ނާގޯށި: ހއ. އަތޮޅުގެ ޓޫރިޒަމް ކުރިއަރުވަން، މި ރަށް 2017 ގައި ދޫކޮށްފައިވަނީ އެމްޓީޑީސީ އަށް.
22 ޖުލައި 2024 - 12:05
ޓޫރިޒަމަށް ދޫކޮށް ނުހެދި 17 އަހަރުވީ ރަށް، ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވެއްޖެ އެވެ.
މެންހެޓަން ބިޒްނަލް ހޮޓަލުގައި ރޭ އޮތް އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ނިޔާޒު ވިދާޅުވީ ނާގޯށީގެ މަސައްކަތަކީ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެ، ކުރިއަށް ނުގެންދެވި އޮތް ޕްރޮޖެކްޓަކަށް ވިޔަސް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށަން ގިނަ ކަންކަން މިހާރު ނިންމަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ 4ވަނަ ކުއާޓަރުގައި ނާގޯށީގެ އަމަލީ މަސައްކަތް ފެށުން،" އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނިޔާޒު ވިދާޅުވީ ގޮންޖެހުންތައް ކުރިމަތިވި މި ޕްރޮޖެކްޓު ކާމިޔާބުކަމާ އެކު ނިންމާލުމަކީ އަމާޒެއް ކަމަށެވެ.
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭއާ އެންމެ ފުރަތަމަ ހަވާލުކުރީ 2007ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން، 2016ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީ އެވެ.
އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. އަދި ރަށުގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ.
ސަރުކާރުން 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް އަތުލީ އެވެ. އެކަމަކު 2021ގައި އާ ލީޒެއްގެ ދަށުން އެ ރަށް އަނެއްކާވެސް އެމްޓީޑީސީއާ ހަވާލުކުރީ އެވެ.
މި ރަށް ތަރައްގީކުރަން އެ ކުންފުނިން އެ އަހަރު ހަވާލުކުރީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ އެވެ. ތިން އަހަރު ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުކުރުމުން، އެ އެގްރިމަންޓް މިދިޔަ އަހަރު ވަނީ އުވާލައިފަ އެވެ.
މި ސަބްލީސް އުވާލުމާ ގުޅިގެން ކުންފުނީގެ އާމްދަނީ ވެސް ދަށަށް ދިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކތނބރ
22 July 2024
އެމްޓީޑީސީ އަކީ އުވާލަން ޖެހޭ ތަނެއް. ކޮންމ 5 އަހަރުކުން 1 ފަހަރު ބޯހިއްލާލާ ބައެއް.
ކަނަމަނަ
22 July 2024
ރ.މާނެން ފުށީ ކޮބާ އަދި ވެސް ޖާސިމް 19 އަހަރު ، ކޮބާ ދާއިރާ ރައްޔިތުން ނަށް ވާ ފައިދާ.ޤައުމު ފައިދާ ވިޔަފާރި ވެރިންނަން.
ދޭހިލޭ
22 July 2024
ކުރީ ފަހަރު ބޭއްވި ޖަލްސާގައި ދެއްކީ ވަރަށް އަވަހަށް ހަދައި ނިންމައި ރަށެއް ހުޅުވާނެ ވާހަކަ. މިހާރު އެރަށް ކޮބައިތޯ. އެރަށަށް ވީ ކީއްތޯ. މިހާރު މިދައްކަނީ މުޅިން އާ ވާހަކައެއް. ތި ނޫނިއްޔާ ޓޫރިޒަމަށް ދޫކުރި ރަށްތައް ނުހެދިގެން އުޅޭ ދައުލަތުގެ ކުންފުންޏެއް ދުނިޔޭގައި ނުވާނެ ތޯއްޗެއް. ވިޔަފާރިވެރިންގެ ނުބައި ނުލަފާކަމުން މި ކުންފުނި ހިންދެމި ނުލެވި މިއޮތީ. ސަރުކާރުތަކުން މިބަލަނީ ވިޔަފާރިވެރިން ރުއްސައިގެން ވެރިކަން ކުރެވޭތޯ.