ބީއެމްއެލްގެ ބޯޑުގައި މިހާރު ތިއްބަވާ މެންބަރުން. އެ ބޯޑަށް ތިން ބޭފުޅުން މިއަދު ވަނީ އައްޔަނުކޮށްފައި. -- ފޮޓޯ | ބީއެމްއެލް
21 ސެޕްޓެމްބަރ 2024 - 13:53
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަަޅައި، ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފި އެވެ.
މިއަދު ބޭއްވި އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި އަހުމަދު އަލީ ހަބީބާއި އަލީ އިރުފާނާއި މުހައްމަދު ޝާހިދު ވަނީ ބޯޑަށް އައްޔަނުކޮށްފަ އެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ އަހްމަދު އަލީ އެވެ. އޭނާ އަކީ މިވަގުތު ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އެވެ.
އީޖީއެމް ބޭއްވީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށެވެ.
އެމްއެމްއޭ އިން ބޭންކްތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވާއިދު އިސްލާހުކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅެވެ.
އެ ތިން ބޭފުޅުންނާ އެކު ބީއެމްއެލްގެ ބޯޑުގައި ނުވަ ބޭފުޅުން ތިއްބަވަ އެވެ. އެއީ ސަރުކާރުގެ ފަރާތުން ބޯޑުގައި ތިއްބަވާ ހަ ބޭފުޅުންނާއި އާންމު ހިއްސާދާރުން އިންތިހާބު ކުރައްވާފައިވާ ތިން ބޭފުޅުންނެވެ. ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 11 ބޭފުޅުން ތިއްބަވަން ޖެހެ އެވެ.
ބީއެމްއެލްގެ ބޯޑުގައި މިވަގުތު ތިއްބަވާ މެންބަރުން
1. އަހުމަދު އަލީ ހަބީބު (ޗެއާޕާސަން)
2. އަލީ ފާރިސް މުހައްމަދު
3. އާދިލް މޫސާ
4. މަރިޔަމް ސުޒީ އާދަމް
5. އަލީ އިރުފާނު
6. މުހައްމަދު ޝާހިދު
7. އަބްދުﷲ ނަސީމު
8. މޫސާ ރަޝީދު
9. ނަޖީމު އިބްރާހިމް ޒަކަރިއްޔާ
ބީއެމްއެލްގެ އީޖީއެމްއެއް ބޭއްވި އިރު އެ ބޭންކްގެ ބޯޑުގައި ސަރުކާރުގެ ފަރާތުން އިންނެވި އައިޝަތު ސަޖްނީ ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އެހެންވެ، ބޯޑަށް އިތުރު ދެ ބޭފުޅުން ކަނޑައަޅަން ޖެހެ އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވެސް ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވެސް މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
22 September 2024
އެއީ ބޭފުޅު އާއިލާއެއްގެ ބަޔަކުތަ؟
ޖައުފަރްް
22 September 2024
ބީއެމްއެލް ހިންގުން މިދިޔަ ސަރުކާރުތަކުގައި އޮތީ ވަރަށް ސިޔާސީވެފައި. މަހުޖަނުންގެ ނުފޫޒުން ބޭންކުން ދިޔައީ އާއްމުންނަށް ދުއްޕާން ކުރަމުން. މިހާރު ކަންކަން އިސްލާހްވެގެންދާނެކަން ޔަގީން.
ޝުހޫރްް
22 September 2024
އަދި ކިރިޔާ ހަގީގީ ދިވެހީންގެ ބޭންކަކަށް މިވީ. އުންމީދަކީ ދެން ދިވެހިންނަށް އިތުބާރުކުރެވޭ ނިޒާމަކަށް ބޭންކުގެ ކަންކަން ބަދަލުވެގެންދިޔުން.
ފަހުދު.
21 September 2024
ދެންއޯކޭ. ފައިސާކޮޅު ނަގައިފިން
ޓައްޕު
21 September 2024
ބީ އެމް އެލް ބޯރޑަށް ލާފަ ތިބީ ވަރަށް ކިޔަވައިގެން ތިބި ޤާބިލް ރައްޔިތުންނަށްޓަކާ މަސައްކަތް ކުރާނެ ބަޔެއް
ޢަހުމަދުރަހުމަތު
21 September 2024
ވަރަށް އުފާވޭ ކިޔަވައިގެން ތިބި ޒުވާނުން މިފަދަ ކުންފުނިތަށް ހިންގަން އައްޔަން ކުރީތީވެ. އިރާދަ ކުރެއްވިއްޔާ ނަތީޖާ ވެސް ފެންނާނެ. މަރުހަބާ
ކޮއްކޮމ
21 September 2024
އަދި މަދެއްނު. 60 ވަރަކައް މަގާމު ބޭނުން ނުވޭތަ ތިތަނަށް؟
މިވެސް ...
21 September 2024
އޮޑިވެރިޔާއަށް ހީވެދާނެ، ކެޔޮޅު ތި ފޮނުވި ކަންވާރުތަށް ސަކަރާތޭ ބުންޏަސް އެކުރަން އުޅެނީ ބަގާވާތެކޭ.
ނާބަ
21 September 2024
ބޭންކް ގަ ހުންނަ ލާރިކޮޅު ގެއްލުނީމަ މި ބުނަނީ ފެންނަ ހާ އެއްޗަކަށް ފިއްތާތިއްޔޯ ކިޔާ އެތައްބައެއްގެ ލާރި ވަނީ ގެއްލިފަ ދެން މިމީހުން އައިސްގެސް ވެސް ވާގޮތް ބަލަން ތިބޭނީ
ހޯރަބޭ
21 September 2024
ބަގާވާތް ތަހުގީގު އޮތް ހިސާބެއް ސާފްކޮށްލަ ދީބަލަ