22 އޯގަސްޓް 2024 - 13:57
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ "ސަނާބިލް" އިމާރާތުގެ ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކުން އިންވެސްޓުކޮށްފި އެވެ.
ހަތް ބުރީގެ އިމާރާތުގެ ޕްރޮޖެކްޓަށް ޖޫން 2024 ގައި ހުޅުވާލި ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާ އެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.
ބީއެމްއެލްގެ ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން، ހަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިން އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކުން ސާބިތުކަމާ އެކު ތިބިކަމުގެ ވަރުގަދަ ހެއްކެއްކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އިންވެސްޓުމަންޓުގެ ސަބަބުން އިލްމީ އިގުތިސާދެއް ގާއިމްކުރުމަށް ލިބޭ އެހީއަކަށް ވާނެ އެވެ.
ބީއެމްއެލް އިސްލާމިކް އަކީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދޭ ބޭންކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކްޝްމޫ
22 August 2024
“އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ "ސަނާބިލް" އިމާރާތުގެ ” ސަބަބުން ލިބޭނެ މަންފާއެއް އަދި މާލީ ފައިދާއެއް އަޅެ ބުނެދީބަލަ. މާލީ ކަންކަމަކީ ޖަޒްބާތުގަ ކުރާ ކަންކަމައް ނޫން.
ޙަސަން އަޙްމަދު
22 August 2024
ޖަޒްބާތީ ވިސްނުމަކުން ވިސްނީމާ އެއްޗެއް ތިޔަ ނުވިސްނުނީ. އެހެން ނޫން ނަމަ އެފަދަ އިމާރާތަކުން ކުރާނެ ކިތަންމެ މާލީ ފައިދާއެއް ވިސްނުނީސް.