ފޮރިން މިނިސްޓަރު ޒަމީރު: އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން އިޒްރޭލުން ގޮވާލި ގޮވާލުން ރާއްޖެއިން ވަނީ ކުށްވެރިކޮށްފައި --- ފޮޓޯ/މިހާރު
28 އޯގަސްޓް 2024 - 13:04
އަލް އަގްސާ މިސްކިތުގައި ފައްޅިއެއް އެޅުމަށް އިޒްރޭލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުގެ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާރު ބެން-ގިވީރް ވަނީ މުސްލިމުންގެ ތިން ވަނަ ހަރަމް ކަމުގައިވާ މާތްވެގެންވާ އަލް އަގްސާ މިސްކިތުގައި ޔަހޫދީންނަށް އަޅުކަން ކުރެވެން ޖެހޭނެ ކަމަށާއި އަދި އެތަނުގައި ފައްޅިއެއް އެޅުމަށް ގޮވާލައިފަ އެވެ.
އެކަން ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވަނީ އަގްސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަން މުސްލިމުންނާ ގުޅިފައިވާ ތަނަކަށް ވާއިރު، ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހައިސިއްޔަތަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލްގެ އިސްވެރިން ދައްކަވާ މިފަދަ ވާހަކަތަކުގެ ސަބަބުން ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކަށް ބުރޫއަރާ ކަމަށެވެ. އަދި އޭގެ ސަބަބުން ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވުމުގެ ފުރުސަތު އޮތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
"ގުދުސް އާއި އެތަނުގެ މުގައްދަސް ތަންތަނުގެ ގާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭފަދަ އެއްވެސް އަމަލެއް ހިންގުން ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލަމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުޅާގޯނި
29 August 2024
އިސްލާމީ ގައުމުތަކުގެ ވެރިން އެބަޖެހޭ ޔަހޫދީންނާއި 2 ކޮޅަށް ހަނގުރާމަ އިއުލާންކުރަން ﷲ ހައްގައްނަސްރު ދެއްވާނީ އާމީން ސައުދީއަށް ގޮވާލަން ޔަހޫދީންނަށް ތެޔޮވިއްކުން ވަގުތުން ހުއްޓާލުމަށް އެމެރިކާ އެއީ މަތިން ފައިބައިގެން އުޅޭބައެއްތޯ ބިރުގަންނަން މުސްލިމުންގެ މުގައްދަސް ބިން މަސްޖިދުލް އަޤުޞާ ދިފާއު ނުކޮށް ތިބުމަކީ ކޯފާއެއް ނޫނީ އަޒާބެއް އަތުވެދާނޭކަމެކޭ ހުރިހާ މުސްލިމުން ދެވެން އޮތް ގޮތަކަށް ފަލަސްތީނަށް އަރާ ޔަހޫދީންނާއި ބަލިކުރަންވީ އިންޝާﷲވާނެ
ޢެޑިލް
28 August 2024
ކުއްވެރި ކުރީމާ ކަމަކު ނުދޭ....އަހަރުނެންގެ މިލިޓަރީ ފައުޖު ތަކާ ޑުރޯނު ތައް ފުނުވާލަބަލަ އިޒްރޭލު ކުޑަކަކޫ މައްޗައް ތިރިކޮށްލަން
ގެދާނޯމޮސް
28 August 2024
ފާއިތުވީ ހުކުރު ގެ ޚުތުބާގައި ދެންނެވިހެން 1.8 ބިލިޔަން މުސްލިމުން މިސާލަކަށް ނަމަ ، ތިބޭނީ ޔަހޫދީން އެބަޔަކު މާއްދިއްޔަތަށް ހެއްލުމަށް ހެދި ސްމާރޓް ފޯނުތަކުން އެބަޔެއްގެ މަޝްރަޚު ބަލާށެވެ. ހަމައެކަނި ކުރެވޭނެ ހާވެސް ކަމަކީ އެއިިން މުސްލިމުން ގެ ލޭއޮހޮރުވާ ޚަބަރުތަށް ބަލަން ތިބުމާއި ކުށްވެރި ކުރުމެވެ. ބުއްދިޔާ ސިކުނޑި ދޮވެލާ މިވަސީލަތަކީ މުސްލިމުން ނިކަމެތިކޮށްލެވޭނެ ހަމައެކަނި މާއްދީ ވަސީލަތެވެ.
ބަކާރި
28 August 2024
ބަލަގަ ދެގައުމުގެ ދޭތެރޭގަ ހިނަގާކމެއްނު އެއީ..ކޮން ކުށްވެރިއެއް ކުރާކަށް. އެއީދޯ ބުނި އެއްޗަކީ ކަލޭމެން. މިހާރު ކޮން އަނގައެއް....
މުސްލިމާން
28 August 2024
ތިކަންކުރަން ޔަހޫދިންނަށް ވާގިވެރިވާ އެމެރިކާ، އިނގިރޭސި ވިލާތް، އިންޑިޔާގެ އަތުގައި ހިފައިގެންތިބެ ތިހެން ކުށްވެރިކުރީމާ ހާމަވަނީ ތިމާމެންގެ މުނާފިގުކަން.