މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި "މިހާރު"ގެ ނޫސްވެރިން.-- ފޮޓޯ: ނިޝާން އަލީ | މިިހާރު
12 ސެޕްޓެމްބަރ 2024 - 13:42
މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ މަހު 28 ގައި ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ރޭ 20:30 ގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސް ހޯލުގައި ކަމަށެވެ.
އެމްއެމްސީން ބުނި ގޮތުގައި، ނޫސްވެރިން ކުރާ މަސައްކަތް ބަލައިގަނެ ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދެމުން އަންނަ އެ އެވޯޑަށް މިފަހަރު 18 ކެޓަގަރީއަކަށް 88 ހުށަހެޅުން ލިބިފައިވެ އެވެ.
ނޫސްވެރިކަމުގެ އިނާމު ދޭން ފެށީ 2013 ވަނަ އަހަރު އެވެ. މިއީ އެ އެވޯޑު ދޭ 11 ވަނަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓީވީ ސޮރު
12 September 2024
އެއްވެސް ޓީވީއަކށް އިނާމެއް ދީގެންނުވާނެ، ރާއްޖޭގައި ނެތް ޕްރޮފެޝަނަލްޓީވީއެއް ކޮންމެވެސް ބަޔެއްގެ މައުތުޕީސްތަކެއް އުޅެނީ، އެއްވެސް ކަމެއްގައި ދެފަރާތުގެ ބަހެއް ނުގެނެސްދޭނެ، މައުޟޫޢަކަށް ބަހުސްކުރިޔަސް މުޅިން އެއްފަރާތް ގެންނާނީ، މިޓީވީތައް ބަލައިގެން މީހުން ވަންނަނީ ވާ، އެއްވެސް ކަމެއްގެ ހަގީގަތެއް ނޭނގޭ، އަންގަދޭން ބޭނުންވެސް ނުވޭ