28 ޖުލައި 2024 - 13:19
އެންމެ ފަހުގެ ދެ އޮލިމްޕިކްސްގައި ވެސް މެޑަލް ހޯދި އިންޑިއާގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އިންޑިއާގެ ޕީވީ ސިންދު އަތުން ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދު ރައްޒާގު މިއަދު ބަލިވި ނަމަވެސް، ވަރުގަދަ ފައިޓެއް ދީފި އެވެ.
އެންމެ ފަހުން ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައި ލޯ މެޑަލް އަދި އޭގެ ކުރިން ބޭއްވި ރިއޯ އޮލިމްޕިސްގައި ރިހި މެޑަލް ހޯދި ސިންދު މިއަދު ނަބާހާ އަތުން މޮޅުވީ 2-0 އިންނެވެ. އޭޝިއާގައި ވެސް އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ނަބާހާ ރަނގަޅު ޗެެލެންޖެއް ދިނެވެ.
ސިންދު 21-9 އިން ކާމިޔާބު ކުރި ސެޓުގެ ކުރީކޮޅު ނަބާހާ ވަނީ ދެ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ހަތަރު ޕޮއިންޓް ހޯދި ފަހުން ސިންދު ބޮޑު ލީޑެއް ނެގި އެވެ. އޭގެ ފަހުން އިތުރު ފަސް ޕޮއިންޓް ހޯދައި ނަބާހާ އަށް ހަމަހަމަ ހޯދުނީ ޖުމުލަ ނުވަ ޕޮއިންޓެވެ.
ދެ ވަނަ ސެޓުގައި ސިންދު ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެ ސެޓްގައި ސިންދުގެ ފުރަތަމަ 11 ޕޮއިންޓަށް ފަހު އޭނާ މެޗުގެ ޓެމްޕޯ ދަށްކޮށްލި އެވެ. އެވަގުތުގައި ނަބާހާ ޕޮއިންޓަކެއް ހޯދި އެވެ. އެ ސެޓް ސިންދު ކާމިޔާބު ކުރީ 21-6 ންނެވެ.
ވިދިވިދިގެން ދެވަނަ އޮލިމްޕިކްސްގައި ވާދަކުރާ ނަބާހާ ހިމެނޭ ގުރޫޕް އެމްގައި އަދި އޭނާ އަށް އެއް މެޗު އެބައޮތެވެ. ދެން އެ ގުރޫޕްގައި ހިމެނެނީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާ އެވެ.
ދުނިޔޭގެ ރޭންކިންގެ 74 ވަނައިގައި އޮތް ކޫބާއާ ދެކޮޅަށް ނަބާހާ ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ރާއްޖޭ ގަޑިން މެންދުރު 11:30 ގަ އެވެ. ސިންދު އާއި ކޫބާ ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮއްވަރު
29 July 2024
މަގޭ ވެސް ދުނިޔޭގެ ނެތް ފެންވަރި ހިއްވަރެއް އޮވޭ. މަށައްވެސް މިއަދާ ހަމަޔަށްވެސް ވީކަމެއް ނެތް ސޯސަލް މީޑިއާގަ ޝަކުވާ ކުރުން ނޫން. އެހެންވީމަ ހިއްވަރު ހުރެ ނަތީޖާ ނެތިއްޔަކާ ދެން ތި ޚަރަދު ކުރާނެ ކަމެއް ނެތް
ފިޔަވަޅު
29 July 2024
ބޭރަށް ދާ ހުރިހާ ކުދިންވެސް އާކުރަން ޖެހެނީ ޤައުމީ ރެކޯޑޭ ހީވެ. އަބަދުވެސް ނޫހުން ފެންނާނީ ރެކޯޑް އާކޮއްފި. މިހެން . އެގޮތަށް ރެކޯޑު އާކުރަން ބޮޑުހަރަދުގާ ބައިވަރު ކުދިން ބޭރަށް ފޮނުވުމުގެ ބޭނުމަކީ ކޮބައިބާއޭވެސް ހިތަށް އަރަ .
ބްރޯސް
29 July 2024
އެއަށް ކިޔަނީ ކުޅިވަރު ކުރިއެރުން. ރިކޯޑް އާވާވަރަކަށް އެބުނެދެނީ ކުރިއަރަމުން ދާވަރު. ކުޅީވަރުން ކުރިއަރާނީ ޚަރަދުކޮށްގެން.
އަހަންމާ.
29 July 2024
މިހާރު ނަމާދު ވަގުތަކަށް ވެސް ނުބަލާ އެކިކަހަލަ އެކަދާމި ހަދައިގެން ފުޓްބޯޅައާއި އެހެނިހެން ކުޅިވަރުތަކަސް ވެސް ކޯޗު ކޮށްދެނީ، އެކަމަކު ވާކަމެއް 7 ހަރާމުން ހަރާމު، ފުޓްބޯޅަށް ވެސް މިހާރު ބޫޓާނަށް ވުރެން ދެރަ.....
ޭައެމް ބަތްޕެން
29 July 2024
9-21 އަދި 6-21 ވީމަ ރަނގަޅު ޗެލެންޖެއް ދެވިފައެއްނެތް. ގަބޫލުކުރަން ބޭނުންނުވިއަސް މިކަހަލަ މުބާރާތް ކުޅޭ ފެންވަރުގެ ކުޅުންތެރިން މިގައުމަކު އަދި ނެތް، މިލާރިތައް އެހެންކަމަކައް ހަރަދުކުރުން މާ ރަނގަޅު
ހެހެއް
29 July 2024
ކުރިން ދީމާގެ ހަބަރު ޖެހި ގޮތް ކަމު ނުގޮސްގެން މީހުން މިހާރު ނޫސް ކައިފަ އޮތީ ސޯސިއަލް މީޑިއާގައި. އެހެންވެ ތަންކޮޅެއް ރީތިކޮއްލާފަ އޮތީހެން ހީވަނީ ހަބަރު ޖެހި އިރު މިފަހަރު. އެކަމު އެއްކަލަ ދިވެހިންނަށް ނޯންނާނެ ރަނގަޅު އެއްގޮތެއްވެސް
ރޯޒަސް
29 July 2024
ލާރި ޚަރަދު ނުކޮށް ކިހިނެތްބާ މީހުން އުފައްދަނީ؟ މެޑެލް ނޭޅެންޏާ އޮލިމްޕިކްސައަށް ނުދާ އުސޫލު އޮންނަންޏާ ކޮންމެ އިވެންޓެއްގައި ބައިވެރިވާންޖެހޭނީ ދުނިޔޭގެ އެންމެ މޮޅު 3 މީހުންބާ ނޫނީ 3 ޓީމުބާ؟ ވޯލްޑްކަޕަށް ކޮލިފައި ނުވާނެތީ އެލާރި ރައްކާކުރަން ކޮލިފައިންގ ނުކުޅޭންވީބާ؟ ރާއްޖެ އިރާގު އަތުން 18-0 ބަލިވީމައި ފެންވަރު ނެތޭ ކިޔާފައި އެހެން މުބާރާތްތަކުން އެކްސް ޕީރިއެންސް ނުލިބުނުނަމަ ސާފް ޗެމްޕިއަންކަން ހޯދުނީސްބާ؟
ނަބީ
28 July 2024
ފުދޭ މިންވަރަށްވުރެވެސް ރަނގަޅަށް ނަބާކުޅެފި ޓުރޭނިންގއެއް ނުލިބި.. އިންޓަނޭޝަނަލް ޓުރޭނިންނަށް ފުރަން ބޭރުން ހުރިހާ ކަމެއް ހަމަޖެހިފައިވަނިކޮށް އެސޯސިއޭޝަނަށް ވިސާގަނޑު ހަމަޖައްސާ ނުދެވިގެން އެކަންވެސް ފަހުވަގުތު ނުވި..ލޯކަލް ސްޓްރީޓް ކުޅުންތެރިންނާއެކީ ދެބުރަކު ރެކެޓް އުކާލާފަ ދުނިޔޭގެ އެންމެ މަތީފަންތީގެ މުބާރާތަކަށް ފޮނުވާފަ މިހާދަ ރަނގަޅުވަރެކޭ އަސްލު..
ހްމމމމ
28 July 2024
9-21، 6-21، ކޮން ޗެލެންޖެއް؟؟
ހަސަނަނާ
28 July 2024
ހިއްވަރަކީ އަހަރެމެން ޤަބޫލުކުރާއެއްޗެއްނޫން. މުޅި ކުރިވަރު ބަޖެޓު ދެނީ މިހާރު ތި ދެމީ ހަކަށް އަދި ހުރިހާ އަގުބޮޑު އެވޯޑެއްވެސް
ހާމަ333
28 July 2024
މިގައުމުގަ ބަޔަކުކުރާ ކަމެއްގެ އަގު ވަޒަންކުރުމަށްވުރެ އޮންނަނީ ލަދުހަޔާތްކެނޑި ފުރައްސާރަ ކުރުމާއި ޖެއްސުން ކުރުމާއި އަގުވައްޓާލަން މަސައްކަތްކުރުން....މިއީ އެމްޑީޕީ މިގައުމަށް ގެނައި ނުރައްކާތެރި ވަބާއެއް
އެމްސް
28 July 2024
ވިހިވިހީގެ ތަސައްވުރުގެ ދަށުން ބިދޭސީން ގެނައި ކަމެކެވެ!
ކލޖކނ
28 July 2024
ކޮންމެ ކަމެއް ސިޔާސީ ނުކުރިއްޔާ ނުވޭ؟؟
ސަނާ ބަނާ
28 July 2024
ވަރަށް ބަޔަަސްކަން ފާހަގަކުރަން. މި ހަބަރު ލިޔުނު މީހާގެ ނަން ނެތް ފަދައިން މި ކޮމެންޓްވެސް ނުޖަހާނެކަން އިނގޭ. އެންމެ 16 އަހަރުގެ ދީމާ އެއީ ދިވެހި ޖަވާހިރެއް. ދެން މަ ކާލާ.
ޙިޒް
28 July 2024
ދެން އާ ކުއްޖެ ނެތްތަ ފޮނުވާން
ހިތްވަރުން
28 July 2024
ކިތައްތަނުން އެކަކަށް ސްކޮލަރޝިޕް ދޭތަ؟ ޝަރުތަކީ ކޮންމެވެސް ކޮރަޕްޓް ކުޅިވަރު އެސޯސިއޭޝަނަކުން ނަން ފޮނުވުން. ނަން ފޮނުވަނީ ކިހިނެއްކަން ނިކަން ބަލާބަލަ.
ޏނނމ
29 July 2024
ނަންފޮނުވިޔަސް ހޮވާފަރާތުން ފެންވަރެއްނެތިއްޔާ ނުހޮވާނެ. ޢެޗީވްމަންޓްސް އަށްބަލާފަ ހޮވާނީ.