ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
21 ނޮވެމްބަރ 2024 - 11:04
ރާއްޖޭގައި އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދުތައް ބަލައި ކަމާ ގުޅޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ނިންމައިފި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ނިންމައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލާގައި ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރަން ހުށަހެޅި އެވެ.
އޭގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި މަޓީ އާއި އެހެނިހެން އެންޖީއޯތަކާ ބައްދަލު ކުރަން ނިންމި އެވެ.
އޭގެ އިތުރުން ރާއްޖެ އަންނަ އިޒްރޭލްގެ ޓޫރިސްޓުންނާއި އެހެނިހެން ބޭނުމުގައި އަންނަ އެ ގައުމުގެ މީހުންނާ ގުޅޭ މައުލޫމާތުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަކީ ވެސް ކޮމިޓީން މިއަދު ނިންމި އެއް ނިންމުމެވެ.
އެ މައުލޫމާތުތައް ހޯދައި ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރުމަށް ނެގި ވޯޓު ފާސްވީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމަކު، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ މިދިޔަ މޭ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައި ކޮމިޓީ އަށް ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން އޮތީ ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.
އެ ކޮމިޓީން އަންދާޒާ ކުރަނީ އެ މައްސަލަ ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
21 November 2024
އިޒްރޭލްޕާސްޕޯޓް މަނާކޮށްގެން ރާއްޖެއަށް ނުވަތަ ފަލަސްޠީނަށް ވާނެ ފައިދާއެއް އެބައޮތްބާއެވެ؟ އިޒްރޭލްޕާސްޕޯޓް އޮންނަ ފަލަސްޠީނު ރަޢިއްޔަތުންވެސް ތިބިކަން އެނގޭބާއެވެ؟
ހޮޓްކިންގ
21 November 2024
ލަދުކޮބާ. ކަލޭމެނަށް އިނގޭތަ އިޒްރޭލު މީހުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ސާޅީސް ފަސްހާސް މީހުން މަރައިފިކަން.
ހަމްދާން
21 November 2024
އިޒުރޭލް ޕާޓީ ޕީއެންސީ.
މިކަމެއް ނުވާނެ
21 November 2024
މިހާރު ވެރިކަމުގަ ހުރި ބޭފުޅާ ހީކުރެއްވީ އެބޭފުޅާ ބޭނުން ގޮތަކަށް މިކަން ނިންމާލެވޭނެކަމަށް. ނަމަވެސް އަހަރެންގެ ނަޒަރުގައި އެމެރިކާ ވަނީ މިކަމުގައި ބަސްބުނެ ރާއްޖެއަށް ބިރުދަައްކާ މިކަން ހުއްޓުވާފައި. ސަރުކާރުން ކުރަން ބޭނުންވިއަސް މި ފަސް އަހަރު ނިމޭނީ މި ބިލް މަޖިލީހުގައި އޮވެ އެއްވެސް ތާކުންތާކު ނުޖެހި. މިހާރު ފަލަސްތީނުގެ ދިދަ ވިހުރުވާލާ މީހަކުވެސް ކުއްވެރިވެދާނެ. އިއްޔެ މިފެނުނީ ކުރަން ބޭނުންވާ ކަންތައް އެއްލަކިން ނިންމާލިތަން.
ދަންމާނު
21 November 2024
އިދާރާތައް ހާޒިރުކޮށް، މުވައްޒަފުން ހާޒިރުކޮށްނިމޭއިރު އޮންނާނީ ދައުރުނިމިފައި. ވއ
ޅިޔަނުބެ
21 November 2024
ރައްޔިތުން ގުނބޯ ހެއްދުން ނޫންކަމެއް މިސަރުކާރުން ނުކުރޭ. ތިކަން ކުރަން ހަމަ ތިހާވަރު އަރުވާލަން ޖެހޭތަ!
ތެފައާސާ.
21 November 2024
މިވަރުގެ ބިލެއް ފާސްކޮށްލަން މިހާބޮޑެތި ދިރާސާކޮށް މަޝްވަރާކޮށް ހޯދައި ބަލައި އެކަށީގެންވާ ވަގުތު ނަގާއިރު، ގާނޫނު އަސާސީ އިސްލާހުކުރުންފަދަ ބޮޑު ކަމަކާ ލައިގަނެފިއްޔާ އަހަރު ދެއަހަރު ނަގާނެތާދޯ؟؟
އަލިބެ.
21 November 2024
ކަމެއް ނުކުރަން ވެއްޖިއްޔާ ކޮންމެ ބަހަނާއެއްވެސް ދެއްކިދާނެ. އެކަމަކު އެހެން ގައުމެއްގައި އުޅޭ މީހެއް އަތުގަވެސް އިޒްރޭލު ޕާސްޕޯޓެއް އޮވެދާނެތީ އޭ ބުނުމަކީ ބޮޑު ޖޯކެއް. އެމީހުން އަތުގައި އެއުޅޭ ޤައުމެއްގެ ޕާސްޕޯޓުވެސް އޮންނާނެ. އަދި އިތުރު ޕާސްޕޯޓުވެސް ހުންނާނެ. އެމީހުންނަށް އެޕާސްޕޯޓު ތަކުގައި އާދެވޭނެ! އިޚްލާސްތެރިކަމެއް ނެތިއްޔާ މިކަހަލަ މޮޔަގޮވޭނީ!
ނަން..
21 November 2024
ހިނި އަންނަނީ. ރިޒްގު ދެއްވަނީ މަތިން. ނުޖެހޭ އިތުރު ވިސްނުމަކަށް ނޫނީ ކަންތައް ބަލާކަށް. ފުރަތަމަ އިޒްރޭލް ގިނަ ރައްޔަތުން ހާއްސަކޮއް ބޭރު ޤައުމުތަކަށް ދަތުރު ކުރެވޭ މީހުންނަކީ 02 ޕާސްޕޯޓް ގެން ގުޅޭމީހުން. އެހެންވީމަ ބަލާނެ ކަމެއް ނެތް އިޒްރޭލް ޕާސްޕޯޓް މަނާ ކުރަންވީ. ދެވަނަ ކަމަކަށް އިޒްރޭލް ކޮންމެ ރައްޔަތަކީ އެޤައުގު އަސްކަރިޔާއަށް ހިދުމަތް ކޮއް ރިޒާވްގައި ހުންނަ މީހުން. އެހެންވީމަ އިޒްރޭލް ޕާސްޕޯޓްގައި އައުން މަނާ ނުކުރެވެން ވީ ސަބަބެއް ނެތް
ރިހުލާ އިސްމާއިލް
21 November 2024
ފަހުގެ ތާރީހެއްގައި ފަލަސްތީނުގެ ހައްގުގައި ނުވަތަ އިސްރާއިލާ ދެކޮޅަށް މިހާ މަސައްކަތް ކުރި ސަރުކާރެއް ނުދެކެން. ކުޑައަކަސް ގައުމުގެ ސައިޒަށް ވުރެ މިކަމުގައި ކުރާ މަސައްކަތް ހަމަ ވަރަށް ރަނގަޅު