މިފްކޯ: ފުރަތަމަ ހުޅުވާލި މުއްދަތުގައި ޝަރުތު ހަމަވާ މީހަކު ކުރިމަތިލާފައި ނުވާ ކަމަށް ޕީސީބީން ބުނޭ.
29 ސެޕްޓެމްބަރ 2024 - 11:36
މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން ދެ ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
ޕީސީބީން ކުރި އިއުލާނުގައި ބުނެފައިވަނީ، މިފްކޯގެ ސީއީއޯ ކަމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ. އެ މަގާމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
އެ މަގާމަށް މީހަކު ހޮވާނީ ގާބިލްކަމާއި ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް ޕީސީބީން ބުންޏެވެ.
ހަތަރު އަހަރަށް އައްޔަންކުރާ އެ މަގާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރު (185،040ރ.) އާއި 15،000 ޑޮލަރު (231،300ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ކުރިން އެ މަގާމަށް ހުޅުވާލި އިރު މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރަ އެކެވެ.
މިދިޔަ ޖޫން މަހު ޕީސީބީން ކުރި އިއުލާނުގައި ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލައި މުއްދަތު ހަމަވި އިރު މަގާމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށެވެ. އެހެންވެ އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްމާ މުހައްމަދު
30 September 2024
ވަރަށް ރަނގަޅު ނިންމުމެއް. ހަމަ ހުރެފަ މިކަހަލަ މުހިއްމު ކުންފުންޔަކަށް މީހަކު ލީމަ ކަމަކު ނުދާނެ. ލާން ވާނީ ގާބިލް ކަން ވާނެ ވަރުގެ މީހެއް
މިމްރާހް
30 September 2024
ކޮންމެ ގޮތެއް ވިޔަސް ގާބިލް މީހެއް ލިބެންދެން ހަމަ އިއުލާން ކުރަން ވާނެ.
މޫސާ ޔައީޝް
30 September 2024
ރަނގަޅު ވައްކަން ނުކުރާނެ ގާބިލް މީހެއް އައްޔަން ކުރާތީ.
އޮނަރަބަލް ލަނޑާ މޫސަ
29 September 2024
ދައުރެއް ނިމި ދާއިރު މިފްކޯ އަށް ސީ އީ އޯ އެއް ނު ހޯދުނޯ ދައުރެއް ނިމި ދާއިރުަ މަސްވެރިން ނަށް ވީ ވައުދު ވެސް ނު ފުއްދު ނޯ
ހަސަން ކުރުސީ (ގާނާއިން)
29 September 2024
މަގޭ ސުވާލަކީ އެސްޓީއޯގެ ސީއީއޯގެ މުސާރައކީ ކޮބައިތޯއޭ؟ ސަލާމަތަށް ނުރައްކާވެދާނެތީ ހާމަކުރެވިދާނެބާއޭ؟
ެއެފްޓީޓީ
29 September 2024
މިވަރު މަތިބަރު އުންބަޖަހާ ސަރުކާރެއް ނުދެކެން. ހަމަ މި މަގާމު އިހައް ދުވަހު ހުޅުވާލީމާ' ގާބިލް ދިވެހިން ކުރިލުމުން ސަރުކާރުން ނިންމީ އެ ނޯޓިސް ބާތިލް ކަމަށް. ކުރިން ބުނި އެތި ކެންސަލް.
ރަދީފު ބިން ރަފައިދާ
29 September 2024
ރައީސް އެމެރިކާއަށް ދިޔަބޮނޑީގާ ގޫގަލަށް ކުރި ޒިޔާރަތުގާ މިފްކޯއަށް މީހަކު ހޯދަން އެމީހުންގާތުގާ ބުނެލިނަމަ.
އެފްޕީއައިޑީ ބޭރުމީހާ
29 September 2024
މިފްކޯއަށްވުރެ މާބޮޑެތި އެސްޓީއޯ ދިރާގު ކަހަލަ ކުންފުނިތައް ދިވެހިންނަށް ހިންގޭއިރު މިފްކޯއަށް ބޭރުމީހަކު ނުލެވިގެން ހާދަވަރެކޭ މިވަނީ. އެފްޕީއައިޑި ޒަމާނުގައި ފެށުނު ކޮރަޕްޝަން ބޭރުމީހަކު ލައިގެ ބަޔަކު ކުރަން ރާވަނީބާ؟
ފޮނުވުން
29 September 2024
މިއޮއް ހުރިހާ ދުވަހު ބީއެމްއެލްގަ ހުރީ ވެސް ބޭރު މީހެއް އެފްޕީއައިޑީއައް ބަދަލެއް ނުވޭ. ދެން މިފްކޯއަކީ އެފްޕީއައިޑީއައް ވާން ބަލާއިރު އެއްޗެއް އޮތް ތަނެއް ވެސް ނޫން. އެކަން ކުރަން ކުރިން އުޅުނު މީހުން ރައްޔިތުންވަނީ ގެޔައް ފޮނުވާލާފަ
ދިވެހި ސީއީއޯ
29 September 2024
ކަލޯ ދިވެހިން ގޮވަިގެން ވަރަށް ޒަމާނު އުޅެވިއްޖެއެއްނު؟ ތަން އޮތީ ބާ ދަބަރަށް ވެފަ ތިބުނާ ވައްކަން ކުރި އިރުވެސް ތިބީ ދިވެހީން.