ވިޔަފާރި / އެޑްވަޓޯރިއަލް

އެޗްޑީއެފްސީގެ 20 އަހަރު: ގެދޮރުވެރިކަމުގެ ފައިނޭންސިން ދާއިރާގައި ދެވަނައެއް ނެތް

06 އޯގަސްޓް 2024 - 18:05

2 comments

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަކީ ގެދޮރުވެރިކަމުގެ ފައިނޭންސިން ދާއިރާގައި އިންގިލާބީ ބަދަލުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. މީގެ 20 އަހަރު ކުރިން 2004 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި އެ ކުންފުނި ވެފައި ވަނީ ދިވެހިންނަށް މާލީ ހަރުދަނާކަމާއި އިގުތިސާދީ ބާރުވެރިކަން ހޯދައި ދިން މައިގަނޑު އެއް ވަސީލަތަކަށެވެ.

މިދިޔަ 20 އަހަރުގެ ތެރޭގައި، އެޗްޑީއެފްސީ ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ އުންމީދުތައް ހާސިލްކުރުމުގެ އިތުރުން ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފަ އެވެ. ކުންފުންޏަށް ކުރިމަތިވި އެކި ގޮންޖެހުންތައް ފުރުސަތުތަކަށް ބަދަލުކޮށް، އެ ދާއިރާގައި އާ މިންގަނޑުތަކެއް ގާއިމުކުރުމުގައި އެ އެޗްޑީއެފްސީން ވަނީ މަސައްކަތް ކޮށްފަ އެވެ.

ދެހާސް އަށްވަނަ އަހަރު ކުރި އިސްތިރާޖީ ޕްރައިވެޓައިޒޭޝަނުން ފެށިގެން މާލީ އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފުކުރުމާ އެކު، އެޗްޑީއެފްސީ ވަނީ ހައުސިން މާކެޓުގެ ބަދަލުވަމުންދާ އިގުތިސާދީ މަސްރަހާ އެއްހަމައެއްގައި ފައި ހަމަކޮށްފަ އެވެ.

އެޗްޑީއެފްސީން ވަނީ ދިގު މުއްދަތެއްގެ ތެރޭގައި، ދިވެހިންގެ އެކި ބޭނުންތަކަށް އަމާޒުކޮށް، އެ ކުންފުނީގެ ހިދުމަތްތަކުގެ ދާއިރާތައް ފުޅާކޮށްފަ އެވެ. ގެދޮރު އިމާރާތްކުރުމާއި ގަތުމަށް ދޫކުރާ ލޯނުގެ އިތުރުން ޒުވާނުންނަށް ހާއްސަ ކޮށްފައިވާ ލޯނާއި އިސްލާމިކް ފައިނޭންސިން ފަދަ މުހިންމު މާލީ ހިދުމަތްތައް ވަނީ ތައާރަފު ކޮށްފަ އެވެ. މި ހިދުމަތްތަކުގެ ސަބަބުން އެޗްޑީއެފްސީ ވަނީ ގެދޮރުވެރިކަމުގެ ފައިނޭންސިން ދާއިރާގައި އިސް ދައުރެއް އަދާކުރާ މުއައްސަސާއަކަށް ވެފަ އެވެ. އެ ކުންފުނިން ވަނީ ވާދަވެރި ރޭޓުތަކާއި ލުއިފަސޭހަ ޝަރުތުތަކާ އެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ އެކިއެކި ބޭނުންތަކާ އެއްގޮތް ހިދުމަތްތަކެއް ދީފަ އެވެ.

ކަސްޓަމަރުންގެ ރުހުމަކީ އެޗްޑީއެފްސީގެ ކާމިޔާބީގެ މައިގަނޑު ތަނބެކެވެ. އެންމެ ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކުރަނީ ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް އެޕްލިކޭޝަން ހުށަހެޅުންތައް ބެލުމާއި ހާމަކަން ބޮޑު އަދި ފަރުވާތެރި ގޮތެއްގައި ކަސްޓަމަރުންނާ އެކު އޮންނަ ގުޅުމެވެ. އަދި އެޗްޑީއެފްސީން ތަންފީޒުކުރާ ވަރުގަދަ ކޯޕަރޭޓް ގަވާނަންސް އުސޫލުތަކެވެ.

އެޗްޑީއެފްސީގެ ކޯޕަރޭޓް އިޖްތިމާއީ ޒިންމާގެ މަސައްކަތްތަކަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ކުންފުނިން ދޭ އިސްކަމުގެ ހެއްކެކެވެ. އެ ކުންފުނީގެ ފަރާތުން ފައިނޭންޝަލް ލިޓްރެސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކޮށް އެކަމަށް ދިވެހިން އަހުލުވެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

"ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ އެތައް މައްސަލަތަކަކާއި އަދި ގޮންޖެހުންތަކާ ގުޅިފައިވާ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ގެދޮރު އިމާރާތް ކުރުމާއި ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެ ކަންކުރަންވީ މަގު ދައްކައިދޭން. އެޕްލިކޭޝަން މަރުހަލާގެ ކުރިން އެ ބޭފުޅަކަށް ލިބޭނެ ފައިނޭންސިން އަދަދު އަންދާޒާކޮށް، ދެން ދާންވީ މިސްރާބު ކިޔައިދޭން،" އެޗްޑީއެފްސީގެ އެސިސްޓެންޓް މެނޭޖަރު، ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން، އާދަމް ޔައީޝް ވިދާޅުވި އެވެ.

"މި އަހަރުގެ ލިވިން އެކްސްޕޯގައި އަޅުގަނޑުމެންގެ ސްޓޯލްއިން މިކަން ހާސިލްވާނެ އިންތިޒާމް ވާނީ ހަމަޖައްސާފައި."

އެޗްޑީއެފްސީން ކުރިއަށް އޮތް އަހަރުތަކުގައި އީޖާދީ އައު ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ވަނީ އަޒުމް ކަނޑައަޅައިފަ އެވެ. މި އަހަރަށް އެޗްޑީއެފްސީން ރާވާފައިވަނީ އެ ކުންފުނީގެ އިދާރީ ހިންގުމާއި އެޕްލިކޭޝަން މަރުހަލާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމާއެކު، ވާދަވެރި މާކެޓުގައި ކުރިއަށް ދިއުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން އެންމެ ފުރިހަމަ އަދި ހަރުދަނާ ގޮތުގައި ހިފުމަށެވެ.

އެޗްޑީއެފްސީގެ 20 އަހަރުގެ ތަޖުރިބާ އަކީ އެ މުއައްސަސާގެ ދެމެހެއްޓެނިވި ކުރިއެރުމާއި އީޖާދީ ފިކުރު އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިއްސާދާރުންނަށް ދައްކުވައިދީފައިވާ ތެދުވެރިކަމުގެ ހެއްކެކެވެ. އެ ކުންފުނީގެ ދަތުރަކީ ރާއްޖޭގެ ގެދޮރުވެރިކުރުމުގެ ފައިނޭންސް ދާއިރާ ކުރިއެރުވުމަށް ކުރި މަސައްކަތުގައި ސާބިތުކަމާއި އީޖާދީ ވިސްނުމާއި އަދި ދެމެހެއްޓެނިވި އަޒުމުގެ ހެއްކެކެވެ.

ނޯޓު: މިއީ އެޗްޑީއެފްސީގެ އެޑްވަޓޯރިއަލް އެކެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނާމުގު

06 August 2024

އިންޓްރެސްޓް ކިހިނެއް އުޅެނީ؟؟

The name is already taken The name is available. Register?

އިސްމާލު2.0

06 August 2024

ޒިންމާދާރު ގާބިލު ބޯޑެއްގެ ތަފާތު ތިޔަ ފެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454