އަލީ ޒާހިރު: ސީލައިފް އެއްބަސްވުމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް ވިދާޅުވި. --ފޮޓޯ/އަލީ ޒާހިރު
24 ޖުލައި 2024 - 12:43
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އަލީ ޒާހިރަށް ބޭންކުން އެންގީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި އެ އަދަދަށް ފައިސާ ނެތީސް، އޯވަޑްރާފްޓްގެ ގޮތުގައި ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާތީ އެވެ.
އަލީ ޒާހިރު އެ ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ލިޔުން އެ ބޭންކުން ދިނުމުންނެވެ. އެކަމަކު އޭރު އެ ފައިސާ ޖަމާވެފައެއް ނުވެ އެވެ. ނަމަވެސް ބޭންކުން ޗެކަށް ފައިސާ ދޫކުރުމަށް ފަހު އަލީ ޒާހިރަށް އެންގީ 2.3 މިލިއަން ރުފިޔާ އޭނާގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ. ބޭންކުގެ އެ އެންގުން ބާތިލްކުރަން އަލީ ޒާހިރުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައިވަނީ އެކައުންޓްގައި ފައިސާ ނެތަސް، ޗެކެއް ދޫކުރުމުން ފައިސާ ދޫކުރުމުގެ އިހްތިޔާރު ބޭންކްތަކަށް ގާނޫނުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެކައުންޓްގައި ފައިސާ ނެތަސް، އޯވް ޑްރާފްޓްގެ ގޮތުގައި ފައިސާ ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެމްސީބީން ކަސްޓަމަރުންނާ އެކު ހެދޭ އެއްބަސްވުމުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެ ކަމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެގޮތަށް ހުކުމް ކުރެއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔަކީ އެ ފައިސާ އަލީ ޒާހިރުގެ ފަރާތުން ދައްކަން ނުޖެހޭނެ ކަމަށެވެ. އެ ރައުޔުގައިވަނީ އެކައުންޓްގައި ފައިސާ ނެތީސް، އޯވާޑްރޯކޮށްގެން ފައިސާ ދޫކުރުމުގެ ބާރު ބޭންކްތަކަށް އޮންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ނޫން ކަމަށެވެ. އަދި 2.3 މިލިއަން ރުފިޔާގެ ޗެކް ދޫކުރިއިރު އަލީ ޒާހިރުގެ އެކައުންޓްގައި ހުރީ އެންމެ 500ރ. ކަމަށާއި އެހެންވެ، އެ އެހާ ބޮޑު އަދަދެއް އެމްސީބީން ދޫކުރީ ބޭންކަށް އޮޅިގެން ކަމަށް ބެލެވޭ ކަމަށް އެ ރައުޔުގައިވެ އެވެ.
އެ ރައުޔުގައިވަނީ އޭރު އަލީ ޒާހިރުގެ އެކައުންޓްގައި އެންމެ 500ރ. ހުއްޓާ އޭނާގެ ހުއްދަ ނެތި 2.3 މިލިއަން ރުފިޔާ ބޭންކުން ދޫކުރުމަކީ ބޭންކަށް އޮޅިގެން ކުރެވުނު ކަމެއް ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ބޭންކުން ޖެހޭނީ އެ ފައިސާ ލިބުނު މީހާގެ އަތުން ފައިސާ ހޯދަން ކަމަށް އެ ރައުޔުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިކާ
25 July 2024
އަޖާއިބު!!! -/500 ބެލެންސުގައި ހުއްޓާ، އެބޭންކުން އަލީ ޒާހިރުގެ އެކައުންޓަށް 4 މިލިއަން ޑިޕޮސިޓްވި ކަމުގެ ލިޔުން ޙަވާލު ކުރީމަ އެ ނުވާނެތަ ޤާނޫނީ ލިޔުމަކަށް. ޝައްކެއްނެތް މިންވަރަށް އެ އެކައުންޓުގައި ފައިސާ ހުރިކަން ބެންކުން އެކައުންޓްގެެ ވެރިފަރާތައް ޔަގީންކޮށްދީފަ، އޭގެ މައްޗައް ބަލައި އެކައުންޓުގެ ވެރިފަރާތުން ފައިސާ ދޫކުރަން ޗެކް ދޫނުކުރެވޭނެ ބުއްދީގެ ހަމައަކީ ކޮބ؟ ފައިސާ ނެތި ފައިސާ ދޫކުރުމާއި މި މައްސަލާގައި މިވާ ހާލަތާއި ގުޅުމެއް ނެތް.
ބޮދު
25 July 2024
އަލީ ރަޝީދަކީ ޔާމީނަށް ހުކުމް ކުރި އިސް ގާޒީ އެހުކުމަކީ ވެސް ގަވާއިދާ ޚިލާފު ހެކިހޯދައިގެން ކުރިހުކުމެއް ތިއަލީ ޒީހިރަކީ އޭރު ނީމީނުގެ މަސްއަލާގަ ހާޒިން ހިސޫރުކޮއްގެން އުޅުނުކަމަށް ބުނާމީހެއް އެހެންވީމަ އަލީ ޒާހިރުގެ ތިމަސްއަލާގެ އޭނަ އެގޮތަށް ރައުޔު ނެރެފާނެ އޭނަޔަށް ހުންނާނެ އެތަށް ނާޖާއިޒު ފައިދާތަކަށް ތި އަލީ ޒާހިރިގެ ފަރާތުން ލިބިފަ
ސައުދުބެ
25 July 2024
ތިކަނުން ސަލާމަތްވާނީ ޕީއެންސީއަށް ސޮއިކޮށްގެން
ކަހެރުވައް
24 July 2024
އަލީ ޒާހިރުގެ އެކައުންޓަށް 4 މިލިއަން ޖަމާވިކަމުގެ ލިޔުން ބެންކުން އަލީ ޒާހިރަށް ދިނުމުން ނޫންތަ 2.3 މިލިއަންގެ ޗެކެއް އަލީ ޒާގިރު ދިނީ؟ ދެން އަލީ ޒާހިރުގެ މައްސަލައަކީ ކޮބާ ތިތަނުގަ؟ ބޭނުންކުން ފްރޯޑެއް ހެދި ކަމަކަށް ނުބެލެވޭތަ؟
ފަހި
24 July 2024
ތި ވަރަށްބޮޑު އޮޅުންގަޑެއްގަ ތިއުޅެނީ 500ރުފިޔާ ހުއްޓާ 4މިލިޔަން ޖަމާވިކަމަށް ބުނެފި ބޭންކުންބުނެފި 2.3މިލިޔަންުފިޔާގެ ޗެކެއް އެއްވެސްޖެހިލުމެއްނެތި ދިނީތި ތިކަން ހިނގިގޮތް ރަނގަޅަށް އަލުންބަލަންވީ
އެމްސް
24 July 2024
ގުޅިގެން ހިންގޭ ކަންކަން؟
ގާސިމް
24 July 2024
ކިހިނެއް ލިބުނު 4 މިލިއަނެއްތޯ ދޮންނަން އެޅީ ހެދުން ތަކަށް ފައިން އަރާ ހުރެތޯ. ސާފު ނުވަނީސް އަތައް ގޮވީތޯ ހުސް ސުވާލު
ބާބް
24 July 2024
އަލީ ޒާހިރަކީ އޭރުގެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެކެކެވެ. ޢެހެންވީމާ އަލީ ޒާހިރު ރައީސްއޮފީހުން އެދޭ ކަންކަން ބެންކަށް އިއުތިރާޒެއް ނުކުރެވޭނެއެވެ.
ހޮޅިބެ
25 July 2024
2016 ވަނަ އަހަރު ހިނގި ކަމެއް، އަލީ ޒާހިރަކީ އޭރު ކާކު؟ ބޮލަށް ފިތުނަ އަރާ ފުރިފަ ތިހުންނަނީ، ފަނޑިޔާރުން ވެސް އެއީ އަލީ ޒާހިރު ވީމަ އެގޮތަށް ހުކުމް އެކުރީ ސިޔާސީ އޮއިވަރުގަ ޖެހިގެން، ނޫންނަމަ ސަލާމަތް ބުއްދި ގަބޫލް ނުކުރާނެ ތިކަމެއް
އެނާމީނާ
24 July 2024
އެހެންވީމާ އެބޭފުޅާއަށް ޗެކްވެސް ހެދުނީ އޮޅިގެންތާ! މީ މިޤައުމުގެ ޝެެިޚުންގެ ފެންވަރު. ތިހާ ބައިވަރު ފައިސާ އެކައުންޓަށް ވަންނަވަރުގެ ވިޔަފާރިއެއްކުރާ ބޭފުޅެއްބާ އެއީ.
ސްޓިންސަން
25 July 2024
މަނިކުފާނަށް އޮޅުނީމަ ސާފުކޮށްދެވޭތޯ ބަލާނަން. މި ލިޔުމުގައި އެ ވަނީ ލޯޔަރު އަލީ ޒާހިރު (އަލިޕީ) ގެ ވާހަކަ. ޝެއިޚް އަލީ ޒާހިރު އަކީ އަދި އެހެން ބޭފުޅެއް.
ސުނާރު
24 July 2024
ހުކުމުގެ ކުރިން މައްސަލާގެ ބެކްގުރައުންޑު ބަލަން ޖެހޭނެ ކަމަށް ފެނޭ. 4 މިލިޔަން ބޭންކަށް ޖަމާވާނެ ކަމަށް އަލީ ޒާހިރު ދިން ޔަގީން ކަމުގެ މައްޗަށް ބިނާކޮށް ނުވަތަ އޮޅިގެންވެސް ބޭންކަށް ތިފައަސާ ދޫކުރެވިފަ އޮވެދާނެ. ފައިސާ ޖަމާނުކުރަނިސް ބޭންކުން ފައަސާ ދޫކުރުމުން އޭގެ ނާޖާއިޒު ފައިދާ އަލީ ޒާހިރު ނެގީކަމަށް ވެދާނެ، އެފައިސާ އެހެންކަމަކަށް އެހެންތާކު އިންވެސްޓު ކޮށް މިހާރުވެސް އަލީ ޒާހިރަށް ފައިދާ ލިބިލިބި ހުރެދާނެ
ރަންރުނބާ
24 July 2024
މަ އެކައުންޓުގަ މިހާރު އެބައިން 323ރ. މިސާލަކަށް ބޭންކުން މަށަށް ދީފަނެބާ 1.1 މިލިޔަން ދިވެހި ރުފިޔާ. ނުވަތަ ޔޫއެސް ޑޮލަރު.