ޚަބަރު / އިބްރާހިމް ފައިސަލް (ޓުއަރިޒަމް މިނިސްޓަރު)

ރިސޯޓް ހަދަން ދޫކޮށް އެއްވެސް މަސައްކަތެއް ނުހިނގާ 22 ރަށެއް އަތުލަން އޭޖީގެ ލަފާ ހޯދަނީ

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ނުހިނގާ އެއްވެސް 22 ރަށެއް ދައުލަތަށް އަނބުރާ ނަގަން އޭޖީގެ ލަފަޔަށް ވަނީ އެދިފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާ 22 ރަށެއްގެ އެއްބަސްވުން ބާތިލް ކުރުމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް ނުހިނގާ ކަމަށް 58 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ރަށްތަކަކީ ދޫކުރިތާ 15 އަހަރު، 20 އަހަރު އަދި 30 އަހަރު ވެސް ވެފައިވާ ރަށްތަކެއް ކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ، މި ރަށްތައް ނަގާފައި ތިބި ފަރާތްތައް ހާޒިރުކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ހުރި ހުރަސްތައް ސާފުކޮށް އެކަން ހައްލުކުރުމަށް އިކޮނޮމިކް ކައުންސިލުން ކަރުދާހެއް އެކުލަވާލައިފާއިވާ ކަމަށެވެ.

ނަމަވެސް، 22 ރަށެއްގައި އެއްވެސް ވަރަކަށް މަސައްކަތް ނުހިނގާތީ، އެއްބަސްވުން ބާތިލް ކުރުމަށް އޭޖީގެ ލަފަޔަކަށް އެދިފައިވާ ކަމަށާއި ލަފާ ލިބުނު ހާ އަވަހަކަށް އެކަން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް ދޫކޮށްފައި ހުންނަ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރުމުން ކޯޓަށް ގޮސް އެކަށީގެންނުވާ ބަދަލުތަކެއް މީގެ ކުރިން ހޯދާފައިވެ އެވެ. އެކަން ހައްލުކުރުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އެ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

13 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

24 October 2024

އަތުލާފަ އަނެއްކާވެސް އެ ހެދޭނެ ޤާބިލުކަމެއް ނެތް ގާތް މީހުނަށް ދިނީމަ ކަމަކު ނުދާނެ.

The name is already taken The name is available. Register?

ހާމަ333

23 October 2024

އައްޑޫ ޝަންގްރިލާ ހުޅުވޭނެ ދުވަހެއް ނާންނީތޯ..ކޮންމެ އިންތިހާބަކަށް ވާ ވައުދެއް އެއީ..

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 October 2024

ދައުލަތުގެ ތިޖޫރިއާއި މުދަލުގެ މިލްކްވެރިކަން ރައްޔިތުން އިންތިޙާބުކުރާ ޙާދިމް މީހާގެ މުށުތެރެއަށްލާފައި އޭނާއަށް ހައްދެއްނެތް ބާރުދިނުމުން ކަންވީގޮތް އަހަރުމެން ތަޖުރިބާ ކޮށްފީމު. އެހެންކަމުން އެކަން ތަކުރާރުނުވާގޮތް ހެދުމަށްޓަކާ ހަމަޖެހޭގޮތަކަށް ތިކަން ކުރާންޖެހޭ. މިގޮތުން ރިސޯޓްހެދުމަށް ރަށްތައްދޫކުރުން ވަޒީރުގެ ބާރުވެރިކަމުންބޭރުކޮށް ޓްއަރިޒަމް މިނިސްޓްރީއަކީ މިސިނާއަތުކަންކަންބަލަހައްޓާ ރެގިއުލޭޓަރީ ބޮޑީއެއްކަމަށް ޤާނޫނުގައި ކަޑައަޅާންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 October 2024

މިގޮތުން ރިސޯޓްހަދާނެ ރަށްތައް ކަޑައެޅުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެކަންކަން ކަޑައަޅާ އިންތިޒާމް ކުރުމަށްޓަކާ، ޓްއަރިޒަމް މިނިސްޓްރީއާއި، މިސިނާއަތުގެ އެންމެހާ ބައިވެރިންނާއި، ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އަދި އެވިއޭޝަން ދާއިރާ ތަމްސީލު ވާގޮތަށް އެކުލެވިގެންވާ National Tourism Board އެކުލަވާ ލުމަށް ފަހު ޤައުމީ ޓްއަރިޒަމް ބޯޑުން ކަޑައަޅާ ރަށްތަކެއްގައި ޓްއަރިޒްމް ތަރައްޤީ ކުރާގޮތަށް އަބަދުވެސް ރަށްތައް ކަޑައަޅާފައި ބޭއްވުން ރަނގަޅު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 October 2024

މިދެންނެވި ގޮތަށް ރިސޯޓްހަދާން ބޯޑުން ނިންމާ ހުރިހާ ރަށްތަކެއްގެ މިލްކްވެރިކަން (100 އަހަރު ދުވަހަށް) ދައުލަތާއިރައްޔަތް ޙިއްސާވާކުންފުނި Maldives Tourism Development Cooperation ގެ ދަށަށް ބަދަލުކޮށް އެމްޓީޑީސީ މެދުވެރިވެގެން 30 އަހަރުދުވަހަށް ސަބްލީޒް ކުރެވޭގޮތަށް ނޫނީ ރާއްޖޭގެ އެއްވެސް ރިސޯޓެއް ޕްރައިވެޓް ކުންފުންޏަކަށް ދޫނުކުރެވޭގޮތް ހަދާފައި 50 އަހަރަށް ރަށް ދޫކުރެވޭނީ ޕަބްލިކް ލިނިޓެޑް ކުންފުނިތަކަށް ކަމުގައިވެސް ޤާނޫނުގައި ކަޑައަޅާންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 October 2024

މަތީގައި ދެންނެވިބަދަލުތައް ޤާނޫނަށް ގެނައުމުން "ދިވެހި ރައްޔިތުންގެ އިލާހީ އެއްމެދު މުދަލަކީ ވަކިބައެއްގެ އާއިލީ ތަރިކަ ކަމުގައި ހަދައިގެން" މިހާރުގެ ސައުދާޤަރުން ކުޅެމުން މިދާ ކުޅި ކުޅުންވެސް ހުއްޓުމަކަށް އަންނާނެ. އަދި ކޮންމެ 5 އަހަރަކުން ރަށްތަކުގެ މައްޗަށް ފާވަމުންދާ ސިޔާސީ މީހުނަށްވެސް އެފުރުސަތު ގެއްލި Maldives Tourism Development Cooperation މެދުވެރި ވެގެން މިސިނާއަތުގެ މަންފާ ގިނަ ރައްޔިތުނަށް ސީދާގޮތުން ލިބޭނެ މަގު ހުޅުވިގެން ދާނެ.

The name is already taken The name is available. Register?

މަތިވަރު

23 October 2024

ތިޔައީ ކުރަން ޖަސްވެފައިވާކަމެއް. ތިހެންނހުރި Gina ރަށްތައް ނުބެލެހެއްޓި ބަލަހައްޓާނެ ވަސީލަތެއްވެސް ޤާއިމު ނުކޮށް ވަގުން އަރައި ރަށްތައް ހަލާކު ކުރަމުން އެދަނީ. ރުއްކަނޑާ ގަސްކަނޑާ ޜަށްތައް ހަލާކު ކުރަނީ

The name is already taken The name is available. Register?

ރާވެރިބެ

23 October 2024

އެއްގޮތަކަށް މަސައްކަތެއް ނުހިގާ ގިނަ ދުވަސްވެފަ ހުރި ރަށްތަށް އަބުރާ ސަރުކާރަށް އަވަހަށް ނަގަންވީ. އެކަމަކު ގާނޫނަށް އިސްލާހު ހުށައަޅައިގެން މިރަށް ތަށް ވަކިކުރީމަ މައްސަލަ ޝަރިއަތަށް ހުށަނޭޅޭނެ ވަރު ކުރަން ޖެހޭނެ. ބަދަލޭކިޔާފަ ކޯޓަށް ވެއްދިގެން ނުވާނެ.

The name is already taken The name is available. Register?

ވަހުމް

23 October 2024

ތީގެ ތެރޭގަ ހިމެނޭނެ އަދުގެ ސަރުކާރާ ގާތްގުޅުން އޮންނަ ފަރާތްތައްވެސް. މިހެންވީމަ ތީތީ ރަނގަޅަށް ހިނގައިގަތުމާ ދޭތެރޭ ހިތުތެރޭ ވަހުމް އެބަ ހިނގާ

The name is already taken The name is available. Register?

އެހެއްނު

23 October 2024

އަތުލާ. ކޮން ލަފައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454