ކުޅިވަރު / އޮލިމްޕިކްސް 2024

އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ޓެނިސް ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް

އިޓަލީގެ މޫޓެޒީ ބްރޮންޒް މެޑަލް ހޯދުމަށް ފަހު އުފާފާޅުކުރަނީ: އޭނާގެ ކަރުގައި އަޅާފައިވާ ފަށުގައި އޮތް ފުލަކީ ދިވެހި އުފެއްދުމެއް.

މުޅި ދުނިޔޭގެ ލޯ މިވަގުތު ހުއްޓިފައިވާ އެއް ހަރަކާތަކީ ފްރާންސުގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް އެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅިވަރު ތަރިން، އެއް މައިދާނަކުން ފެންނަ މި ބޮޑު ކުޅިވަރު އީދުގެ ބައެއް އިވެންޓްތަކުގައި ދިވެހި އެތުލީޓުން ވަނީ ވާދަކޮށް ގައުމު ފަހުރުވެރިކޮށްދީފަ އެވެ. ގޭމްސްގެ އެންމެ މަގުބޫލު އެއް އިވެންޓް ކަމަށްވާ ޓެނިހުގައި ރާއްޖޭން ވާދަނުކުރި ނަމަވެސް، ދިވެހިންނަށް އުފާވެރިކަން ލިބޭނެ މަންޒަރެއް ވަނީ ފެނިފަ އެވެ.

ފިރިހެން ސިންގަލްސް އިން ބްރޮންޒް މެޑަލް ހޯދި އިޓަލީގެ ލޮރެންޒޯ މޫޒެޓީ އެ ފަހުރުވެރި ވަނަ ހޯދި މެޗުގައި ކަރުގައި އަޅައިގެން ހުރި ފަށުގައި އޮތީ، ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ، އޮއެވާލި އާޓް ޝޮޕުގެ 'މަންޓާ ރޭ ޕެންޑަންޓް އާތު ގޯލްޑް' އެކެވެ.

އޮއެވާލީގެ އެ ރީތި ފަށު ފުލުން ސިފަވާ ރާއްޖޭގެ ކަނޑުއަޑީގެ އެންމެ ހާއްސަ ދިރުން ކަމަށްވާ މަންޓާ ރޭ އާ އެކު، އޮލިމްޕިކްސްގެ މެޑަލް ސެރަމަނީގައި ރާއްޖެ ކޮންމެވެސް މިންވަރަކަށް ތަމްސީލުވީ އެވެ.

"ޕެރިސް އޮލިމްޕިކްސްގައި ލޮރެންޒޯ މޫޒެޓީ ބްރޮންޒް މެޑަލް ހޯދުމަކީ ލިބުނު އުފަލެއް އަދި، އަހަރެމެންގެ ގޯލްޑް އާތު މަންޓާ ރޭ ޕެޑަންޑް އާ އެކު މޫޓެޒީ ފެނުމަކީ ލިބުނު ބޮޑު ޝަރަފެއް،" ސިންގަޕޫރުގައި ވެސް ދާދި ފަހުން ފިހާރައެއް ހުޅުވި، އޮއެވާލީގެ އިންސްޓަގްރަމް ޕޯސްޓުގައިވެ އެވެ.

ކެނެޑާގެ ފެލިކްސް އޯޒޭ-އަލިއަސިމް އަތުން މޮޅުވެ ބްރޮންޒް މެޑަލް ހާސިލްކުރި މޫޓެޒީއާ އެކު މެޑަލް ސެރަމަނީން ފެނުނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗާއި، މިވަގުތު އެންމެ އަރަމުން އަންނަ ތަރި ކާލޯސް އަލްކަރާޒް އެވެ.

ސެމީ ފައިނަލުން މޫޓެޒީ ބަލިވީ، އޮލިމްޕިކްސް ރަން މެޑަލް ހޯދި ޖޮކޮވިޗް އަތުންނެވެ. މޫޓެޒީގެ ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށްވާ މި އަހަރުގެ ވިމްބަލްޑަންގެ ސެމީ ފައިނަލަށް ކުރި ދަތުރު ވެސް ނިންމާލަން ޖެހުނީ އެ މުބާރާތުންގެ ސެމީން ޖޮކޮވިޗް އަތުން ބަލިވުމުންނެވެ.

ބެލެވޭ ގޮތުގައި މޫޓެޒީގެ ހިތް އެ ރީތި ފުލަށް ދެވުނީ، މިދިޔަ އަހަރު ރާއްޖޭގެ ބަގްލިއާނޯ މޯލްޑިވްސް ރިޒޯޓަށް ކުރި ދަތުރުގަ އެވެ. ލޯބިވެރިޔާއާ އެކު އޭނާ އެ ފަހަރު ރާއްޖެ އައީ އެ ރިޒޯޓުގައި އޮތް ލަގްޒަރީ ޓެނިސް ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ.

ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިންގެ ޓްރެވަލް އެންޑް ޓްރެއިނިން ސަޕޯޓް އޭޖެންސީއެއް ކަމަށްވާ ޓެނިސް ޓުއާ އޭޖެންސީ މެދުވެރިކޮށް ރާއްޖެ އައި މޫޓެޒީ ވަނީ އެ ރިޒޯޓުގެ ގެސްޓުންނާ އެކު ޓެނިސް މެޗުތައް ކުޅެ ބައެއް ޓްރެއިނިންތައް ވެސް ބާއްވައިފަ އެވެ. އަދި އެ ޕްރޮގްރާމަށް ފަހު އެ ރިޒޯޓުގައި ޗުއްޓީ ވެސް ހޭދަކުރި އެވެ.

ދުނިޔޭގެ 16 ވަނައިގައި މިވަގުތު އޮތް މޫޓެޒީ އަކީ އިޓަލީން 1976 ގެ ފަހުން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ޑޭވިސް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އިޓަލީ ރައްޔިތުންނަކީ، ހާއްސަކޮށް އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ޒަމާނުއްސުރެ ރާއްޖެ އަށް ވަރަށް ގިނައިން ޗުއްޓީ ހޭދަކުރަން އަންނަ ބައެކެވެ. އޭގެ ތެރޭގައި އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕައޮލޯ މަލްޑިނީ އާއި، ރޮބާޓޯ ބާޖިއޯ، އަދި އަލެސަންދްރޯ ޑެލް ޕިއޭރޯ ހިމެނެ އެވެ.

11 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 5%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބުރު

08 August 2024

މީދެން އެހާވަރު ކަމެއްތަ!

The name is already taken The name is available. Register?

ބަބުރުއްސާދާ

08 August 2024

ކީއްކުރާނީ އަހަރުމެންކަހަލަ ކުޑަކުޑަ ގައުމަކަށް މިވަރު ވީމަވެސް އެއީ ވަރަށް ބޮޑު ޝަރަފެއް. މައުމޫނުގެ ދައުރު އ.ދ މައި އިދާރާއިން އަހަރުމެންގެ ދިދަ ފެނިއްޖެއްޔަސް އިއީ ވަރަށް ބޮޑުކަމެއް، އެކަމަކު މިހާރު ދެން ކުޑަކޮށް ރަގަޅުވޭ ކަންނޭގޭ. މިހާރު މެލޭގައި އުޅޭއިރު ދިވެއްސެކޭބުނީމަ ކަލޭ މެންގެ އަޝްފާގް އެއީ ވަރަށް މޮޅު ކުޅުންތެރިއެކޭ ބުނީމަވެސް ވަރަށް އުފާވޭ.

The name is already taken The name is available. Register?

ރަންނަބަނޑޭރި

08 August 2024

ސައްތައިން ސައްތަ ސޮލީބެއްވެސް އެބައޮތް ކަރުގަ.. އަޅުގަނޑަށް އެހާ އުފާވެރި މަންޒަރެއް ނޫން މީކީ..

The name is already taken The name is available. Register?

ނިއަކް23

08 August 2024

އިޓަލީގެ ފަތުރުވެރިން ރާއްޖެ އާދޭ ވަރަށް ގިނައިން، ހާއްސަކޮށް ސެލިބްރިޓީން.. ރިޒޯޓްތަކުގަ ހުންނަ ދިވެހިވަންތަ އެއްޗެތި ގަންނާނެތާ އެމީހުން ވެސް..

The name is already taken The name is available. Register?

ނީޑް ޕްރޫފް

08 August 2024

"ކަރުގައި އަޅައިގެން ހުރި ފަށުގައި އޮތީ، ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ، އޮއެވާލި އާޓް ޝޮޕުގެ 'މަންޓާ ރޭ ޕެންޑަންޓް އާތު ގޯލްޑް' އެކެވެ." ކޮބާހެކި އެއީ ދިވެހި އުފެއްދުމެއްކަމުގެ؟ މިހާރު އަލީއެކްސްޕްރެސް އިން އަބަލިބޭ ތިފައް ގަންނަން ޗައިނާއިން ހަދާފަހުންނަ އެހެން ކަމުން އެއީ އެކަހަލަ ފުލެއްކަމުގައި ވިޔަސް އެއީއަދި ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް ކަމައް ނިންމޭނެޖާގައެއް ނެތް.

The name is already taken The name is available. Register?

ޑީއާ

10 August 2024

މީގެ 4 އަހަރު ކުރިން ރައްޓެއްސަކު ޗައިނާއިން ގެނެސްދިން ތީގެ 4 ކުލައަކުން 4 އެތި

The name is already taken The name is available. Register?

ނަބޫނާ

08 August 2024

ތީ ޗައިނާގެ އުފެއްދުމެއް!

The name is already taken The name is available. Register?

މޭޑް އިން ޗައިނާ

09 August 2024

ތެދެއް ޗައިނާ އިން އުފައްދާފަ ސިންގަޕޫރު މެދުވެރިކޮށް ޑިސްޓްރިބިއްުޓް ކުރާ ތަކެތި.

The name is already taken The name is available. Register?

ޖޯޖް

08 August 2024

ތީ ހަބަރެއްތަ އެމީހާ ލައިގެން ހުރީ ނައިކީ ބުރޭންޑްގެޖާރޒީއެއް އެތަނަކުން އެގަައުމަކުން އެކަމާ ނުވެސް އުޅޭ ތީ ހަބަރެއްނޫ ދިވެހިން ވެސް ލަނީ ކަނީ އެމީހުން އެފައްދާ އެއްޗެހި އެބޮޑުކަމަކަށް ހަދައި ހަބަރަކަށް ނާރުވާ

The name is already taken The name is available. Register?

ޏަނާ

09 August 2024

އެކޮއިމެންގެ ފިހާރަ ފްރީކޮށް މާކެޓްކޮށްލަދިނީނުން މި ޚަބަރު ޖަހާލާފަ!

The name is already taken The name is available. Register?

ނަސްލު

08 August 2024

އެއީ މައްސަލައެއްނޫން ޖެހިގެން އެއޮތް އެތިދޯ އަސްލު ތިދައްކަން އުޅެނީ. ކީކޭބުނާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy