ވިޔަފާރި / ވިލާ ކޮލެޖް

ރާއްޖޭގެ ފުރަތަމަ އިންޖިނިއަރިން އެގްޒިބިޝަން ވިލާ ކޮލެޖުން ބާއްވައިފި

ވިލާ ކޮލެޖުން ބޭއްވި އިންޖިނިއަރިން އެގްޒިބިޝަން: މި އެގްޒިބިޝަންގައި ގިނަ އުފެއްދުންތަކެއް ވަނީ ދައްކާލާފައި --- ފޮޓޯ/ވިލާ ކޮލެޖް

16 އޯގަސްޓް 2024 - 21:33

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނިއަރިން އެގްޒިބިޝަންއެއް ވިލާ ކޮލެޖުން ބާއްވައިފި އެވެ.

އިއްޔެ އާއްމުންނަށް ހުޅުވައި ކުރިއަށް ގެންދިޔަ މި އެގްޒިބިޝަނުގައި ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއިން ހިންގާ މެކަޓްރޮނިކްސް އާއި މެކޭނިކަލް އަދި އިލެކްޓްރިކަލް އާއި އިލެކްޓްރޯނިކްސް ޑިގްރީ ކޯސްތަކުގެ 40 ދަރިވަރުންގެ ޕްރޮޖެކްޓުތައް ވަނީ ދައްކާލައިފަ އެވެ.

މި އެގްޒިބިޝަނާއި ގުޅޭގޮތުން ފެކަލްޓީ އޮފް އިންޖިނިއަރިންގެ ހެޑް އޮފް ސްކޫލް، އުދުމާ އަބްދުލް ލަތީފް ވިދާޅުވީ އެ އެގްޒިބިޝަނުގައި ދައްކާލާފައިވާ މަސައްކަތްތަކަކީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިތުރުން މެކަޓްރޯނިކްސް އިންޖިނިއަރިންގެ ދާއިރާއިން ދަރިވަރުންގެ ހުނަރާއި އުފެއްދުންތެރިކަމާއި އެކު ތައްޔާރުކޮށްފައިވާ މަސައްކަތްތައް ކަަމަށެވެ.

ޖުމްލަ 40 ޕްރޮޖެކްޓް ޝޯކޭސް ކުރި މި އެގްޒިބިޝަނުގައި ސޯލާ އަދި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި އިނޮވޭޓިވް ޕޯޓަބަލް ޑިވައިސް އާއި ވޮއިސް ކޮންޓްރޯލް ކޮމްޕިއުޓަރު މެޝިނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާ ދިނުމުގެ އާ އުފެއްދުންތަކާއި އާއި އެހެނިހެން އިނޮވޭޓިވް އުފެއްދުންތައް ދައްކާލާފައިވެ އެވެ.

އެއް ދުވަހުގެ ނިޔަލަށް އޮތް މި އެގްޒިބިޝަން ނިންމާލާފައިވަނީ ބައިވެރިންގެ މެދުގައި ކޮންމެ ދާއިރާއަކުން ވެސް އެންމެ މޮޅު ތިން ޕްރޮޖެކްޓް ހޮވުމަށްފަހު އެވެ. އަދި ކޮންމެ ދާއިރާއަކުން އެއް ވަނައަށް ހޮވުނު ޕްރޮޖެކްޓްގެ ދަރިވަރުން ވަނީ ނިންމުމުގެ ހަފްލާގައި ޕްރޮޖެކްޓާ ގުޅޭ ޕްރެޒެންޓޭޝަނެއް ދީފަ އެވެ.

މި އެގްޒިބިޝަނަށް ހުށަހެޅި ކެޕް ސްޓޯން ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޕްރޮޖެކްޓް ވެސް ހޮވި އެވެ. މި ޕްރޮޖެކްޓްތައް ޖަޖްކުރީ އެކަމަށްޓަކައި ހާއްސަކޮށްފައިވާ ޕެނަލްއަކުންނެވެ.

މި އެގްޒިބިޝަން ނިމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އަދި ޕަބްލިކް ވާކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވީ މި އެގްޒިބިޝަނުގެ ސަބަބުން އިންޖިނިއަރިންގެ ދާއިރާއިން ދަރިވަރުންނަށް ދާއިރާގެ އަމަލީ ތަޖުރިބާ ލިބިގެން ދިޔަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި އިންޖިނިއަރިން ކުރިއެރުވުމާއި އެ ދާއިރާ ހިޔާރުކުރާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުން އެގްޒިބިޝަނަށް ހުށަހަޅާ ގިނަ ޕްރޮޖެކްޓްތައް ވިލާ ކޮލެޖްގެ އިންކިއުބޭޝަން ސެންޓަރު މެދުވެރިކޮށް އިންކިއުބޭޓްކޮށް ކޮމާޝަލައިޒް ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ އިންޖިނިއަރިން ޑިގްރީ ޕްރޮގްރާމްތައް ކަމަށްވާ މެކަޓްރޮނިކްސް އާއި މެކޭނިކަލް އަދި އެލެކްޓްރިކަލް އާއި އެލެކްޓްރޮނިކްސް ކޯސްތަކުގެ ޑިގްރީ ޕްރޮގްރާމްތައް ނިންމާ ދަރިވަރުންނަށް މާސްޓާސް ހާސިލް ކުރުމުގެ ފުރުސަތު މިހާރު އެ ކޮލެޖުން ހުޅުވާލާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454