08 ޖުލައި 2024 - 13:43
މިޔުނިކް (ޖުލައި 8) - ބުރަ ސީޒަނަށް ފަހު ޔޫރޯގައި ވަރުބަލިކަމުގެ އިހްސާސް ކުރެވޭ ކަމަށް ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބާޕޭ ބުނެފި އެވެ.
ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ބަދަލު ކުރި އެވެ. އޭނާ އަށް މިފަހަރު މުބާރާތުގައި ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.
ޕީއެސްޖީގައި ގިނަ ލަނޑުތަކެއް ޖެހި ފޯވާޑަށް، މިފަހަރު ޔޫރޯގައި އޯޕަން ޕްލޭގައި އަދި ލަނޑެއް ނުޖެހެ އެވެ.
ފްރާންސަށް އޮތް އެންމެ ބޮޑު މައްސަލައަކީ ވެސް އެއީ އެވެ. ގުރޫޕް ސްޓޭޖްގައި ވެސް އެ ޓީމަށް ޖެހުނީ ދެ ލަނޑެވެ. އެއީ އިދިކޮޅު ޓީމު އަތުން ބައިކޮޅަށް ވަން ލަނޑަކާއި އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ.
ދެވަނަ ބުރުގެ މެޗުގައި ބެލްޖިއަމް ބަލި ކުރީ، އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ކުއާޓާގައި ޕޯޗުގަލް ބަލިކުރެވުނީ ޕެނަލްޓީޝޫޓްއައުޓްގަ އެވެ. ރަނގަޅު ކުޅުމެއް ނުދެއްކޭތީ އެމްބާޕޭ އަށް އޮތް ފާޑުކިޔުން ވެސް ބޮޑެވެ. "ވަރުބަލިކަން މާ ބޮޑަށް އިހްސާސް ކުރެވޭ. (ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފެށީމަ އިތުރު ވަގުތުގެ ހާފު މެދުކެނޑުމުން އަހަރެން އަމިއްލަ އަށް އެދުނީ މެނޭޖަރު [ކޯޗު] ގާތު ބަދަލުކޮށް ދޭން،" އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅެން ސޮއި ކުރި އެމްބާޕޭ ބުންޏެވެ.
ސެމީ ފައިނަލުގައި މާދަމާ ރޭ ފްރާންސް ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަނަވަރީ މަގު
11 July 2024
ހަހަހަހަ. ބަލިވީމާ އެއްޗެކޭ ކިޔަންވާނެ.
6
08 July 2024
ވަގުތުން މިކޮޅަށް އާދޭ. ވަރުބަލިވީމާ ރޮނާވެސް އަންނަނީ މިކޮޅަށް.