ކެބިނެޓު ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ރައީސް އޮފީސް
31 އޮކްޓޯބަރ 2024 - 05:26
ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް އެ މީހެއްގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ލިބޭނެ ހަގީގީ ކާމިޔާބީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ދިވެއްސަކު އަމިއްލަ ގޮތުން ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށް އެކަން ހުއްޓާލަން ޔޫތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް އަންގާފައި ވަނިކޮށެވެ. އެއާ އެކު، އެންމެ ގިނަ ބަޔަކު ސުވާލު އުފެއްދީ، ފިރިހެނުންގެ ބޮޑީބިލްޑިން މުބާރާތް، މިސްޓަ މޯލްޑިވްސް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދޭ ސަބަބާ މެދުގަ އެވެ.
އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިރިހެނަކަށް ވިއަސް އަދި އަންހެނަކަށް ވިއަސް މާތްﷲ ރުހުވޮޑިގެން ނުވާ ގޮތަކަށް އެ މީހެއްގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ފައިދާއެއް ނެތް ކަމަށެވެ.
"މާތް ﷲ ރުހިވޮޑިގެން ނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން ތިމާއަށް ނުވަތަ ތިމާގެ ދީނާއި ގައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!
— Dr Mohamed Muizzu (@MMuizzu) October 30, 2024
وَقُلْ جَاءَ الْحَقُّ وَزَهَقَ…
އެ އަށް ފަހު ރައީސް ވަނީ އިސްރާ ސޫރަތުގެ އާޔަތަކާ އެކު މާނަ ލިޔުއްވައިފަ އެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ހައްގު ތެދު ގޮތް އަތުވެއްޖެ އެވެ. އަދި ބާތިލު ގޮތް ނެތި ފިލައިހިނގައްޖެ އެވެ. ހަމަކަށަވަރުން، ބާތިލަކީ ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައިވި އެވެ،" އޭގެ މާނައިގައި ވެ އެވެ.
ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެއްސަކު ބައިވެރިވަނީ ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ބުނިގޮތުގައި، ދިވެހިންގެ ދީނާއި އަގީދާއި ސަގާފަތާ ނުގުޅޭ މުބާރާތްތައް ބޭއްވުމާއި އެކިއެކި ފަރާތްތަކުން ބާއްވާ އެ ކަހަލަ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްތި
01 November 2024
ނުހައްގޭ. އެންމެ ފުރަތަމަ މީހުންގެ ހައްގުތައް ފެލާލައިގެން މުއްސަނދިވެފަ ތިބި މީހުންގެ ކަންތަށްބަލާބަލަ. ޕޮންޒީ އަލްހާނު ފަހުމީ އަދި މަންޑޭ ކަހަލަގެ މީހުންގެ. ކޮންމެ ފަޅޮލެކޭ ކިއަސް ދެން ދޭނެ ވޯޓެއް ނޯންނާނެ މިކަންކަން ނުބަލަނީސް. ހަށިގަޑު ދެއްމީމަދޯ މައްސަލައަކީ. މީހުން ފެލާލައިގެން ނޮޅާލިއަސް އޯކޭދޯ
ސަލީމު އިދުރީސް
31 October 2024
އެނމެ ބޮޑުއީދެއްގަ ކަމަދޫކުއްޖަކު ނަށާލައިގެން ރާއްޖޭގެ މަހުޖަނަކާ ކަޥެނި ކުރުން އެއީ ކާމިއާބީއެއް ކަމުގަ ނުދެކެންޏާ އެއީ ދިވެހިންގެ ވިސްނުމުގެ މައްސަލަ އެއްކަމުގަ ދެކެން! މިސާލަކައް ތިމުބާރާތުގަ ތިކުއްޖަ ބައިވެރި ވެގެން އަރަބި ފުރިންސަކައް ފެނިގެން ކާވެނި ބައްލަވައިގެންފިނަމަ ސިއާމު ކަމަދުވައް އެހީވާގޮތައް މުޅިރާޖެ އެންމެނައް ހިލޭ ބޯހިޔާވަހިކަން ލިބުގެ ނަސީބު ވެސްލައްވަދާނެ އެއީވެސް ބޮޑު ކާމީއާބީއެއް ނޫންތޯ
ނޫމަރާ
31 October 2024
ކޮބާ މިތާއޮރިޔާން ހާލުގައިއުޅޭ ބަދުއަހުލާގީ އަމަލުތައް ޕްރޮމޯޓްކުރާ ފިލްމު އިންޑަސްޓްރީ….
ބޮޑުބެގެ ބެއްޔާ
31 October 2024
ޓިކްޓޮކް މަނާކުރުމަށް ގޮވާލަން. ޒުވާން ޖީލު މިހާރު މި ވަބާގައި ޖެހި، ޖީލެއް ހަލާކުވެއްޖެ.
ވަން
31 October 2024
ދީނީ އޮންނަނީ ހަމަ އެކަނި އަންހެނުންނަށް ތޯ? ފިރިހެނުން ބޮޑީބިލްޑްކުރަން ޖަގިޔަލުގަ އޯކޭ؟ ކުޑަކުދިންނާ އިނުން އޯކޭ؟ ވަކި ބައިގަނޑެއް ދެކޭގޮތަކީ ދީންކަމަށް ރައްޔިތުންގެ ބޮލަށް ވައްދަން ތިއުޅެނީ.
ހުސޭން ފަހުމީ
31 October 2024
ބޮޑީ ބިލްޑިން ރަނގަޅު ކުޅިވަރަކަށް ވަނީ ކޮން ހައިސިއްޔަތަކުންތޯ؟؟
ސަލީމު އިދުރީސް
31 October 2024
އަގަނޑުގެ ނަޒުގަ މިމުޖުތަމައުގަ ކަންވާ ގޮތަކީ ތިމާގެ މަސްލަހަތު އެކަމެއްގަ ވާނަމަ ކިތެމެ ގޯސްކަމެއްވެސް ހަރާން ކަމެއްވެސް އޯކޭވަނީ މިސާލަކައް ބަނގުރަލާ އޫރުމަސަ ވިއްކުމުގެ ހުކުންތަކުގަވެސް އާޔަތާ ހަދީސް އެބަހުރި އެކަމަކު އެހަދީސްތަކާ އާޔަތުން ހުއްޖައް ދައްކައިގެން އެކަން ހުއްޓުވަން ބާރުނާޅަނީ އެމުގަ ދިމާގެ މަސްލަހަތު ވާތީ
ނަތީޖާ
31 October 2024
ލަފާ ކުރެވޭ ގޮތުން ސަރުކާރުގެ މަތިއޮމާންކޮށްލުމުގެ މި ވާހަކަތަކަކީ ސަލަފު ގުރޫއްޕު ރުއްސަން ދައްކާފަ ހުރި ވާހަކަތަކެއް.
ހަސަން ނިހާމް
31 October 2024
ވަރަށް ރަގަޅު ނަސޭހަތެއް ރައީސްގެ
ކަރީމު
31 October 2024
ކޮންމެ ކަމެއްގައިވެސް ތިބޭނެ ފިތުނަވެރިން. ކުރިންގޯސްކޮށް ހިނގާކަންކަން ވެސް ހުއްޓުވަން ޖެހޭ. އަދި އެކަން ނުހުއްޓުމަކީ ނުރަގަޅު އިތުރު މަގު ހުޅުވަން ދަންކަންޖެހޭ ހުއްޖަތެއް ނޫން