މިސް ޔުނިވާސް 2024 ގައި ރާއްޖެ ތަމްސީލުކުރާ މަރިޔަމް ޝައިނާ ނަސީމް.
29 އޮކްޓޯބަރ 2024 - 21:17
ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ދިވެއްސަކު ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ އެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ 21 އަހަރުގެ މޮޑެލް، މަރިޔަމް ޝައިނާ ނަސީމެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ބާއްވަނީ އަންނަ މަހު 14 އިން 16 އަށް މެކްސިކޯގަ އެވެ.
އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރުގެ މިސް ޔުނިވާސްގައި ވާދަކުރާ ޝައިނާ އަށް، މި މުބާރާތުގައި ވާދަކުރުމަށް މެކްސިކޯ އަށް ދިއުމަށް ވިސާ ހަމަޖައްސާދީފައިވާ ކަމަށެވެ.
🇲🇽 Cónsul at @EmbaMexInd, Diego Pérez, granted a visa to 🇲🇻 contestant Maryam S. Naseem who will represent Maldives in Miss Universe 2024 in 🇲🇽. This is the first time in the history of this competition that Maldives participates. @EmbaMexInd wishes her the best. pic.twitter.com/zPTi3wPOJH
— Embassy of Mexico in India 🇲🇽 (@EmbaMexInd) October 29, 2024
މިއީ ދިވެއްސަކު މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށް، އެ އެމްބަސީން ވެސް ވަނީ ޝައިނާ އަށް ކާމިޔާބީއަށް އެދިފަ އެވެ.
މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވީ ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުނި "ހީ އެންޑް ޝީ މޯލްޑިވްސް"ގެ ފަރާތުން ފަހިކޮށްދިން ފުރުސަތެއްގަ އެވެ. ހީ އެންޑް ޝީއަކީ އިންޓަނޭޝަނަލް ބިއުޓީ ޕެޖެންޓް ފްރެންޗައިޒް "ޓޮޕް މޮޑެލް" ވެސް ރާއްޖެއަށް ތައާރަފުކުރި ކުންފުންޏެވެ.
ޝައިނާ އަކީ "ޓޮޕް މޮޑެލް މޯލްޑިވްސް 2022" ކާމިޔާބުކުރި މޮޑެލް އެވެ. ޝައިނާ ވަނީ މިދިޔަ އަހަރު މިސްރުގައި ބޭއްވި "ވޯލްޑް ޓޮޕް މޮޑެލް"ގައި ވެސް ބައިވެރިވެ، ގަދަ 15 ގައި ހިމެނިފަ އެވެ. އެއީ އެ މުބާރާތުގެ ގަދަ 15 ގައި ރާއްޖެ ހިމެނުނު ވެސް ފުރަތަމަ ފަހަރެވެ. އަދި އެ މުބާރާތުގައި "ނިއު ފޭސް"ގެ އެވޯޑު ވެސް ޝައިނާ ހޯދި އެވެ.
ހީ އެންޑް ޝީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިސް ޔުނިވާސްގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނީ އެ މުބާރާތުގެ ފްރެންޗައިޒް ރައިޓްސް ހޯލްޑްކުރާ ރޮމޭނިއާގެ ކުންފުންޏެއްގެ ފަރާތުން ކަމަށެވެ.
"ޝައިނާ އަކީ ވޯލްޑް ޓޮޕް މޮޑެލްގައި ޓޮޕް 15 އަށް ފުރަތަމަ ފަހަރަށް އެރި ދިވެހި މޮޑެލް. އެހެންވެ، މިފަހަރުގެ މިސް ޔުނިވާސްއަށް ޝައިނާ ފޮނުވަން ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.
"މީއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް، ދުނިޔޭގެ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލު މި ވަނީ. މިސް ޔުނިވާސްގައި ރާއްޖޭގެ ކުއްޖެއް ވާދަކުރުމަކީ އަޅުގަނޑުމެން ވެސް ދެކުނު ހުވަފެނެއް. އަދި މި ފުރުސަތު ވާނެ ޝައިނާއަށް ވެސް މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ވަރަށް ރަނގަޅު، ވަރަށް ގިނަ އޮޕޮޗިއުނިޓީސް ފަހިކޮށްދޭ ކަމަކަށް."
މި މުބާރާތުގައި ވާދަކުރުމަށް ހީ އެންޑް ޝީގެ ޓީމަކާ އެކު ޝައިނާ މިހާރު ހުރީ މެކްސިކޯގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިސް ޔުނިވާސް މުބާރާތުގައި މި އަހަރު 130 ގައުމަކުން ބައިވެރިވެ އެވެ. މިއީ، މި މުބާރާތް ބާއްވާ 73 ވަނަ އަހަރެވެ.
މި އަހަރުގެ މިސް ޔުނިވާސްގައި އަލަށް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ބެލަރުސް، އެރިތުރިއާ، ގިނިއާ، އީރާން، މަކާއު، މޮލްޑޯވާ، ނޯތު މެކެޑޯނާ، ސޯމާލިއާ، ޔޫއޭއީ އަދި އުޒުބެކިސްތާން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑެލޫޝަނަލް
31 October 2024
ކީއްވެ ކުރިން ބައިވެރި ނުވީ.... މިހާރު ކުރިޔަށް ވުރެން ޒުވާންކަން ކުޑަ... މުސްކުޅި ފާޑު ޖަހާ... ދިވެހި ރާއްޖެ ތަމްސީލު ކުރަން ހީ އެންޑް ޝީއިން ހޮވީ ކުރީގެ މުސްކުޅި އަންހެނެއް...
ދަޔާން
31 October 2024
މީނަ މިސް ޔުނިވާސްގަ ބައިވެރިވަނީ ގަވާއިދާ ހިލާފަށް... ކާކު ދިވެހި ރާއްޖެއިން މީނަ ހޮވީ... ކާކު ދިވެހި ރާއްޖެ ތަމުސީލު ކުރަން މީނަޔަށް ދިނީ...
ހަރުވާޅު
30 October 2024
ވަރަށް މަރުހަބާ! ބުރުކިނީ ލައިގެންވެސް ޢަރަބި ޤައުމުތަކުން މިސް ޔުނިވާސްގައި ބައިވެރިވޭ. ބޮޑީބިލްޑަރުންނަށް ހަމައެކަނި ހަށިގަނޑު ދައްކާލަން މުބާރާތެއްގައި ބައިވެރިވެވެންޏާ، މިސް ޔުނިވާސް ކަހަލަ ތައުލީމު، ސަގާފަތް، ތޫނުފިލިކަން އަދި ރީތިކަން ބަލާ މުބާރާތެއްގައި ދިވެހި ކަނބަލަކަށް ބައިވެރިވެވެންވާނެ. ކާމިޔާބަށް އެދެން.
އާނު33
30 October 2024
ވަރަށްބޮޑު ކާމިޔާބީއަކަށް އެދެން.
އާލީ!
30 October 2024
މިސް ޔުނިވާސްގައި ބައިވެރިވުމަކީ މައްސަލައެއްތޯ؟
ވެލްލްލްލް...
31 October 2024
ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ އިއްޒަތަކީ ކޮބާ؟
ހަސަންބެއްޔާ
30 October 2024
މިއީ އަމިއްލަ މަލްޓިނެޝަނަލް ވިޔަފާރިއަކުން ހިނގާ ކޮންޓެސްޓެއް/ބިއުޓީ ޕެޖަންޓެއް. ގައުމީ ޖަމިއްޔާތަކެއް ގުޅިގެން ހަދާފައި އޮތް ފެޑެރެޝަނަކުން ކުރާކަމެއް ނޫން. އެހެންވީމާ ކޮންމެހެން ސަރުކާރުން ކަނޑައަޅާ އުސޫލަކުން ނޫން މި ކޮންޓެސްޓުގައި ބައިވެރިވާން ގައުމުތަކުން މީހުން ދާނީ. ސަރުކާރާއި ބެހޭ ކަމެއްވެސް ނޫން މިއީ. އެކަމަކު، ދިވެއްސަކު ބައިވެރިވީތި އުފާކުރަން އަދި ކާމިޔާބަށް އެދެން.
ހުސެއިން ހަސަން
30 October 2024
ހީ އެންޑް ޝީ ދޯ.ތީ ވަރަށް ދެރަކަމެއްތާ ދޯ.
77
30 October 2024
މިކަމަށް ސްޕޯޓުސް މިނިސްޓްރީއިން އެއްވެސް އެހީތެރިކަމެއްނުދޭތަ؟ ދިވެހި ވަތަން ތަމްސީލުކުރާއިރު މުއައްސަސާތައް ހީވަނީ އޮތީ ނިދާފާހެން.
ފެހި ސިގުނަލް
30 October 2024
އެ ނިމުނީނު އެކަން.....ސިންޕަލް ކަމެއްނު ތީ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
30 October 2024
ކޮބާ ހަށިހެޔޮކަމާބެހޭ ވަޒީރު؟ ކޮބާ ޝަހީމު؟ ކޮބާ ގައުމިއްޔަތު މިނިސްޓަރު؟