ވިޔަފާރި / އެޑްވަޓޯރިއަލް

ލޯ ސްކުއިންޓުވާ ނަމަ އަވަހަށް ފަރުވާ ހޯދާ!

އައިކެއާ ހޮސްޕިޓަލުގެ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރު އަރުޖުން މައްލާ ބާރި ސްކުއިންޓިންއާ ގުޅޭ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

31 ޖުލައި 2024 - 11:29

1 comments

ލޮލުގެ ކަޅި މިސް އެލައިންވެ، ދެ ކަޅި ދެ ދިމާލަށް ގޮސް ހުރުމަކީ ދިވެހިންގެ މެދުގައި ލޮލުގެ ވަރަށް އާއްމު މައްސަލައެކެވެ. މި މައްސަލަ އެންމެ ގިނައިން ކުރިމަތިވެފައި ހުންނަ ކަން ފާހަގަވަނީ ކުޑަކުދިންގެ އެވެ. ލޮލަށް ކުރިމަތިވާ މި މައްސަލައިގެ ނަމަކީ ސްޓްރެބިސްމަސް ނުވަތަ ސްކުއިންޓިން އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާ ދެމުން އަންނަ އައިކެއާ ހޮސްޕިޓަލުގެ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރު އަރުޖުން މައްލާ ބާރި ވިދާޅުވީ މި މައްސަލައަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ކުޑަކުދިންނަށް ކުރިމަތިވަނީ އުފެދުމުގައި ޖެނެޓިކަލް ޑީފެކްޓަކުން ކަމަށާއި އާއިލާގައި މި މައްސަލަ ހުންނަ ނަމަ ކުދިންނަށް މި މައްސަލަ ވާރުތަވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މި މައްސަލަ އަކީ ވީހާވެސް ތުއްތު އިރު ފަރުވާ ހޯދައިފި ނަމަ އެއްކޮށް ހައްލު ކުރެވިދާނެ މައްސައެކެވެ.

ސްކުއިންޓުވުމާ ގުޅޭ މައުލޫމާތު ޑޮކްޓަރު ހިއްސާކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެންމެ ރަނގަޅީ މި މައްސަލަ ފާހަގަވުމުން ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން. ތުއްތު ކުއްޖާއަށް ތިން މަސްވުމުގެ ކުރިން ކޮންމެވެސް ވަރަކަށް ސްކުއިންޓުވެފައި ކަޅި ހުރުމަކީ އާއްމު ކަމެއް. އެކަމަކު ތިން މަހަށް ފަހު ވެސް، ސްކުއިންޓުވާކަން ފާހަގަވާ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ވާނެ." ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. އަރުޖުން ވިދާޅުވި ގޮތުގައި ސްކުއިންޓް ހުންނަ ކުޑަކުދިންގެ އެ މައްސަލަ އާއްމުކޮށް ފާހަގަވާނީ ފޮތް ކިޔަން ހުންނަ ވަގުތުތަކުގައި ނޫނީ ކުއްޖާ މާ ބޮޑަށް ވަރުބަލިވެފައި ހުންނަ ވަގުތުތަކުގަ އެވެ. އަދި މި މައްސަލަ ހުންނަ ކުދިން ވަކި ފަރާތަކަށް މާ ބޮޑަށް އަރިވެ އެއްޗިއްސަށް ބެލުމާއި އެއް ލޯ މަރައިގެން ތަންތަނަށް ބަލާ ހަދަ އެވެ.

އައިކެއާގެ ޑޮކްޓަރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސްކުއިންޓުގެ މައްސަލައަށް ހައްލު ނުހޯދުމަކީ ލޮލުގެ އިތުރު މައްސަލަތައް ވެސް ކުރިމަތިވާ ކަމެކެވެ. އާއްމުކޮށް ފެނުމަށް ބަދަލު އައުމާއި "އެމްބްލިޔޯޕިއާ" (ލޭޒީ އައި)ގެ މައްސަލަ ވެސް ކުރިމަތިވެ އެވެ. މި މައްސަލައަކީ އެއް ލޮލުގެ ބާރު މާ ބޮޑަށް ދަށްވެ، އަމިއްލައަށް ކަޅި ލޮލުގެ އެތެރެ ފަރާތަށް ނުވަތަ ބޭރު ފަރާތަށް ދިއުމަށް ކިޔާ ނަމެކެވެ.

ޑރ. އަރުޖުން ވަނީ މި މައްސަލަ ފާހަގަވެއްޖެ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ބާރު އަޅުއްވައިފަ އެވެ.

"މި މައްސަލައަކީ އަވަހަށް ފަރުވާ ހޯދައިފި ނަމަ ސާޖަރީއަކަށް ނުގޮސް ހައްލު ކުރެވޭނެ މައްސަލައެއް. އަދި އަވަހަށް ފަރުވާ ހޯދައިފި ނަމަ އެއްކޮށް ހައްލު ވެސް ކުރެވިދާނެ މައްސަލައެއް. މި މައްސަލައަށް ދޭ ފަރުވާ ބިނާ ވާނީ މައްސަލަ ކުރިމަތިވެފައި ހުރި މިންވަރަށް ބެލުމަށް ފަހު،" ޑރ. އަރުޖުން ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ މި މައްސަލައަށް ދޭ ފަރުވާތަކުގެ ތެރޭގައި އައިނު ހެއްދުމާއި އައި ޕެޗު ތެރަޕީ އާއި ލޮލުގެ އެކްސަސައިޒްތައް ކުރުވުން ހިމެނެ އެވެ. އަދި ސްކުއިންޓިންގެ މައްސަލަ މާ ބޮޑަށް ގޯސްވެފައި ހުރި ނަމަ ސާޖަރީކުރަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ސްކުއިންޓިންއަށް ދޭ ފަރުވާތައް ޑޮކްޓަރު ހިއްސާ ކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިކެއާ ހޮސްޕިޓަލަކީ ލޮލުގެ ގިނަ ބަލިތަކަށް ފަރުވާ ދެމުން އަންނަ ތަނަކަށް ވާއިރު, ސްކުއިންޓިންއަށް ބޭނުންވާ ގިނަ ފަރުވާތައް މިތަނުން ދެ އެވެ. އަދި މިވަގުތު އެ ހޮސްޕިޓަލުން އަންނަނީ ސްކުއިންޓިންގެ މައްސަލައަށް ކުރާ ސާޖަރީ ފަށަން ވާން ޖެހޭ ތައްޔާރީތައް ވެސް ވަމުން ކަން ޑޮކްޓަރު އަރުޖުން ފާހަގަކުރެއްވި އެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް މި މައްސަލަ ދިމާވާ އިރު، ބޮޑެތި މީހުންގެ މެދުގައި އާއްމު ކޮށް މި މައްސަލަ ދިމާވަނީ ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބޮޑެތި މީހުން މި މައްސަލަ ކުރިމަތިވާކަން ފާހަގަވުމުން ނުވަތަ ވިޝަން ޑަބަލްވާހެން ހީވުމުން ޑޮކްޓަރަށް ދައްކަން ވާނެ އެވެ.

ލޮލުގެ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލައިފި ނަމަ ލިބޭ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ޑރ. އަރުޖުން ފާހަގަކުރައްވަ އެވެ. ޑޮކްޓަރުގެ އިރުޝާދަކީ ލޮލުގެ ކޮންމެ މައްސަލައެއް ކުރިމަތިވުމުން ވެސް ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދައި ބަލީގެ ފަރުވާ އަވަސްކުރުމެވެ.

ނޯޓު: މިއީ އައިކެއާގެ އެޑްވަޓޯރިއަލް އާޓިކަލެކެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެންސު

01 August 2024

"ސްކުއިންޓު" ލޯ އަވަރުވުން. ކީއްވެ ދިވެހިބަސް ބޭނުން ނުކުރަންވީ؟؟؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454