ވެސް އެމްއެޗްއޭއިން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑުތަކެއްގެ ޕްރޮޑަކްޓުތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އާއްމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ އެކި ކަހަލަ ޕްރޮޑަކްޓުތަކާއި، ގެއަށް ބޭނުންވާ ސާމާނާއި ތާޒާ މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތަކެއް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
އެމްއެޗްއޭ އިން ބުނި ގޮތުގައި، މި ތަނުގައި އެކި ބާވަތްތައް ފަސޭހައިން ފެންނާނެހެން މާޓު ތެރޭގައި އެކި ސެކްޝަންތައް ހުންނާނެ އެވެ. އަދި ކަސްޓަމަރުންނަށް އެހީވުމުގައި އެމްއެޗްއޭގެ ސްޓާފުން ތިބޭނެ ކަން ވެސް ފާހަގަކުރި އެވެ.
އެމްއެޗްއޭ ފިހާރައިގެ އެތެރެ.
އެމްއެޗްއޭއަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ.
އަލަށް ހުޅުވި އެމްއެޗްއޭ މާޓުގެ އެތެރެ.
އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރި ކުރުމުން، "އެމްއެޗްއޭ ރިވާޑްސް" ލިބޭނެ އެވެ. މިއީ އެ ފިހާރައިން ވިޔަފާރި ކުރުމުން، ފަސް ޕަސެންޓު އަނބުރާ ކަސްޓަމަރަށް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެކެވެ. އެގޮތުން އެ މި ޕްރޮގްރާމުގެ ދަށުން ލިބޭ ކޮންމެ ޕޮއިންޓަކީ އެއް ރުފިޔާގެ ގޮތުގައި ބެލެވޭނެ އެވެ. އަދި އެއް އަހަރު ވަންދެން އެ ޕޮއިންޓް ބޭނުން ކުރެވޭނެ އެވެ.
އެމްއެޗްއޭގެ ފިހާރަތައް މާލޭގެ އެކި ސަރަހައްދުތަކާއި ހުޅުމާލޭގައި ވެސް ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy