ޒުވާން ކުޅުންތެރިޔާ ޔަމާލް (ކ) އާއި އެންމެ މޮޅު ކުޅުންތެރިޔާ ރޮޑްރީ.-- ފޮޓޯ: އޭއެފްޕީ
15 ޖުލައި 2024 - 02:39
ބާލިން (ޖުލައި 15) - މިއަހަރުގެ ޔޫރޯ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ސްޕެއިންގެ ލަމީން ޔަމާލް ހޯދިއިރު، މިޑްފީލްޑަރު ރޮޑްރީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފި އެވެ.
ހޮނިހިރު ދުވަހު 17 އަހަރު ފުރުނު ޔަމާލް ވަނީ ފައިނަލް މެޗުގައި ސްޕެއިން އިން ލީޑު ނެގި ގޯލުގައި އެސިސްޓް ކޮށްފަ އެވެ. މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި އެތައް ރެކޯޑެއް މުގުރާލި ޔަމާލް ވަނީ ޔޫރޯ ގައި ޖުމްލަ ހަތަރު އެސިސްޓް ކޮށް އެއް ގޯލު ޖަހައިފަ އެވެ.
އުމުރުން 28 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރު ރޮޑްރީ ވަނީ މުބާރާތުގައި ސްޕެއިން އިން ކުޅުނު ކޮންމެ މެޗެއް ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ސްޕެއިން އިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އެގޮތުން ކުއާޓާގައި މުބާރާތުގެ ހޯސްޓު، ޖަރުމަން ކަޓުވާލިއިރު ސެމީ ފައިނަލްގައި ވަނީ ފްރާންސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީކޯ ވިލިއަމްސް
15 July 2024
ކީއްވެ ނީކޯއަށް ނުލިބުނީ،
ބޮރިސް ޖޯންސަން
15 July 2024
އިނގިރޭސިން ކޭޓީމަ ހާދަ އުވާވެއްޖެއޭ. މަރުހަބާ ސުޕައިން. ހައްގު ތަށްޓެއް.