އަބްދުއްރަހީމް: އޭނާ ވަނީ މުރައިދޫގެއަށް ބަދަލުވެވަޑައިގެންފައި -
27 ޖުލައި 2024 - 22:16
ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ދައުލަތުން ހާއްސަ ކޮށްފައިވާ ގެކޮޅު މުރައިދޫގެ އަށް، މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެވަޑައިގެންފި އެވެ.
މަޖިލީހުގެ އިދާރާ އިން މިރޭ ބުނިގޮތުގައި މަޖިލީހުގެ ރައީސް މުރައިދޫގެ އަށް ބަދަލުވެވަޑައިގަތީ އިއްޔެގަ އެވެ. އިއްޔެއަކީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ވެސް މެ އެވެ.
މުރައިދޫގެއަށް އަބްދުއްރަހީމް މި ބަދަލުވެވަޑައިގަތުމަށް އެ އިމާރާތް މަރާމާތު ކުރުމަށް ފަހު އެވެ.
މިދިޔަ މެއި މަހު 20 ވަނަ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް، އަބްދުއްރަހީމް މީގެ ކުރިން ދިރިއުޅުއްވަމުން ގެންދެވީ އޭނާގެ އަމިއްލަ ގެކޮޅުގަ އެވެ.
އަބްދުއްރަހީމް ވަނީ މުރައިދޫގޭގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު ހުށަހެޅުއްވީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކޮށް، ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމުގެ ހުއްދައަކަށެވެ.
އެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިން މިދިޔަ ބުދަ ދުވަހު ވަނީ ދީފަ އެވެ.
މުރައިދޫ ގެއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެކޮޅެކެވެ.
ބޮމުގެ ހަމަލާއަށް ފަހު ނަޝީދު މުރައިދޫ ގޭގައި ދިރިއުޅުއްވި ނަމަވެސް ނަޝީދަށް ފަހު، މަޖިލީހުގެ ރައީސްގެ މަގާމު އެންމެ ފަހުން އަދާ ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމް އެ ގޭގައި ދިރިނޫޅުއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިުޖިޖިނ
28 July 2024
މާދަމާ ބުނާނެ ހިތާ ދެކޮޅަށް ބަދަލުވީޔޭ.. މައިކު ލިބުނީމާ އަޑުގަދަ ކުރާ އިހުލާސްތެރި ކަމެއް ނެތް ކޮންމެ މީހަކުވެސް ބޭނުން ވާނީ ބާރު
ކޮތަރު
28 July 2024
ތިރީސް ހާހުން ގޮސް ސާޅީސް އެތައް ހާސް ރުފިޔާއާއި ދެމެދު މުސާރަދޭ، ގިނަ މީހުންގެ ތަޢުލީމެއް ތަޖުރިބާއެއް ނެތް އެތައް ސަތޭކަ މީހުންގެ ޢަދަދު، ސިއްރު! ގައުމުގެ އިގުތިސާދީ ޙާލަތު ބޮޑުތަނުން ދައްވެފައި ވުމުގެ ސަބަބުން ޚަރަދުކުޑަކުރަން އެތައް ފިވަޅެއްއަޅާފައި، އާދައިގެ ރައްޔިތުން ގަރުދިޔަ ފޮދަކުން ފުއްދާލަން ދައުލަތުގެ އިސް ވެރިޔަކު ގޮވާލައްވާފައި ވަނިކޮށް، މަޖިލީހުގެ ރައީސް މި ކުރެއްވި ޚަރަދުބޮޑު ކަމެއްތާ ދޯ! އަނެއްކާ މިދާކަށް ދުވަހު ފެންނަންހުރި "ކްރިޓިކް" ޔޫސަބަލް ރިޒާވް ހުރީ އެންމެ 18 މިލިއަން ޑޮލަރުކަމަށް ބުނީ، ހުނ، މިއަދު އެއޮތީ އަނެއްކާ ތަޅެއް އެޅުވޭތޯ ސ.ކޯޓަށް ވައްދާފައި!
އަހްމަދީ
28 July 2024
އަދުރޭގަނޑުވަރު މުރައިދޫގެ މަރާމާތުކުރަންދިޔަ ޚަރަދު ހޯދާދިނުމަށް އަޒާނަށް ދަންނަވަން. ނަޝީދު ހުންނަވަން އެތަން އާބާތުރަ ފިލުވީ ވަރަށް އާދައިގެ ގޮތަކަށް. މިހާރު މުޅިއެހިސާބު އަދި އެތާގެ ޕާކިންޒޯނުވެސް އެރެއަށްލާ ހިފާފާ. 5ތަރީގެ ފެންވަރަށް ހަދާފާ. ދެން ރަނގަޅުވާނެ އަމިއްލަތަން ކުއްޔަށް ދީފާ އައުލާދު އެއްކޮށް ތިތާ އުޅުނީމާ.
ދަންތުރޭ
28 July 2024
ދިވެހި ޤައުމު ތައުލީމަށް ދިން އިސްކަމުގެ ނަތީޖާ! މަދަރުސާތަކުގައި ދަސްކޮށްދޭންވީ ކޮން އެއްޗެއްބާ؟
އަޑާ
28 July 2024
މިދެން ކީއްކުރާ މީހެއް.
ހުސައިން 803
28 July 2024
ތިހެއްދެވީ ރަނގަޅަށެވެ. ޤައުމަށް ތިބުނާ ހެޔޮއެދިގެން އަދުރޭމެން ތިގެއަށް ބަދަލުނުވެތިއްބަސް ތިކަމާ ހިތްހަމަ ނުޖެހޭ މީހުންނާއި ޕާޑްކިޔާ މީހުންގެ ސަޕޯޓެއް، އިހްތިރާމެއް ނުލިބޭތާ ހެޔޮބަހެއްވެސް ބުނެނުލާނެއެވެ. ސަރުކާރުން އެކަމަކަށް ހަމަޖައްސާފަ އޮން އުސޫލަކުން ކަންކަން ކުރީހަމަ ހުންނާނީ ރަނގަޅަށެވެ. ވަރަށް ސަލާން...
ކޮރަލް
28 July 2024
މަޖްލީހުގެ ރައީސް އެވެ. ތައުލީމީ ފެންވަރުވެސް ހާމަ ކޮށްލަ ބަލާށެވެ. ނޫސްވެރީން ވެސް މުރާލިވެ ލަ ބަލާށެވެ. ސިޔާސީ މަގާމް ތަކަށް ތައުލީމީ ފެންވަރެއް ނެތެވެ. ސިވިލް ސާވިސް ގަ ޕީއެޗްޑީ ހަދާފަ ހުންނަ މީހާ މަސައްކަތް ކުރަން މިޖެހެނީ ޑިޕްލޮމާ ފެންވަރު ނެތް މީހެއް ކައިރީގަ އެވެ. މިވާހަކަ ދައްކަން އެބަ ޖެހެ އެވެ.
އަޒްރާ
28 July 2024
ރައީސާއި ނައިބު ރައީސް އުޅެންޖެހޭ ގެއެއް އިނގޭނީ ސަރުކާރަށް
ކޮރަލް
28 July 2024
ހިތައް އަރާ އެއްޗެއް ލިޔެ ލަނީ އެވެ. މިދައްކަނީ ރައީސް އާ ނައިބް ރައީސް އުޅޭ ގޭގެ ވާހަކަ އެއް ނޫނެވެ.
ރާއިދިރަިސް
28 July 2024
އެއީ ރައްޔިޔުން ބޭނުންވިގޮތެވެ. ޕީއެންސީއަށް އެވަރުގެ މެޖޭރިޓީއެއް ދީފިނަމަ އެގޮނޑީގަ އިންނާނީ އަދުރޭކަން ނޭގުގީ ރައްޔިތުންގެ ގަމާރުކަމުން.
ކޮސް
28 July 2024
ނަޝީދު މުރައިދޫގެއަށް ފޮނުވީ ސެކިއުރިޓީ ސަބަބަކަށް. އެއީ މިއުޅޭ މުއްލާ ގުރޫޕުން ކުރާކަންކަމުން. އަދުރޭއަކަށް އެކަހަލަ ނިރައްކަލެއްނެތް. ވީމާ އަދުރޭ އެގެއަށް ތިދިޔައީ , ހަރަދުބޮޑުވާނެ ކަމުގެ އެންމެ އާދައިގެ ހިސާބެއް ނުހަދާ. މިއޮއް ތަދުދުވަސްވަރު ކުރަން ރަނގަޅުކަމެއްނޫން....
ހުސްނުބާނޫ
28 July 2024
ހަރަދު ބޮޑުވެގެން އުޅޭއިރު ހަތްތަހާވެސް ހަރަދު ބޮޑުވާގޮތްވަނީދޯ. ރައްޔިތުން މިޖެހެނީ ކަނޑުމަހަށާއި ފަރުމަހަށް ހޮސްގެން ގަރުދިޔަކާން. ސިޔާސީމީހުންގެ ހަރަދު ހަބޭސް. އަދުރޭވެސް ބޭނުންވަނީ ޖާހަތާއި އިއްޒަތް.
އަދުރޭ ގެ ދަރި
28 July 2024
ގައުމުގެ އިގްތިސާދު ތިޔަ ރަނގަޅުވީ. ދެން ހެސްކިޔާފަ ގައުމު ދެމިގަންނާނެ.