ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (މަޖިލިހުގެ ރައީސް)

ޔާމީނަކީ ވަރަށް ކަންނެތް މީހެއް، ވެރިކަމަށް މަގުފަހިކޮށްދިނީ އަޅުގަނޑުމެން: އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ، ޔާމީނަކީ ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ކަމަށް.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް "ކަންނެތް މީހެއް" ކަމަށާއި އެ މަނިކުފާނަށް ސިޔާސީ ޕްލެޓްފޯމެއް ގާއިމްކޮށް. ވެރިކަމަށް މަގުފަހިކޮށްދިނީ އޭރު އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

"ސަންގު ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީއެންއެފްގެ އެކި ޖަލްސާތަކުގައި ޔާމީން ދައްކަވާ ގިނަ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ޔާމީން ހޭދަކުރެއްވި ފަސް އަހަރާއި އޭގެ މާ ކުރިން ވެސް މަސައްކަތްޕުޅު ކުރެއްވީ ޔާމީނާ އެކުގައި ކަމަށާއި ޔާމީން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ޔާމީނަކީ އަމިއްލައަށް ސިޔާސީ ޕްލެޓްފޯމެއް ކުރިއޭޓް ކުރި ބޭފުޅެއް ނޫނޭ، އަމިއްލަ މަސައްކަތުން ސިޔާސީ މަގާމެއް ހޯދި މީހެއް ނޫނޭ. ކަންނެތް މީހެއް އޭނާއަކީ. އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ،"

ވެރިކަން ލިބުނު ގޮތާއި ވެރިކަން ހޯއްދަވަން ކުރެއްވި މަސައްކަތާ އެކަމުގައި ޝާމިލްވާ މީހުން ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފަހަކާ ޖެހެން ދެން ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ޔާމީނަކީ އެއްވެސް އިރެއްގައި އަމިއްލަފުޅު މަސައްކަތުން ސިޔާސީ މައިދާނުން ޖާގަ ހޯއްދެއްވި ބޭފުޅެއް ނޫނެވެ.

"ޔާމީނަކީ އަމިއްލަ އަށް ސިޔާސީ ޕްލެޓްފޯމެއް ކްރިއޭޓް ކުރި ބޭފުޅެއް ނޫނޭ، އަމިއްލަ މަސައްކަތުން ސިޔާސީ މަގާމެއް ހޯދި މީހެއް ނޫނޭ. ކަންނެތް މީހެއް އޭނާއަކީ. އަޅުގަނޑުމެންގެ މަސައްކަތުން ސިޔާސީ ޕްލެޓްފޯމެއް ހޯދައިދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަން މަގުފަހި ކޮށްދިނީ."

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އެރުވުން: އަބްދުއްރަހީމަކީ ކުރިން ޔާމީންގެ އެންމެ އަރިސް ބޭފުޅާ.---ފޮޓޯ: މިހާރު

އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޕީއޭ އުފައްދަވައިގެން އެ ޕާޓީ އަށް 3،000 މެންބަރުން ހަމަނުވެގެން އުޅުއްވަން ފެއްޓެވުމުން އެކަމަށް ހައްލު ހޯއްދަވަން ނުކުމެވަޑައިގަތީ އެ މަނިކުފާނާއި އޭރުގެ ވެސް އަދި މިހާރު ވެސް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި މިހާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފަދަ ބޭފުޅުން ކަމަށެވެ.

ނަމަވެސް އެ ހުރިހާ ބޭފުޅުންނާ މެދު ވެސް ޔާމީން އަމަލު ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖަލުގައި ހުންނެވުމަށްފަހު ޔާމީން ގެއަށް ވަޑައިގެންނެވުން - ފޮޓޯ: ނިޝާން އަލީ | މިހާރު

އަދި، 2018 ގައި ޕީޕީއެމްގެ ޕްރައިމަރީ ޔާމީނަށް ކާމިޔާބުވީ، ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތްޕުޅުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"[ޕްރައިމަރީ ކާމިޔާބުވީ] ޔާމީންގެ މަސައްކަތަކުން ނޫން، ޔާމީނަށް އޮތް ތާއީދަކުން ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ޔާމީނަށް އެ ވަރުގެ ތާއީދާކާ ސަޕޯޓު އޮތް ނަމަ ވެރިކަމާއި ސުޕަމެޖޯރިޓީ އޮވެމެ 2018 ގައި ވެރިކަން ދިފާއު ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ދުވަހު އަޅުގަނޑަށް އެނގުނީ ރައީސް ޔާމީނަށް ގައުމެއް ވެސް މުހިންމު ނޫންކަން. ޕާޓީއެއް ވެސް މުހިންމެއް ނޫން ކަން. ރައްޔިތުންނެއް ވެސް މުހިންމު ނޫންކަން. ރައީސް ޔާމީނަށް މުހިންމީ ޔާމީން ކަން: އަބްދުއްރަހީމް

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ކާމިޔާބު އެއްބޭފުޅާ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޔާމީނު އެއް އިރެއްގައި ވެސް މާ ބޮޑަށް ގަޔާވި ބޭފުޅެއް ނޫން ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ތިން ފަހަރެއްގެ މަތިން އެ މަގާމުން ވަކިކުރައްވަން ޔާމީން މަސައްކަތްޕުޅު ކުރެއްވުމެވެ.

އަބްދުއްރަހީމް ވިދާޅުވީ އެކަން އެގޮތަށް ނުކުރެއްވުނީ އެކި ސަބަބުތަކާ ގުޅިގެން ވަށައިގެން ތިއްބެވި ބޭފުޅުން ދެކޮޅު ހެއްދެވުމުން ކަމަށެވެ.

އޭގެ މިސާލެއް ނަންގަވަމުން އަބްުދުއްރަހީމް ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖުގެ އެއް ލޭނު މަދުކަން ޔާމީނަށް ނާންގަވައި ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވެ، "ރައީސް މުއިއްޒު ކީރިތިފުޅު ކުރެއްވެން ދެން ބަވާލި" ކަމަށެވެ. އެކަން ކުރެއްވީ ކެބިނެޓާއި ޕާޓީގެ އިސް ބޭފުޅުންގެ ކުރިމަތީގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމުން ހައިކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަމަވެސް އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށާއި ޔާމީން އަމިއްލަފުޅަށް އޭރުގެ އިކޮނޮމިކް ކައުންސިލް ޗެއާ ކުރައްވަމުން، ބްރިޖުގެ މަސައްކަތްތައް ވެސް ޔާމީން އަމިއްލަފުޅަށް ބެއްލެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭރު ވެސް ޔާމީން ހުންނެވީ ރައީސް މުއިއްޒާ "އެ ލެވެލަށް ދިމާކުރައްވާފައި" ކަމަށާއި ރައީސް މުއިއްޒަށް ވެރިކަން ލިބުމުން އެކަންވީ ޔާމީން ގަބޫލުފުޅު ކުރަން ވަރަށް ދަތިވީ ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް އޮތް ލޯތްބާއި އިހުތިރާމް ގެއްލިގެން ދިޔައީ ރައީސް ވެރިކަމަށް ވަޑައިގަތުމާ އެކު، ކަންތައް ކުރެއްވި ގޮތުން ކަމަށެވެ. އޭގެ ކުރިން ހީފުޅު ކުރެއްވީ ޔާމީނަކީ ގައުމު އިސްކުރައްވާނެ ބޭފުޅެއް ކަމަށް ވިޔަސް އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމާ އެކު ހަގީގަތް ހާމަވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ދުވަހު އަޅުގަނޑަށް އެނގުނީ ރައީސް ޔާމީނަށް ގައުމެއް ވެސް މުހިންމު ނޫންކަން. ޕާޓީއެއް ވެސް މުހިންމެއް ނޫން ކަން. ރައްޔިތުންނެއް ވެސް މުހިންމު ނޫންކަން. ރައީސް ޔާމީނަށް މުހިންމީ ޔާމީން ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރީގައި ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީނަކީ. އެކަމަކު މިއަދު މި ހާލަތަށް އައީމާ މި އެނގެނީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއްކަން. ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ."

ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، އެ ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ފަސް އަހަރު ވެވަޑައިގެންނެވި ގުރުބާނީ އެގޮތަށް އަގު ކުރެއްވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ޔާމީންގެ ޕީއެންއެފުން ފަހަކަށް އައިސް ބާއްވާ ޖަލްސާތަކުގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ބައެއް އިސްވެރިންނަށް އަމާޒުކޮށް ވަރަށް ބޮޑަށް ޒާތީ ވާހަކަތަކާއި ދޮގު ތުހުމަތު އަޅުވަމުންދާ ކަަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވި އެވެ.

110 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިހާނީ

29 August 2024

އެމީހާ ފޫބުޑުގައި އައްޓަމަހެއްހެން އުޅެފައި މިހާރު ދެން ކޮން ވާހަކައެއް ތި ދައްކަނީ. ލަދެއްވެސް ނެތް

The name is already taken The name is available. Register?

ކިނރ

28 August 2024

ހިތަށް އަރަނީ ސިޔާސީ ކޮމެންޓެއް ނުކުރާނަމޭ ލޮލަށް ފެންނަކަން ކަން ހިތުންނުފިލާ ހަދާންހުންނާތީ ހަގީގަތަށް ލިޔެވޭނީ . މަގޭހިތަށް އަރަނީ ޕޯޑިއަމް ތަކަށް އަރާ ކެންޕޭނު ދުވަސްވަރު އެވަރަށް ޔާމީނޭ ކިޔާ ހަލޭލެވީ ކީއްވެގެން ބާވައޭ އެހާވަރަށް ފޫހިވެ ރުޅިއަރާ މީހަކަށް ތައުރީފު ކޮއް ވާހަކަ ދެއްކީ . އެހެންމީހުންގެ ޖަޒުބާތު ތަކާ ގުޅެން ނޫން އެހެން ކޮންބޭނުނެއްގަ ބާވައޭ . އެހެންމީހުން ނުދައްކާވަރަށް ވާހަކަތަށް އަޑު އަހަން ކުރިމަތިގަ ނެތް އިރު .

The name is already taken The name is available. Register?

ޑރ ވާންޗޯ

28 August 2024

އެހާކަންނެތް ބޭފުޅާގެ ބާރުވަރަށްގަދަ ދެއްތޯ، އެބޭފުޅާގެ ނަމުގަ ބެހެއްޓެވި ހުސްގޮނޑިވެސް ތިޔަބޭފުޅުންނަށް ވެރިކަންހޯދާދީފި ދެއްތޯ؟.

The name is already taken The name is available. Register?

ކްރޭޓޯސް

28 August 2024

އެހެންތޯ؟ އަޅުގަނޑުމެންނަށް ފެނުނު ހަޤީގަތަކީ ވެރިކަމަށް އައީ ތިބުނާ ކަންނެތް ބޭފުޅާގެ ފޮޓޯ ދައްކައިގެންކަން. މިހާރުވެސް ތިބޭފުޅުންގެ ސަރުކާރުގައި ގިނައީ ކަންނެއް ބޭފުޅާގެ ސަރުކާރުގައި މަސައްކަތް ކުރި ބޭފުޅުން. އެއް އަހަރު ނިމޭއިރު ވީކަމެއް ފެންނާކަށްނެތް. އެހެންވީމަ ކަންނެތީ އަސްލު ރައީސް ޔާމީނުތޯ؟ ރައީސް ޔާމީނު ޑެލިވާކުރި. ކުރީ ސަރުކާރޭ ނުކިޔާ. “ވޯރކް ސްމާރޓް، ނޮޓް ހާޑް”.

The name is already taken The name is available. Register?

ކަންނެތޭ

28 August 2024

ކަންނެތްވިއަސް ހެޔޮތާ. ޔާމީން އިށީނދެގެން ނެތް ހުސް ގޮނޑިއެއް އެކަނިވެސް ވެރިކަން ހޯދަން ފުދިފަ އޮތީ.

The name is already taken The name is available. Register?

އައަސަރަފ

28 August 2024

މިއަދު އަރާ ރައީސް ޔާމިނާ ދިމާލަށް ކޮމްނެ އެއްޗެއް ކިޔެދާނެ. އެކަމަކު ދިވެހިން ހަނދާނެއް ނުނެތޭ ރޔ އަށް ކީ ސަނާއާ އުޅުނު ގޮތް. އަދި ކަތްނެއް ވެގެން ޔާމިންގެ 5 އަހަރު ކުރި ތަރައްޤީވެސް މިއޮތީ ފެންނަން

The name is already taken The name is available. Register?

ހަސަންބެއްޔާ

28 August 2024

މިބައިމީހުންގެ ކަންތައްތައް ހުރި މިންވަރަކީ ދެބަސްވެ އާރުރުންވަނީވެސް ޒާތީ ކަންކަމުގައި ހިފާ ދަމައިގެންނެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު ޖެހުނު މައްސަލަތަކަކީ ސިޔާސަތުތަކާއި ގުޅޭ އަސާސީ މައްސަލަތަކެކެވެ.

The name is already taken The name is available. Register?

ހަމަދު

28 August 2024

ޙަޤީޤަތަކީ ޢަބްދުއްރަޙީމް އެވިދާޅުވީ. ޔާމީނަކީ ވަރަށް ބޮޑާ އެހެންމީހުންނަށް އިޙްތިރާމު ނުކުރާމީހެއް. ރައީސް މައުމޫން ގެ އެންމެ ޝާންޝައުކަތު އެންމެ ބޮޑު ޒަމާނުގަވެސް އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ވީހާވެސް ގިނަ ރައްޔުތުންނާ ސަލާންކޮށް ބައްދަލުކޮށްލެވޭތޯ ބެއްލެވި. އެކަމަކު ރައީސް ޔާމީނާ ބައްދަލުކޮށްލާ ސަލާން ކޮށްލާހިތުން ރައްޔިތުން އެތައް އިރަކު އަތުރުމަތީ ތިއްބައި ހަމަ ހޭވެސް އަހާނުލައި ޔާމީން ފުރައިގެން ދަނީ. މީވެރިއެއްފެ ސިފައެއްނޫން.

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)

28 August 2024

ޤައުމުގެ ކޮންމެ އަރި-މައްޗަކަށް ބަލައިލިޔަސް ފެއްނަނީ ޔާމީން ގެ ސޮއި. ފުރަތަމަ ބަލާލާ 25 ބުރީގެ ހޮސްޕިޓަލް އަށް! އަދިވެސް އަދިވެސް....

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

28 August 2024

އަބްދުއްރަހީމްބެ އަކީ ހަމަ ގަދަ ފޯވާޑެކޭ ބުނެވޭނީ. އެތިބަ ޑިގްރީ، މާސްޓަރޒް، ޕީއެޗްޑީ ހޯލްޑަރުންގެ ތެރެއިން ރެކެމުން ފަހަތަށް ޖައްސަމުން ގޮސް ގޯލު ޖެހޭނީ ހިލްމުގެ ގޮތުން ވަރަށް ވަރަށް މޮޅު ވެފައި ބުންވަރު ހުރީމަ. ކޮންމެ ކަމަކީވެސް ބުއްދީގެ ބޭނުން ކޮށްގެން ކުރެވޭނެ ކަންތައް.

The name is already taken The name is available. Register?

ތައްލީމު

28 August 2024

ތިދައްކަނީ މާ މޮޅު ވާހަކައެއް ނޫން. ތިޔަ ކަމަކާހެދި މިގައުމުގައި ތައުލީމުގެ އަގެއް ނެތް. ކުޑަކުދިންނާ ޒުވާނުން ކިޔަވާކަށް ބޭނުމެއް ނުވޭ. ހުރިހާ ކަމެއް ސިޔާސީ ބާރުން ވާތަން ފެންނަަތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454