އާތިފް: މިފްކޯގެ ސީއީއޯގެ މަގާމަށް އޭނަ ވަނީ ކުރިމަތިލައްވާފައި
15 ޖުލައި 2024 - 14:32
މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އިގްތިސާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު މިއަދު ކުރިމަތިލައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ މަހަކު ދެ ލައްކައެއްހާ ރުފިޔާގެ މުސާރައަށް ލިބޭ ގޮތަށް މިފްކޯގެ ސީއީއޯއަކު އިއުލާނުކޮށްފަ އެވެ. ރާއްޖެއިން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ދިން މުއްދަތު މިއަދު މެންދުރު 2:00 ގައި ވަނީ ހަމަވެފަ އެވެ.
މާލީ ގެއްލުމެއްގައި މިހާރު ވެސް ހިންގަމުން ގެންދާ މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އާތިފާއެކު ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާ ކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރެއްވި އަލީ އަހުމަދު ވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ.
އާތިފް ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އެ ކުންފުނީގައި އޭނާ އެންމެ ގިނަ ދުވަހު ހުންނެވީ ޑެޕިއުޓީ ސީއީއޯއަކަށެވެ. އޭގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިއަކަށް ވެސް އޭނާ ކުރިން ހުންނެވި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ މިފްކޯގެ ސީއީއޯއަށް ކުރިމަތިލެއްވީ، އެ މަގާމަށް އެކަށީގެންވާ ދިވެއްސަކު ނުލިބިގެން އެ ވަޒީފާ ބޭރު މީހަކަށް ދިން ކަމަށް ބުނުމުގެ ޖާގަ ނުދިނުމަށް ކަމަށެވެ. އަދި މިފްކޯ ހިންގޭނެ ގާބިލް ދިވެހިން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކުގެ ކޮންސަލްޓަންޓުކަން ވެސް ކުރައްވާފައިވާ އާތިފް އަންނަނީ ރާއްޖޭގެ އިގްތިސާދު ދިރާސާކޮށް، ރާއްޖޭގެ ނޫސްތަކާއި ބޭރުގެ ސައިޓްތަކުގައި ލިޔުއްވަމުންނެވެ.
ޕީސީބީން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށް، އަދި އަށް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މަގާމަށް ހޮވޭ ފަރާތުގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
17 July 2024
ތިއީ އެމްއެމްއޭގައި ހުރިއިރު އެތް ބޮޑު އެމްއެމްޕީއާރުސީ ކޮރަޕްޝަން ހިންގި އިރު މަޑުން ހުރި މީހެއް ނޫންަތަ؟
ކަނބިލި
16 July 2024
މިފުކޯ ފަދަ ކުންފުނިތައް ވިޔަފާރީގެ ގޮތުން ހިންގައި ފައިދާ ނުހޯދެނީ ސިޔާސީ ބޭނުންތަކަށް މިފަދަ ކުންފުނިތަކުގެ ބޭނުން ހިފާތީ. އަނެއްކޮޅުން ސިޔާސީ މާގާމުތަކަށް ބޭކާރު ގޮތުގައި މީހުން ލެއްވުމަކީވެސް ކުންފުނީގެ މާލިއްޔަތު ބޭކާރުކުރުން. އަނެއްކާ ބޮޑު މުސާރަދީފައި ސީއީއޯއަކު ތިޔަ ލަނީވެސް ބޭކާރުކަމެއް ގޮތުގައި. ބޮޑު މުސާރަ ދީފައި ސީއީއޯއަކު ލުމަކުން ކުންފުންޏަށް ލިބޭނެ ކުރިއެރުމެއް ނުފެނޭ
މުއްދަތު
16 July 2024
އާތިފްއަކީ ކޮލިޓީ ހުރި ކޮލިޓީ ދައްކާ ބޭފުޅެއް ނަމަވެސް ހެޔޮނުވާނެ ތިޔަމަގާމާއި ކުރިމަތި ނުލައްވާ' ނަންފުޅު އަދި ގާބިލީއްޔަތުކަން ކިލަނބު ކުރަން. ސަބަބަކީ ގާބިލް ބޭފުޅުން ވެސް ހިންގަން މި ޖެހޭނީ ތަންދޮރު ނުދަންނަ ނުކިޔާވާ ތިބި ސިޔާސީ މީހުން ކޮށާމަގަކުން ވީމާ.
ސިކުނޑި
15 July 2024
އާތިފަކީ ވަރަށް ހިންގުންތެރި ގާބިލު ބޭފުޅެއް!
ކަންކަން ވާގޮތް
15 July 2024
2 ލައްކަ ރުފިޔާ ނޫނީ ދެ މިލިއަން ދީފަ، ސަރުކާރުން ސީ،.އީ.އޯ އެއް ގެނެޔަސް، ތަންފީޒުކުރާނީ ސަރުކާރުގެ ސިޔާސަތު. އަނެއްކާ އަނެއް އިންތިޚާބު ކައިރިވީމަ، މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ވޯޓު ހޯދަން މަސް ގަންނަ އަގު ސަރުކާރުން ބޮޑުކުރާނެ 25 ރުފިޔާއަށް. ދެން އިންތިޚާބު ނިމުނީމަ، މިފްކޯއަކަށް އެފައިސާ ނުދެވުނީމަ، ސަރުކާރުން ޖެހޭނީ އެލާރި މިފްކޯއަށް ދޭން. މީ އަބަދުވެސް ގައުމުގައި ކަންތައް ވަމުން އަންނަ ގޮތް.
މިވަރެއްނެތް
15 July 2024
މަމެން ހަމަ ހިނިއަންނަނީ! މިވެރިން ހޮރުހޮރުން ނިކުމެގެން ރިސައިކަލްވެގެން އެއްމަޤާމުން އަނެއް މަގާމަށް ދެމިގަންނަ ގޮތާމެދު މަމެން މިތިބެނީ ހަމަ ހައިރާންވެެފާ! ބުނާނެ އެއްޗެއް ނޭގޭ! މިފްކޯގެ ތިޖޯރީއިން އެތަކެއް މިލިޔަން ރުފިޔާގެ ވަގު ނޫޓު ފެނުނުއިރު އެތަނުގެ އިސްވެރިއަކަށް ހުރީ ކާކުބާއޭ މިއަދު މަމެން ހިތަންއަރާ. އެކަމުގެ ޒިންމާ ހަމައެކަކުވެސް ނެގިބާ؟ ކުށްވެރިވީ މީހަކު އެބަހުރިބާ؟ މިއީ މޮޔައިންގެ ގައުމެކޭ ހަމަ ހިތަށްއަރަނީ
އަފްރާސިޔާބު
15 July 2024
ދާއިރާގެ ތަޖުރިބާ ހޯއްދަވއިގެންނޭ ދާއިރާ ލޫޓުވާ ލަނީވެސް. ހެލްތުގެ ތަޖުރިބާ ހުރިބޭފުޅުން ހެލްތު ލޫޓުވާ ލަނީވެސް. އެއީ އެމީހުންނަށް އެނގޭނެ ކަންކުރަންވީ ގޮތާއި ތިމާގެ ގައިގާ އަތްނުލެވޭނެ ގޮތްވެސް ރާވަން.
ކަހެރުވައް
15 July 2024
އާތިފުގެ ތަޖުރިބާ ހުއްޓަސް މިފްކޯ ހަމަޔަކަށް އެޅުވިދާނެ ކަމަށް ނުބެލެވޭ. އާތިފްވެސް ހިނގަންޖެހޭނީ ސަރުކާރުން ދައްކާ ފިޔަވަޅުގެ މަތީގަ. މަސްވެރިންނާ ސަރުކާރާ ދެމެދު ފިތި ބާރުވެގެން މާގިނަދުވަހަކު ހިފަހައްޓާލެވިދާނެ ކަމަށް ނުބެލެވޭ.
އުދިތުނާރަޔަން
15 July 2024
ތިޔަވަޒީފާލިބޭމީހާ ބައިއަހަރުތެރޭގާ މިލިޔަނަރަކަށް ވާނެ. އެނަސީބުވެރިއަކީ ކާކުބާ؟
އިސްމާލު2.0
15 July 2024
ޗެއާރމަން ޖާބިރަށް ތިޔަ މަގާމު އެންމެ އެކަށީގެންވަނީ.