އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ރާއްޖެއިން ބުނި.
10 އޮކްޓޯބަރ 2025 - 09:11
މީގެ ދެ އަހަރު ކުރިން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދޭން ފެށި ހަމަލާތައް މެދުކަނޑާލައި، ހަނގުރާމަ ނިންމިޔަސް، ޣައްޒާގައި އިޒްރޭލުން ހިންގި ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ރާއްޖޭން ގޮވާލައިފި އެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައެއް ގެނައުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭންގެ ފުރަތަމަ ފިޔަވަހި ތަންފީޒު ކުރުމަށް އިޒްރޭލާއި ހަމާސުް އިން އެއްބަސްވުމާ ގުޅިގެން، އެކަމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި އެއްބަސްވުމަކީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ކޮންމެވެސް ވަރެއްގެ އުއްމީދެއް ކަމަށާއި އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއްގެ ގޮތުގައި އެ ބަޔާނުގައި ސިފަކުރި އެވެ.
މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރަން ވި އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ މި އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.
"އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަން ރާއްޖޭން ފާހަގަކުރަން،" ބަޔާނުގައި ބުންޏެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑަށްޖެއްސުމާއި މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
11 October 2025
ޙޫމް. ކަލޭމެންގެ، ހިތްވަރުގަދަ، ސިފައިންގެގޭ ކުދީން ކޮޅަކަށް ދެތިން ދުންބާނޑި ދެ ބާނޑި ދީފަ، އިންޑިޔާ މީހުން ދިން މަނަވަރާއި، އިންޑިޔާ މީހުން ދިން ޓުރެކްޓަރާއި، އިންޑިޔާ މީހުން ދިން ހެލިބޮކުޓަރާއި، އިންޑިޔާ މީހުން ދިން ވައިކުޑައިގަ، އިސްރާއީލު ފަތަހަ ކުރަން ފޮނުވަގަ.
ޛސޖސު
10 October 2025
ރާއްޖޭގަ އެންމެ ކޮލިޓީ ކޯޓުތައް ހުރީ، ގެންނަން ވީނު؟
ށސ11
10 October 2025
ޣަްޒާގެ ނަސްލުނައްތާލުމުގައި އެންމެ ބޮޑު ބައިވެރިވުންއޮތް ޓެރަރިސްޓު އެމެރިކާގެ ނަންވެސް ބުނެނުލެވުނު. ތިބުނާކޯޓުގެ ގާޒީއަށް ބިރުދެއްކީވެސް ފިޔަވަޅުއެޅީވެސް ހަމަ އެމެރިކާއިން.
އަބްޑޫޅް +
10 October 2025
ހިއް ހިއް ހިއް.
ވައޮލިންސް
10 October 2025
އިޒްރޭލު އިޒްރޭލުގެ ގޮތުގައި ދެމެހެއްޓެނީ އެއީ އަރަބި ގައުމު ތަކުގެ މަދަދުވެސް ލިބިގެންނޭ ބޮޑު މިސްއަންޑަރސްޓޭންޑިންގް އެއްގެ ތެރޭގައޭ އަރަބިން އުޅެނީ އަރަބިން ގެ ތާރީޚް މަމެންގެ އެންމެ ފަހުގެ ރަސޫލާ އަވަހާރަ ވުމުން ދެން އަރަބި ދުނިޔޭގައި ކަންވި ގޮތަށް ބަލާ އެ ޑޭޓާ ސެޓްސް ތައް އިވޭލުއޭޓް ކުރާއިރު ނިކުންނަ ނަތީޖާ އަކީ އެއް އާއިލާއެއްގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ނުނިމި އެކަން ބޮޑު ހަނގުރާމަ އަކަށް ބަދަލުވެ ސުންނީ އަދި ޝީއީން އުފެދުމޭ
ވެންގަބޯ
10 October 2025
ތީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ ހައްގުން ކަމަކާ ނުލާ އެތަކެއް ހާސް އާއިލާއެއްގެ ގެދޮރު ނެތި ފަނާކޮއްލާ އެތަކެއް އާއިލާ ނެތިކޮއްލާ ބިންތައް ފޭރިގަނެގެން މަންފާ ހޯދާ އެ ފައިސާއިން ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ ސަހީދު ކުރަމުން އެދަނީ ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ބައިނަލްއަގުވާމީ ހައްގުތަކަށް ވަކާލާތުކުރާ.އ ދ ގޮވާލަން ޔަހޫދީ ވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖެ ހިމެނޭހެން ވެރިކަން އޮތުން މުހިންމުކަމަށް ފެނޭ