ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ
01 ޑިސެމްބަރ 2024 - 21:54
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާ މިއަދު ހަވާލުކުރައްވައިފި އެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވަނީ ސިއްހީ ސަބަބުތަކާ ހެދި އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވެންދެން، އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޑރ. މާރިޔާ އާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވާލުކުރައްވާފައިވާ ކަމަށެވެ.
ރަމީލާ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވާކަން މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 29 ގައި އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވައިފަ އެވެ. އޭނާ އިންޑިއާގައި ފަރުވާ ހޯއްދެވުމަށް ފަހު އަލުން އޮފީހަށް ނުކުންނަވަން ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހު އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރަމީލާ، އާލާސްކަންފުޅާ އުޅުއްވަމުން ވެސް ކޮށްދެއްވި މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"...ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައި ވެސް ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން އަޅުގަނޑު ޔަގީންކުރަމެވެ،" ރައީސާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޅޯބެ
02 December 2024
އެކަކާ ތިން ހަތަރު މިނިސްޓްރީ ހަވާލު ކުރުމުން އެމީހުންް ކުރާކަމަކީ ނޫސްތަކުގެ ހެޑްލައިން އަށް އެރުވުން. ރައީސް ބޭނުންފުޅުވާ ޚިދުމަތެއް މުއައްސަސާ ތަކުން ނުދެވޭ، މުއައްސަސާތަކުން ކުރަނީ ޖެއްސުން، ސަރުކަރު ދެކެ ރައްޔިތުން ފޫހިކުރުވުން - އެކަން ވަރަށް ފުރިހަމައައް އެބަކުރޭ!
އެމްސް
02 December 2024
ދަނޑުވެރިކަމަށް މިނިސްޓްރީއެއް ހުންނަންޖެހެނީ ކިހާވަރެއްގެ މަސައްކަތެއް އޮންނާތީތޯއެވެ؟
ދޮން
01 December 2024
ދަނޑުވެރި މިނިސްޓުރީ މަސްވެރިކަމާ އެއްކޮށްލަދެއްވާ އެއީ މަޢުމޫނު ދައުރުގައިވެސް އޮތްގޮަތް ޚަރަދު ކުޑަވެފައި އެފިސަންޓްވާނެެ ،
ކަހެރުވައް
01 December 2024
ދަނޑުވެރިކަމާބެހޭ ވުޒާރާއެއް ހުރުމުގެ މާބޮޑު ބޭނުމެއް އޮތްހެނެއް ހިއެއްނުވޭ. ދަނޑުވެރިކަން ކުރިއަރަނީ އެއްނޫން. ދަނޑުވެރިން ހައްދާ އެއްޗިހި ވިއްކެނީއެއްނޫން. ދަނޑުވެރިކަން ކުރަން އުޅޭމީހުން ދުވަހެއް ދުވަހަކަށް ވަނީ މަދު. ދެން ކީއްކުރަން ވަކި ވުޒާރާއެއް ހަދާފަ އެކިއެކި ފެންވަރު މީހުން ލައިގެން ހިންގާތަނެއް؟
ދަނޑުވެރިޔާ
02 December 2024
ތަނެއް އޮވެގެން ކުރިއަރުވަން އުޅެވޭނީވެސް، ދަނޑުވެރިކަމާ ގުޅޭ ކަންކަން ނޭގޭތީ ބުނާ އެއްޗެއް ތީ
ދޮން ހުސޭނު
01 December 2024
ތިޔަ ކަންވެސް ހަލާކުވެ ތި