15 އޯގަސްޓް 2024 - 11:51
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
މިއީ އޭޝިއަން ސާފިން ފެޑަރޭޝަން (އެފްއެސްއޭ) އާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގުޅިގެން ބާއްވާ ތިން ވަނަ އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތެވެ. މި މުބާރާތުގައި މި އަހަރު 15 ދިވެހި ސާފަރުން މި ރީޖިނަގެ ސާފަރުންނާ ވާދަކުރާނެ އެވެ.
ދިރާގުގެ ޑިރެކްޓަރު، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮފީސަސް މަސްއޫދު އަލީ ފާހަގަކުރެއްވި ގޮތުގައި މިއީ މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން މަސައްކަތް ކުރާ ދެ ވަނަ އަހަރެވެ. މި އަހަރު ވެސް ދިރާގުން މި މުބާރާތަށް ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދީ ބޭރުގެ އޯޑިއަންސަށް މުބާރާތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ކަަމަށް ވިދާޅުވި އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނާނީ މި މަހުގެ 17 އިން 24 ވަނަ ދުވަހަށް ކ. ތުލުސްދޫގަ އެވެ.
ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ އެކި ދާއިރާތައް ކުރިއެރުވުމުގެ ގޮތުން މިފަދަ އެކި މުބާރާތްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާގު ޔޫސަރ
16 August 2024
ދިރާގު ވަރަށް ސަޅި. އަބަދުވެސް ކުޅިވަރާއި އެތުލީޓުންނަށް ވަރަށް ސަޕޯޓްކުރާކަން ފާހަނގަވޭ.