ޚަބަރު / ފޮރިން މިނިސްޓްރީ

ރަޝިޔާގެ ކުރުކްސްގައި އުޅޭ، އަދި ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެ

14 އޯގަސްޓް 2024 - 22:06

2 comments

މިހާރު ހިނގަމުންދާ ޔޫކްރެއިން އާއި ރަޝިޔާ ހަނގުރާމަ އާ ގުޅިގެން، ރަޝިޔާގެ ކުރުކްސް ސަރަހައްދަށް ނުރައްކާގެ ހާލަތު އޮތުމުން، އެ ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދަށް ދަތުރުކުރާ ދިވެހިން ސަމާލުވާން ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

މި ފަހުން ޔުކްރެއިންގެ ބޯޑަރު ސަރަހައްދުގެ ބައެއް އަވަށްތައް ރަޝިޔާއިން ހިފާފައި ވަނިކޮށް ރަޝިޔާއަށް ކުރުކްސް ސަރަހައްދުން ޔުކްރެއިން ސިފައިން ވަދެގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.

އޭގެފަހުން، ޔުކްރެއިން ސިފައިން ކުރުކްސް ސަރަހައްދަށް ވަންނަމުންދާ އިރު، އެ ސަރަހައްދުގެ 70 އަށް ވުރެ ގިނަ އަވަށުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ޔުކްރެއިނުން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގައި ދެ ފަރާތުން ވަރުގަދަ ހަމަލާތައް ބަދަލުކުރަމުންދާތީ، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މިނިސްޓްރީ އާއި ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ދަނީ ކުރުކްސް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށެވެ.

"މި ދަނޑިވަޅުގައި، އެ ސަރަހައްދުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި މިނިސްޓްރީން ބުންޏެވެ.

އަދި ކުރުކްސްގައި އޮތް ނުރައްކާގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ އާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ފޯން: 61 164 129 17 49+

ހޮޓްލައިން: 60 738 200 30 49+

އީމެއިލް: [email protected]

ޔުކްރެއިން ސިފައިންގެ މި ކުއްލި ހަމަލާއާ ގުޅިގެން، ރަޝިޔާއިން އިތުރު ސިފައިންނާއި ޓޭންކާއި ޑްރޯންތަކާއި ބަރު ހަތިޔާރުތައް ވަނީ ބޯޑަރު ސަރަހައްދަށް ޖަމާކޮށްފަ އެވެ. އަދި ރައީސް ލަޑީމިއާ ޕުޓިން މިހާރު ވަނީ ރަޝިޔާ ތެރޭގައި ތިބި ޔުކްރެއިން ސިފައިން ހުއްޓުވައި ބޭރުކުރުމަށް އަމުރުކުރައްވައިފަ އެވެ.

ޕުޓިން ވިދާޅުވީ ދުޝްމަނުންގެ އެއް އަމާޒަކީ ރަޝިޔާ ތެރޭގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުން އުފައްދައި، މީހުންނަށް ބިރު ދެއްކުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލުންކަން ސާފުކޮށް އެނގޭ ކަމަށެވެ.

ރަޝިޔާ އާއި ޔުކްރެއިނުން 2014 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން ގޮސް ޔުކްރެއިނަށް ރަޝިޔާ ސިފައިން އެރީ ފެބްރުއަރީ 24، 2022 ގަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމީދު 1

15 August 2024

އެއްވެސް އެހީތެރިކަމެއް ނުދޭނެ. މިއުޅެނީ އިންޑިޔާއަންހެނަކާ އިނދެގެން ރަޖިސްޓްރީވާން ބޭނުންވާ ސިޓީއެއް ނިއުދިއްލީ އޮފީހުން ނުލިބިގެން. މިހާރު ވަރިފަށަށް އަރާފައި.

The name is already taken The name is available. Register?

ބަކުރޭ

14 August 2024

މިދަނޑިވަޅުގާ މީހުން އެތަނަށް ދަތުރުފަތުރުކުރޭތަ؟ ދެން ކިޔަވަންތިބޭބަޔަކު ކިޔަވަންނުތިބޭނެއެކޭނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454