މީގެ ކުރިން ބޭއްވި މަޖިލިސް ކޮމެޓީއެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
19 އޯގަސްޓް 2024 - 14:25
ކުރީގެ ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައީ "ޖަޒުބާތުގައި ޖެހިގެން" ކަމަށާއި ނަމަވެސް މި ސަރުކާރުން ދެން ގެންނަ ބަދަލުތައް ގެންނާނީ ޒިންމާދާރުކޮށް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައި އިރު، "ޖަޒުބާތުގައި ޖެހިގެން" ވެސް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެކަމަކު، މި ސަރުކާރުގައި މި ފަހަރު ބަދަލު ގެންނާނީ ޕާޓީ ނިޒާމު އެކަހެރިކޮށް، މުޅި ނިޒާމާ ދޭތެރޭ ވިސްނައި ޒިންމާދާރުކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ނިޒާމަށް ގެނެވޭ ބަދަލުތަކުގައި، އެމްޑީޕީން އަންނަ ފަހަރު ވަކި އަދަދެއް. ޕީޕީއެމުން އަންނައިރު ވަކި އަދަދެއް [ގެންނަނީ]. މި އަދަދު ބަދަލުކޮށްގެން ދެ ވަނަ ފަހަރަކަށް އެމްޑީޕީއަކަށް ވެސް ވެރިކަމަކަށް ނާދެވުނު. ޕީޕީއެމުން ވެސް ނަމްބަރާ ކުޅެލުމަކުން ވެރިކަމަކަށް ނާދެވުނު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައިވާ ދިރާސާ ކުރުމުގެ މަސައްކަތް ނިމުމުންނެވެ. ގާނޫނަށް ބަދަލު ގެންނާނީ އެ ދިރާސާގައި ހުރި ކަންކަމާއި ކައުންސިލްތަކަށް މިހާރު ދިމާވާ ގޮންޖެހުންތަކާއި ކައުންސިލްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބެލުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި މަޖިލިސް ކޮމެޓީއެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވި ގޮތުގައި މުޅި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަން ވަނީ މަގުޗާޓެއް ތައްޔާރުކޮށް ނިމިފަ އެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭ އަޅުގަނޑުމެން މި ބަލަނީ ވީހާ ގިނަ އަތޮޅުތަކަށް އަދި ހުރިހާ ސިޓީއަކަށް ޒިޔާރަތްކޮށް މިކަމުގައި ކައުންސިލްތަކާއި ރަށްރަށުގެ ޑަބްލިއުޑީސީ އާއި ރަށްރަށުގެ ސިވިލް ސާވިސް މުވައްޒަފުންނާއި ރަށްރަށުގެ ޕަބްލިކް ހޮޅުއަށި ތަކުގައި ވެސް މި ކަންކަމާ ދޭތެރޭ ހިޔާލު ހުރި ގޮތް ދެނެގަނެ ބަދަލުތައް ގެނައުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި ކައުންސިލްގެ ބޭފުޅަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނީ މިދިޔަ ޖުލައި މަހު އެވެ. ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ކައުންސިލްތައް "ސައިޒު" ކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
20 August 2024
ލާމަރުކަޒީ ނިޒާމު އިސްލާހުވާނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ މުއްލާއިންގެ ކިބައިން ކައުންސިލުތައް މިނިވަންވެގެން. ކައުންސިލުގެ އިދާރާތައް ޕާޓީ އޮފީސްތަކުން ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް ހިނގާ ތަންތަނަށް ވެގެން.
ތަޖުރިބާޢަލީ
20 August 2024
ބަދަލެއް ގެންނަންއެބެޖެހޭ ފުރަތަމަ ކަމަކީ އަންހެނުންނަށް ޚާއްސަ ކޮށްފަ މިއޮންނަ %33 ނައްތާލުން އަދި ހުރިހާ ޖިންސެއްގެ ބޭފުޅުންނަށް ހުރިހާ ގޮނޑިޔަކަށް ބައިވެރި ވެވޭނެ ގޮތަށް ހުޅުވާލުން 1000 ދަށުގެ އާބާދީ ތަކަށް 2/ 1 ކ އާއި 2ކ އާބާދީއަށް 3 ކައުންސިލަރުން 2ކ އާއި 5ކ ދޭތެރޭ އާބާދީ 5 ޑަބުލިޔޫ ޑީސީ އުވާނުލާ އޭގެ ބަދަލުގަ ޑޑސ އަށް ސިވިލްސާވިސް މީހަކު ކުރިމަތިލާނަމަ ކައުންސިލަރުންނޭކޭ އެއްގޮތަށް ހޮވިއްޖެ ނަމަ އެވަޒީފާ ދޫކޮށްލަން ޖެހޭގޮތަށް ހެދުން
އަލީ ޒިޔާއު
20 August 2024
ކަމެއް ބަދަލު ކުރާއިރު ރައްޔިތުންގެ ހިޔާލު ހޯދަން ވާނެ. ކަންކަން ރަނގަޅުވާނީ އޭރުން
ބާސިތް
20 August 2024
އެމްޑީޕީން ކައުންސިލަރުންގެ އަދަދު 5 އަކަށް ބަދަލުކޮށް ޑަބްލިއުޑީސީއެއް އުފެއްދީމަ ހުރިހާ ބުރައެއް ހަމަ ދައުލަތަށް. އެއްވެސް ފައިދާއެއް ރައްޔިތަކަށް ލިބަފައެއް ނެތް
ނައްފާޒް
20 August 2024
ޖަޒުބާތުތަކުގައި ނުޖެހި ދިރާސާތަކަށް ބިނާކޮށް ލާމަރުކަޒީ ނިޒާމު ބަދުލު ކޮށްފި ނަމަ އެކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރާނެ
އަސީލު
20 August 2024
މިހާރު ކައުންސިލްތަށް ހިނގާގޮތް އެއްވެސް ގޮތަކަށް ކަމު ނުދޭ. އެއްކޮށް ބަދަލުކޮށްލަން ޖެހޭ
ކަލާމު
20 August 2024
ލާމަރުކަޒީ ނިޒާމަކީ ހަމަ އަސްލުވެސް ޖަޒުބާތުގައި ޖެހިގެން އެމްޑީޕީ ސަރުކާރުން ފުނޑާލާފައިއޮތް ނިޒާމެއް. ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަމައަކަށް އަޅުވާނެ
ޑިމޮކުރަޓީ
20 August 2024
10000 މީހުން ނައް މޭޔަރެކޭ ކިޔާފަ ބޮޑު މުސާރަ ދީފަ ކީކުރަން ބަހައްޓާ މީހެއް. ރަށުގަ ދިރި އުޅެނީ މަދު މީސް ކޮޅެއް. ސަމަދު ބުނި ހެން ކޮންމެ ރަށެއްގަވެސް އޮންނަންވި ހަމަ ރައްޔަތުން ހޮވާ މަޖިލީސް އެެއް. މަޖިލީސް އިން ކަންކަން ނިނާނީ އަގުލަބިއްޔަތުން. ރައީސްގެ ފިކުރާ މޭޔަރު ފިކުރު ދިމާނުވީމަ އެއްކަމެއްވެސް ރަށު ތަރައްގީއައް ނުވެ.މިހާރު މޭޔަރުން ކުރާ ކަމަކީ ހަމަ ބޮޑް މުސާރަ ނަގައިގެން ދަތުރު ކުރުން
ސަމަދު ބެ
20 August 2024
ކޮންމެ ރަށަކައްވެސް ވެރިޔަކާ ނައިބެއް އައްޔަނު ކުރަންވީ ރިޔާސީ އިންތިހާބު ވިންކުރާ ވެރިޔަކު 5 އަހަރުގެ މުެްދަތައް. ރައްޔަތުން ވޯޓް ލައިގެން ހޮވަންވީ ރަށު މަޖިޅީސް 5 މެމްބަރުންގެ ނޫނި 7 މެމްބަރުންގެ އާބާދީއައް ބަލާފަ 11 ލެވިދާނެ. މަޖިލީސުން ރަށުގެ ކަންކަން ނިންމާނީ އަގުލަބިއްޔަތުން..އލަވަންސް ދޭނީ އެކި ރޮގުރޮގުން ކިޔަވައިގެން ތިބި މީހިން ނޫނީ ފަންނީ މީހުން ހިމެނޭ މަޖިލީސް އަކައްވީމަ ރަގަޅު
ޒިފުލިނަ
19 August 2024
ސަމަދު ބެ ގެ ހިޔާލައް އަހަރެން ވަރައް ތާއިދު ، ރަށުގެ ރައިސާ ނައިބް ރައިސް ވާންވި ސިޔަސި މަގާމައް، ރަށު މަޖިލީސް ރައްޔަތުން ވޯޓްލައިގެން ހޮވަންވި، 5 އަހަރުގެ ދައުރަކައް،