އެމްޕޮކްސް ޖެހިގެން ޕެރޫގެ ހޮސްޕިޓަލެއްގައި 2022 ވަނަ އަހަރު އެޑްމިޓްކޮށްފައި އޮތް މީހަކު، އޭނާގެ އަތުގައި ފާރުވެފައިވާ ފޮޅެއް ދައްކާލަނީ. -- ފައިލް ފޮޓޯ: އޭއެފްޕީ
13 ސެޕްޓެމްބަރ 2024 - 14:05
ރާއްޖެއިން އެމްޕޮކްސް (މަންކީ ޕޮކްސް) ގެ ކޭސްއެއް ފެނިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ދޮގު ކޮށްފި އެވެ.
އެޗްޕީއޭން ބުނި ގޮތުގައި ހުޅުމާލެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް ފެތުރިފައި ވަނީ ހަގީގަތާ ހިލާފު ހަބަރެކެވެ. މިއަދާ ހަމައަށް ރާއްޖޭގައި އެއްވެސް ކޭސްއެއް ރެކޯޑު ކުރެވިފައި ނުވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެފްރިކާ ސަރަހައްދުން ފެނުނު ގައިން ގަޔަށް އަރާ އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ފެނިފައިވާ އިރު އޭގެ ތެރޭގައި ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ އިންޑިއާ ވެސް ހިމެނެ އެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ރާއްޖެ އަށް އެމްޕޮކްސްގެ ޓެސްޓު ކިޓުތަކެއް ވެސް ހަދިޔާ ކޮށްފަ އެވެ.
ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އޭނާގެ ފަރާތުން އެހެން މީހުންނަށް މި ވައިރަސް އާންމުކޮށް ފޯރަނީ އެ މީހަކާ ގައިގޯޅިކޮށް އުޅުމުންނެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މި ބަލި ޖެހުމުން ހުން އައިސް އައުމާއި ރިއްސުމާ އެކު، ދޮސްލާފައި ހުންނަ ބިހިތަކެއް ގައިގައި ނަގަ އެވެ.
މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައި ވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.
މެއި، 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.
ޖުލައި، 2022 އިން ފެށިގެން މެއި، 2023 އަށް އެ ހާލަތު ދެމެހެއްޓުމަށްފަހު އެ ބަލީގެ ކޭސްތައް މަދުވި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، 445 މީހަކު މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިދިޔަ މަހު ބުނެފައިވެ އެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 524 މީހުން މަރުވެފައިވެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
14 September 2024
އެ ބައްޔަށް ދިވެހި ބަހުން ކިޔަނީ، މަކުނުވިދުރި.
ސަރުދާރުލް
13 September 2024
ސަރުކާރު ރައްޔިތުންބުނާ ކޮންމެ ވާހަކައެއްދޮގުކުރަނީ .
މިޔަރެން
13 September 2024
ރައްޔިތުންތޯ ނޫނީ ކޮންމެ ކަމަކައް ސަރުކާރައް ޖެއްސުމައް ދޮގުހަދާ ބައެއްތޯ. އެބަލި ޔަގީންވާ ވަރުވީމަ ރައްޔިތުންނައް ވެސް އިނގޭނެ
ބީޗް
13 September 2024
ތިޔަ ވައިރަސް ރާއްޖެ އަންނަން ޓިކެޓް ބުކްކުރި ދުވަހެއް ނޭނގޭނެ. ދަތުރުކުރަން އެރި ފްލައިޓެއް، ބޯޓެއް ނޭނގޭނެ. ގައުމުގެ މައި ދޮރާށިތަކުގެ ސްކޭންކުރާ އެއްވެސް މެޝިނަކަށް ނާރާނެ. މިގައުމުގެ އެއަޕޯޓަކުން/ޕޯޓަކުން ޗެކައުޓްވެގެން ނިކުމެގެން ދިއަ ދިމާލެއް ނޭނގޭނެ. އަމިއްލައަށް ފާޅުވެ 'ހާއި' ޖަހާލި ދުވަހަކުން އެންމެންނަށް ފެންނާނެ. ކުޑަކަމުން ހަމަލޮލަށް ނުފެނުނަސް އައުން ކިހިނެތް ހުއްޓުވާނީ؟
ބބބވވވ
13 September 2024
ކޮވިޑްގަވެސް ފުރަތަމަ ދޮގުކުރީ. ދެދުވަސްފަހުން ވީ ތެދަކަށް.
ފޫނު
13 September 2024
އޭރު ދޮގުކުރިޔަސް މިހާރު ދޮގެއް ނުކުރާނެ އޭރުހެން ދޮގެއް ނުހަދާނެ
އެހެނަސް
13 September 2024
ކޮވިޑް ދުވަސްވަރު އޮތް ސަރުކާރެއް ނޫން މިހާރު އޮތީކީ
ކިހިނެއް
13 September 2024
އޯކޭ ދެދުވަސް ބަލަމާހިނގާ ބަހީ މިޔަދު މިއީ 13 ސެޕްޓެމްބަރ އަދި ގަޑިންވީ 14.05. އަންނަން ހުރި އެއްޗެއް އަންނާނެ ކޮންމެ ވަގުތެއްގަ ވެސް އެއީ ހިފެހެއްޓޭނެ އެއްޗެއް ނޫން. އެޔޮއްވަރުގަދަ ޔޫރަޕްގަވެސް ފެތުރެމުންދަނީ.
ޙހހހހ
13 September 2024
މކްސް އަކީ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހުނަށް ޖެހޭ ބައްޔެއްކަމަށް 2020 ގަ ޑަބްލިޔުއެޗްއޯއިން އޮތީ ބުނެފަ. ރާއްޖޭގަ ނޫޅޭނެ އެކަހަލަ މީހުނެއް.
ޑރ ވާންޗޯ
14 September 2024
ކޮވިޑު އައިއިރު އޮތްސަރުކާރު ތެދެއްހެދިތަ؟.