ފެނަކަ ޗެއާމަން އަހުމަދު ޝަހީރު. އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައި-- ފޮޓޯ: ނިޝާން އަލީ /މިހާރު
09 އޯގަސްޓް 2024 - 20:35
ފެނަކަ ކޯފަރޭޝަންގެ ޗެއާމަން އަހުމަދު ޝަހީރާއި އެ ކުންފުނީގެ ބޯޑުގެ އިތުރު ދެ މެންބަރަކު މަގާމުން ވަކިކޮށްފި އެވެ.
ޝަހީރުގެ އިތުރުން ފެނަކައިގެ ބޯޑުގެ މެމްބަރުކަމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރީ އަހުމަދު އީހާބާއި އިބްރާހިމް ނާއިފެވެ.
އެ ބޭފުޅުން ވަކިކުރި ސަބަބާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބަހެއް ނުލިބެ އެވެ.
ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އެއީ 2015 އިން 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ހަމައަށެވެ.
ޝަހީރު ބޮޑު ބައެއް ހޭދަކުރެއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި 29 އަހަރު ހޭދަ ކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްަޕު ހަސަނު
11 August 2024
ޝަހީރަކީ ޔާމީނުގެ މީހެއް، ޔާމީނުގެ މީހުންނަށް މިސަރުކާރުން ޖާގަދީގެން ނުވާނެ.
ސާމިހުން
11 August 2024
މިއީ ޔާމީނުގެ މީހެއް. ވަކިކުރަން މާ ލަސް ވެސް ވެއްޖެ/
ޅީނަ
09 August 2024
އަދި ވެސް ބައެއް ކުންފުނިތަކު ގެ ބޯޑު މެމްބަރުން އެބަ ޖެހޭ ވަކި ކުރަން. ކުންފުނީގައި އެއްވެސް ބޯޑު މެމްބަރެއްގެ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޮވެގެން ނުވާނެ .
ގަބުޅިކޮއެ
10 August 2024
މަގާމު ހަވާލުކޮށްފާ އަނެއްދުވަހު މިޖެހެނީ ވަކިކުރަން. ކޮންމެކަމެއްވެސް އެތައްފަހަރަކުން ނޫނީ ކުރާކަށް ނޭގޭތަ؟ ތަންކޮޅެއް ޒިންމާދާރުކޮށް މިކަންކުރެވޭނެގޮތެއް ނެތީބާ؟
އޮނަރަބްލް އަފީފު ދީދީ
09 August 2024
ދައުލަތުގެ ކުންފުނިތަކުގެހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެދަށުން ރާއްޖޭގެ ހުރިހާ ބޮޑެތި ސިޓީތަކެއްގެ (އައްޑޫސިޓީ، ފުވައްމުލައް، ތެނަދޫ، މާލެ، އަދި ކުޅުދުއްފުށި ސިޓީ) ކަރަންޓްގެހިދުމަތް STATE ELECTRIC COMPANY ގެ ދަށަށް އަދި ބޯފެނާއި ނަރުދަމާގެހިދުމަތް MWSC ގެ ދަށަށް ބަދަލުކުރާންޖެހޭ. # އޭރުން ކުނި އުކާލުމުގެ ހިދުމަތްދޭ ކުންފުނި WAMCO އަދި ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ހިދުމަތްދޭ MTCC އިން ދޭފަދަހިދުމަތެއް މިސިޓީތަކުގެ ރައްޔިތުނަށްވެސްލިބޭނެ.
އޮނަރަބަލު ރޯނުއެދުރު.
10 August 2024
މީއަޅެފަހެ ރޯނުއެދުރު ހެދިގެންއުޅޭ ހޭބަ.....ތަ؟
ހަޕް
09 August 2024
ޕީސީބީ އަކީ އެއްވެސް ބަޔަކަށް ޖާވާބު ދާރީ ވާންޖެހޭ ބަޔެއް ނުން
އޮނަރަބްލް އަފީފު ދީދީ
09 August 2024
ރަނގަޅު. ދަރަނިން އަރައިގަތުމަށާއި، ކުންފުނިން ދެމުންގެންދާ ހިދުމަތާއިމެދު އިތުބާރުއުފެއްދުމަށްޓަކާ ކުންފުންޏަށް ނުއުފުލޭވަރުގެ ބުރަތަކުން ކުންފުނި މިންޖުކޮށްދޭން. # މިގޮތުން ކ.މާލޭގެއިތުރަށް ރާއްޖޭގެ ހުރިހާސިޓީތަކަށް ކަރަންޓްގެ ހިދުމަތްދިނުން ޤައުމީ ކަރަންޓްކުންފުނި STATE ELECTRIC COMPANY ގެދަށަށް ބަދަލުކޮށް ފެނަކަ ކުންފުންޏަށް ދައުލަތުން އިތުރަށް ސަބްސިޑައިޒް ކޮށްގެންވިޔަސް ކުދިރަށްރަށުގެ ކަރަންޓްގެ ހާލަތުވެސް ރަނގަޅުކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
09 August 2024
މަތީގައިދެންނެވިގޮތަށް ފެނަކަ ކުންފުންޏަށް ވަކިމުއްދަތެއްވަންދެން ދައުލަތުން އިތުރަށް ސަބްސިޑައިޒް ކުރަންޖެހޭސަބަބަކީ ކުންފުނީގެދަށުން އައްޑޫ، ފުވައްމުލަށް، ތެނަދޫ އަދި ކުޅުދުއްފުށި ބަދަލު ކުރުމުން ކުންފުނީގެ އާމްދަނީގެ ތެރެއިން ގެއްލިގެންދާބައި ހަމަޖެއްސުމަށާއި، ފެނަކައިން ކަރަންޓްގެ ހިދުމަތް ދެމުންގެންދާ އެއްވެސް ރަށަކަށް މެދުކެޑުމެއްނެތި ބަރާބަރަށް ހިދުމަތް ދެވޭނެގޮތް ހެދުމަށް. މިގޮތުން 3 އަހަރަށް އިތުރުބއިނާޔަތް ދިނުން އެންމެ ރަނގަޅު.