ސީއެޗްއެސްއީގައި ރޭ ބޭއްވި އިނާމްދިނުމުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
23 ޖުލައި 2024 - 11:22
އޭ ލެވެލް އިތުރު 23 ސްކޫލެއްގައި ފަށަން ނިންމާފައިވާ ކަން އިއުލާންކުރައްވައި، އެއް މާއްދާއިން ފާސްވިޔަސް ކިޔަވަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ސީއެޗްއެސްއީގެ އިނާމް ދިނުމުގެ ޖަލްސާގައި މިނިސްޓަރުު ވަނީ އޯ ލެވެލް ނިންމައި ގްރޭޑް 11، 12 ގައި ކިޔަވަން ފުރުސަތު ލިބޭ ދަރިވަރުންގެ އަދަދު މަދު ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ގްރޭޑް އެކަކަށް ވަންނަ 7،000 ދަރިވަރުންގެ ތެރެއިން އޯ ލެވެލް ނިންމައި މަތީ ފެންވަރުގެ ޔުނިވާސިޓީއަށް ވަދެވޭ ވަރަށް 2،500 ދަރިވަރުން ވެސް ފާސް ނުވާ ކަމަށެވެ. މިކަން ބަދަލުކުރަން ކުރާ މަސައްކަތުގައި އަމާޒަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވީހާ ގިނަ ކުދިންނަށް އޭ ލެވެލްއަށް ކިޔެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
ސީއެޗްއެސްއީގެ މި އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވަޑައިގަތުމުން މަރުހަބާ ދަރިވަރުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތައް ކުރެވި ދެ މާއްދާ އިން ނުވަތަ އެންމެ މާއްދާއަކުން ފާސްވިޔަސް ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމުން މަޝްވަރާ ކުރެވި، ރައީސްއާ ވެސް މިކަމުގައި މަޝްވަރާ ކުރެވި، އަޅުގަނޑުމެން ނިންމީ ދެ މާއްދާއިން ފާސް ވިޔަސް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދޭން. އަދި ސްކޫލުގައި ޖާގަ އޮތް ކަމުގައިވާ ނަމަ އެންމެ މާއްދާއަކުން ފާސް ވިޔަސް އަޅުގަނޑުމެން ނިންމީ އޭލެވެލް ކިޔަވަން ފުރުސަތު އެ ދަރިވަރަކަށް ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރާއްޖޭގެ ތައުލީމުގެ ރޫހަކީ ދަރިވަރުގެ އުމުރުން 18 އަހަރު ވަންދެން ތައުލީމު ދިނުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ "މީހުން، މީހުންނަށް ވާނީ މީހުންނަށް ހެދުމުން" ކަން ގަބޫލުކުރައްވާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ ކިތަންމެ ކުޑަ ފުރުސަތެއް ލިބޭ ނަމަވެސް އެ ފުރުސަތުން މީހުން އުފެއްދުމަށް އިންވެސްޓް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަލަށް އޭ ލެވެލް ފަށާ ސްކޫލްތަކުގެ ނަތީޖާއަށް ބަލައި ސަރުކާރުގެ ވިސްނުމަކީ އިތުރު ސްކޫލުތަކުގައި ވެސް އޭ ލެވެލްއަށް ކިޔަވައިދޭން ފެށުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންދޫ
24 July 2024
ކޮށްމެ ކުއްޖެއްގެ ވެސް ސްކޫލު ދައުރަކީ ގްރޭޑް 1 އިން ފެށިގެން ގޮސް 12 ނިންމުމާއި ހަމަޔަށް ކަމުގައި ހަދާބަލަ ފާސް ވިޔަސް ނުވިޔަސް .
އަހުމަދު ހުސެއިން
24 July 2024
މީގަ ނެތް އެއްވެސް މައްސަލައެއް. މަަތީ ތަޢުލީމުގެ ފުރުސަތު ލިބިގެން ތަހުޒީބު މުޖުތަމަޢުއަކަށް ތަރުބަވީ ތައުލީމާއި އިޙްތިރާމް ލިބިގެންވާ ފުރިހަމަ ދިރިއުޅުމެއް އުޅެވޭނެ ޒުވާނުން އުފެއްދޭނީ. ތައުލީމީ ނިޒާމުގަ ހުރި މިފަދަ ކަންކަން ރަނގަޅު ކުރެވިގެން ދަރިވަރުންގެ ހަޔާތުގެ މުހިންމު ދުވަސްތައް ތައުލީމީ އިންފާރުގައި ހޭދަ ކުރެވޭނީ. ސާބަހޭ މިނިސްޓަރ ގެންދަބުޅީގައި އޮތް ތައުލީމީ ސެކްޓަރއަށް އިންގިލާބީ ބަދަލެއް ގެންނަން ތިކުރައްވާ މަސައްކަތައް ސާބަސް.
ދެރަވެޔޭ
24 July 2024
ސީއެޗްއެސްސީގެ ދެ ޢިމާރާތާ ވިލާ ސްކޫލް އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ޕްރައިމަރީން ފެށިގެން 11، 12 އަށް ކިޔަވައިދެން ފެށިއްޔާ މާ ރަގަޅެއްނު. އަހްމަދިއްޔާގެ ވެރިން ކުރެން އަހާ ފަންނީ ލަފާ ހޯދަބަލަ، އަޚްލާޤާ ނަތީޖާ ރަގަޅު ކުރަން ބޮޑު އިމާރާތެއް ބޭނުމެއް ނުވެޔޭ. ބެލެނިވެރިން ދަށުވެ ސިޔާސީވެ، ޓީޗަރުން ބަދުނާމުު ކުރުން ހުއްޓާލާފަ، ތަންކޮޅެއް މިނިވަންކޮށް ކަންކަން ކުރަން ސްކޫލްތަކުގެ ވެރިންނަށް ދޫދީބަލަ، އެވެރިންވެސް ޓީޗަރުން އަބަދު ބްލޭމް ކުރުމުގަ
ދެރަ
24 July 2024
އޭލެވެލް ހަދަން މަޖްބޫރު ނުކުރައްވާ! ދެން ހަމަ ކިޔަވާ ހިތްނުވާ ކުދިންނަށް 2 އަހަރު އެ ބޭކާރުވަނީ، ވޮކޭޝަނަލް އެޑިއުކޭޝަން ދާނީ ދަށަށް. މަންމަ ބުނީމަ ކިޔަވަންގޮސް، ކިޔަވާހިތުން ކިޔަވާ ކުދިންނަށް އުދަގޫވުން ނޫން އެއްވެސް ކަމެއް ނުވާނެ
ޖޭމުގޭ އަހައްމާދީ
24 July 2024
މިހާރުވެސް ގޭގެ ސިޓިން ރޫމުގަ ޑެސްކަކާ ގޮނޑިއެއް ބައިންދާފަ ބޭރުގަ "ކޮލެޖް" ބޯޑު އަޅުވައިގެން ފަސް އަހަރުން ނޫނީ ނުނިމޭ ޑިގްރީ ކޯސް ދޮޅު އަހަރުން ނިންމުވާފަ ބޮލުގަ ތާކިހާ އެބަ އަޅުވާ. ތާކިހާ އެޅި ޑިގްރީ ހޯލްޑަރު މަސައްކަތުގެ މާހައުލަށް ނުކުތީމަ މި އެނގެނީ އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތްކަން. ކީއްކުރާނީ ހުރިހާ ކަމެއްވެސް މިހެން ވިއްޔާ މިދަނީ.، އަހަރުމެން އެއްޗެކޭ ބުނީމަ ބުނާނީ ކަލޭމެން ތިއީ ބޯދާ ޙިޔާލުގެ ކަޓު މީހުންނޭ. ވަރަށް ސަލާން.
ބަލާލާހިތްވޭ
23 July 2024
މިއީ ކިތައް ގައުމުގަ ކުރާ ކަމެއްބާ؟
ކިއްލާ12
23 July 2024
ކޮންމެހެން އޭ ލެވެލް މުހިންމުތަ؟ ކުއްޖަކުބޭނުން ވެދާނެ ކޭކުއަޅަން، ފަހަން، ޓެކްސީކުރަން، ނޫނީ ލޯޗެއް ދުއްވަން. 2 އަހަރު ބޭކާރު ކޮއްލައިގެން ޔޫ ސެޓެއް ހޯދުމުގެ ބޭނުމެއްނެއި.
އުބައިދު
23 July 2024
ނަތީޖާ ނުނެރެވޭ އިސްކޫލުތަކުގެ ޕުރިންސިޕަލުން ބަދަލުކޮށްގެންވެސް ރަނގަޅު ނަތިޖާއަކަށް ވާސިލުވެވޭތޯ ބަލަންވެއްޖެ. ނަތީޖާ ނުނެރެވި މުސާރަނަގަން ތިބެވިގެން ނުވާނެ. ނޫސްތަކުންވެސް މިކަންކަން ފާގަކުރާންވެއްޖެ.
ދަލޭކަ ދައިތަ
23 July 2024
މިދާވަރުން ދަންޏާ އޭލެވެލް އިން ފާސްނުވިޔަސް ހިލޭ ޑިގްރީވެސް ދޭންފަށާފާނެ. ބަލަ ތިޔައުޅެނީ ފައިސާ ގިނަވެގެން އިސްރާފު ކުރާނެ ގޮތެއްނޭގިގެންތަ؟ ނޫނީ އަންނަން އޮތް އިންތިހާބަށް ޖަހާލި ކަޑައެއްތަ؟ ހުރިހާ ކުދިންނަށް އެއްވަރަކަށް ނުކިޔެވޭނެ. އެކުދިން ޝައުގު ހުރި. ދާއިރާއަކުން ކުރިއަށް ދެވޭނެގޮތް ހަދަން ކަމުނުދަނީތަ؟
ނޫސަންގު
23 July 2024
އެޑިޔުކޭޝަންގެ މިފަދަ ސިޔާސަތު ތަށް ބަދަލު ކުރަން ޖެހޭނީ ސިޔާސީ ކަންކަން މީގެ ތެރެއަށް ނުވައްދާ ކަމާބެހޭ ތަޖްރިބާހުރި ބޭފުޅުންގެ ދިރާސާއަކަށް ބިނާކޮށް އޭގެ ރެކޮމެންޑޭޝަންތަކަށް ބަލައިގެން. އެދިރާސާ ޖެހޭނެ ގައުމީ އެއްޗަކަށް ވާން. އެއީ ސިޔާސީ ބޯޅައަކަށް ވެގެން ނުވާނެ. ގްރޭޑް 8-10 އަށް ޖެނެރަލް ސައިންސް (ސައިންސްގެ ތިން މާއްދާގެ މައިގަނޑު ބައިތަށް ހިމެނޭ ގޮތަށް) ކިޔަވާދޭން ޖެހޭ. މިކަންކަން ނުކޮށް ތަޢޮލީމު ހަރުދަނާއެއް ނުވާނެ.
ޚސކސކސކ
23 July 2024
ސިޔާސަތު ތަށް.. ށ ސުކުންތޯ؟؟ މިވަރު ނޭނގޭ؟؟
ޚސކސކސޖސ
23 July 2024
އ ސުކުން ށ ސުކުން ދަސްކުރޭ ފުރަތަމަ