16 ޖުލައި 2024 - 12:21
މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޝަރުތު ހަމަވާ މީހަކު ކުރިމަތިނުލުމުން އިއުލާނު ބާތިލުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ މަހުގެ 26 ގައި ވަނީ މަހަކު ދެ ލައްކައެއްހާ ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް މިފްކޯގެ ސީއީއޯއަކު އިއުލާނުކޮށްފަ އެވެ. ރާއްޖެއިން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ދިން މުއްދަތު އިއްޔެ މެންދުރު 2:00 ގައި ވަނީ ހަމަވެފަ އެވެ.
ޕީސީބީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލި ފުރުސަތުގައި، ސުންގަނޑި ހަމަވިއިރު، މަގާމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ، އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.
އެކަމަކު، މަގާމަށް ކުރިމަތިލީ މީހުންގެ އަދަދެއް ނޫނީ އިތުރު ތަފްސީލެއް ނުދެ އެވެ.
ނަމަވެސް، އެނގިފައިވާ ގޮތުގައި މާލީ ގެއްލުމެއްގައި މިހާރު ވެސް ހިންގަމުން ގެންދާ މިފްކޯގެ ސީއީއޯގެ މަގާމަށް އިގްތިސާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރާއި ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާ ކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރެއްވި އަލީ އަހުމަދު ވެސް ކުރިމަތިލެއްވި އެވެ.
އެ މަގާމަށް ޕީސީބީން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށް އަދި 8 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އެ މަގާމަށް ހޮވޭ މީހާގެ ގާބިލް ކަމަށް ބެލުމަށް ފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
17 July 2024
މުޅިދުނިޔެއިންވެސް ހެޔޮވަރުގެ ވައްކަމެއް ކޮށްދޭނެ މީހަކު ނުވީތާ
ރައީސް 1
17 July 2024
ރައީސަށް ވުރެ މުސާރަ ބޮޑު މީހެއް ގައުމުގަ ހުރެގެން ނުވާނެ.
ބުނާނެ އެއްޗެއް ނެތް
16 July 2024
ކޯޓު ފަހާފަ ދޭނެ މީހާ ކަނޑައަޅާފަ މީހުން ލޮލުގަ އަނދުން އަޅުވަން އިއުލާނު ކުރުން ހުއްޓާލަބަލަ. މަގާމު ވަކި މީހަކަށް ދިނުމަކީވެސް ކޮރަޕްޝަންކަން ނޭނގެނީތަ.
ވދރަ
16 July 2024
ޕީސީބީ އަކީ އަގެއް ހުރި ތަނެއް ނޫން ކަން މި އެނގުނީ
މޮޅު ވަގު
16 July 2024
މިފްކޯ ހިންގުމަށް ގާބިލު ވާނީ މޮޅަށް ވައްކަން ކުރަން އެނގޭ މީހަކަށް ..
ގޮއްޔެ.
16 July 2024
އާތިފަކީ އެވަރުގެ ކުންފުންޏެއް ހިންގޭވަރުގެ ޤާބިލުކަމެއްހުރި ބޭފުޅަކަށްނުވަނީތޯ؟؟ ނުވަތަ ސަރުކާރުން ބޭނުންވާ ބޭފުޅާ ކުރިމަތިނުލަނީތޯ؟ ނުވަތަ މިފްކޯ އުވާލުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއްތޯ؟؟ ލައްކަ ސުވާލުތަކެއް އުފެދޭ.
ކޯޑި
16 July 2024
ބައިނަލްއަގުވާމީ ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނޭއިރު ރާއްޖޭގައި އެބަހުރިތޯ ބައިނަލްއަގުވާމީ ފެންވަރުގެ ކުންފުންޏެއް ރާއްޖޭގައި އެބަހުރިތޯ. ވީމާ، ދިވެއްސަކަށް ފުރުސަތެއް ނެތެވެ.
ޖައްލެް
16 July 2024
ރާއްޖޭގައި ބައިނަލް އަގްވާމީ ކުންފުނިތައް ބައިވަރު އެބަހުރި. ބޮޑެތި ބްރޭންޑް ތަކުގެ ފްރެންޗައިޒްތައް އެބަހުރި. ކޮކާކޯލާ، ފޯސީޒަންސް ފަދަ ތަންތަން. މިފްކޯގެ ހާލަތަށްބަލާއިރު ކޮންމެހެން ދިވެއްސަކު ލުން މުހިއްމުތޯ؟ ކަނޑުގުރުވަ ނޫނީ ނުކާން ހަމަ ތިބެންވީތޯ؟ ބޭނުންވަނީ ފައިދާލިބޭ ރަނގަޅު ކުންފުންޏަކަށް މިފްކޯ ހެދުން. އެހެން ނޫންތޯ؟
ސުހާނާ
17 July 2024
"8 އަހަރުގެ ތަޖުރިބާ ނުވަތަ ބައިނަލްއަޤުވާމީ ކުންފުންޏެއް ހިންގުމުގެ 4 އަހަރުގެ ތަޖުރިބާ" މިޖުމުލައިގައި މިއޮތް "ނުވަތަ" މިލަފުޒުގެ މާނަ އެނގޭތަ؟ އެއީ އެފަދަ މަގާމެއްގައި 8 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން (އެއީ ރާއްޖޭގައި ކަމަށްވިޔަސް) ނުވަތަ ބައިނަލްއަޤުވާމީ ކުންފުންޏެއް ހިންގުމުގެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން، މި ދެ ކަންތަކުންކުރެ އެއް ކަންތައް ފުރިހަމަވިޔަސް ޝަރުޠު ހަމަވާނެޔޭ. ލިޔެފައި ހުންނަ އެއްޗެެހި ރަނގަޅަށް ކިޔާބަލަ.
ހަސަނުކޮއި
16 July 2024
ބޭނުންވާ މީހާ، ކުރިމަތި ނުލީމަބާ. ނޫނީ އިއުލާނުގަ އޮތް ޝަރުތު އެމީހާގެ ފުރިހަމަ ނުވަނީބާ
ސައްދު
16 July 2024
ތިތަން ޔާމީނާ ހަވާލުކުރޭ. އޭނާގެ ޝަރުތު ހަމަވާނެހެން ހީވަނީ.
ކައި007
16 July 2024
މަށަށް ބޮޑަށް ވައްތަރީ ކުރިމަތިލީ ބޭފުޅުނަކީ ފިޟަޒީޒް ގެ "ޓީމަށް' ކަމުދާ މީހުންނަށް ނުވާތީ އަވަހަށް ބާތިލް ކޮއްލީކަމަށް!