މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: އަންނަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭނެ ކަމަށް ވިދާޅުވި
14 ޑިސެމްބަރ 2024 - 23:12
ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސަކީ މުސާރައެއް ކަނޑައަޅަން ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފު ގޮތަކަށް ނިކަމެތިކޮށްފައިވާ ކޮމިޓީތަކެއް ކަމަށެވެ. ނަމަވެސް އެ ކޮމިޓީތައް ބާރުވެރިކޮށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ އެ މަނިކުފާނުގެ ވައުދެއްކަން ފާހަގަކުރެއްވި އެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮމިޓީތަކެއް. އެހެންވީމަ ކޮމިޓީ މެންބަރުންގެ ވަރަށް ގިނަ ކަންތައްތަކެއް ހައްލުކޮށްދޭނަމޭ އަޅުގަނޑު ބުނިން ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން،" ރައީސްގެ ރިޔާސީ ވައުދުތައް އާ ކުރައްވަމުން ވިދާޅުވި އެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް މިހާރު ކަނޑައަޅާފައި އޮންނަނީ އެލަވަންސެކެވެ. އެއީ ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި އޮންނައިރު، ވިހެއުމުގެ ޗުއްޓީ އާއި ރޯދަ މަހުގެ އެލަވަންސާއި ބޭންކްތަކުން ލޯނު ނެގުން ފަދަ ފުރުސަތުތައް އެ މެންބަރުންނަކަށް ނުލިބެ އެވެ.
މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: އަންނަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭނެ ކަމަށް ވިދާޅުވި
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ އެލަވަންސްގެ ބަދަލުގައި މުސާރައެއް ކަނޑައަޅަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ސަރުކާރުން ހުށަހަޅާނެ އެވެ. އަދި ރޯދަ އެލަވަންސާއި ވިހެއުމުގެ ޗުއްޓީ ދޭން ވަޒީފާއާ ބެހޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެ ލިބޭ މުސާރަ ބޭންކްތަކުން ބަލައިގަނެ އޭގެ ސަބަބުން ތިޔަބޭފުޅުންނަށް ލޯނުތަކަށް ދެވޭނެ ގޮތްވުން. އެކި ތަންތަނުން ދޭ ފެސިލިޓީތަކަށް ދެވޭނެ ގޮތްވުން. މިކަންކަން މިހާރަކު ނުވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނަށް ގެންނަ އިސްލާހުތަކާ އެކު، އަންނަ ރޯދަ މަހުން ފެށިގެން ރޯދަ އެލަވެންސް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލިބޭ އެއްޗެއް އަތުނުލައި ރައްޔިތުންނަށް އިތުރު މުއްސަނދިކަން ލިބޭނެ ގޮތްތައް ފަހިކުރުން ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ ބަނގުރޫޓު ވިޔަ ނުދީ ސަލާމަތް ކޮށްގެން މިކަން ކުރަން. އަދި މި ހުރިހާ ކަމެއް މި ކުރަނީ ފައިސާ ޗާޕްނުކޮށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޖިދާ
15 December 2024
ފިރިހެނުންގެ ކޮމިޓީއެއް ހަދާ މުސާރަ ހަމަނުޖައްސާނަަމަ ކޮބާ ހަމަހަމަ ކަން؟ ވެރިކަން ހިންގާން އޮންނަނީ އެންމެނަށް އެއް ހަމައަކުން ނޫންތަ؟
އާކިޔާކޮމެޓީ 2
15 December 2024
ސިވިލްސާވިސް މީހުން ކޮމެޓީތަކުގަ ތިބޭތީ ކޮމެޓީގެ ޖަލްސާއަކަށް އަދި ރަށުގައ ކުރާ ކަމަކަށްވެސް އޮންނާނީ ބިޒީވެގްން ނާދެވިފަ . އެއްމެ ފުރަތަމަ ކުރަންވީ ކަމަކީ އ ކޮމެޓީއަށް ސިވިލްސާވިސްގަ އުޅޭ މީހުން ކުރިމަތި ނުލެވޭގޮތަށް ހަދަންވީ . އަދި އެއްވެސް ވަޒީފާއެއްގަ ނޫޅޭ އަންހެން ބޭފުޅުންނަށް ފުރުސްތު ފަހި ކޮށްލަންވީ ، އޭރުން ނޫންތޯ އިތުރު ބަޔަކަށް ވަޒީފާދެ ފުރުސަތު ލިބޭނީ ؟
އާކިޔާކޮމެޓީ
15 December 2024
ތިޔަ ކޮމެޓީގައި މިހާރުވެސް ގިނައީ ސިވިލްގައި މަސައްކަތްކޮށް ރަނގަޅު މުސާރައެއްލިބޭ މީހުން ، އަދި އެތަންތަނުން ތިޔަ ހުރިހާ އިނާޔަތެއް އަދި ޗުއްޓީތައް ބަރާބަރަށްލިބޭ. އޭގެ އިތުރުން އ ކޮމެޓީއިން ލިބޭ އިނާޔަތާ އަދި ޖަލްސާތަކުގެ ހާޒިރީ ފައިސާއާއެކު ކައުންސިލް ރައީސަކަށްވުރެ ގިނަ ލާރި އެމީހުންށް މަހަކު އެބަލިބޭ. މިކަން އަޅެ ބަލާލަބަލަ.
އަފްރާސިޔާބު
15 December 2024
އެއްކޮޅުން ލާރި ނެތިގެން މުއިއްޒު ވެއްދި ސިޔާސީ މީހުންގަނޑު ކަނޑަނީ ކަމަށް ބުނަނީ. އަނެއްކޮޅުން ރައްޔިތުންގެ ދެބޯގެރި ދުއްވަން އަންހެނުންގެ ކޮމިޓީ ތަކަށް މުސާރަ ކަނޑައަޅައި މުސާރަ ބޮޑުކޮށް ޚަރަދުތައް ބޮޑުކުރަނީ. ތިކިޔާ އެއްޗަކާ ޢަމަލަކާ ދިމައެއް ނުވޭ. ތީތަ ތިބުނާ ވޯލްޑް ބޭންކުން ބުނިކަންތަކަކީ ޚަރަދު ކުޑަކުރަން. ނިކަމެތިންނަށް އާސަންދަ ލިބިލިބި އޮއްވައި އެވެސް ކަނޑާލީ. ފުޑް ސަބްސިޑީވެސް ކަނޑާލީ. ވާވާ ޚަރަދު ކުޑަކުރުމެއް މިފެންނަނީ.
ވިލާ ވިއްސާ
15 December 2024
ހުސްގޮނޑިއެއް ޖަލްސާތަކުގަ ބައިނދަބަލަ އަދީ މީހުން ލޮލުގަ އަނދުން އަޅުވަން.
އަނިޔާ
15 December 2024
ބަޖެޓެއްނުކުރޭ 2025 އަކަށް. އެހެންވީމާ ކުރިން ބުނިއެތި ކެންސަލް.
އަފްރާސިޔާބު
15 December 2024
ތިހެން ބުނެފާނެތީ ގަނޑުކޮށް 65 ބިލިއަން ޖަހާލީ.
އައިމިނާ
15 December 2024
ކުރިން އަންހެނުންގެ ކޮމެޓީއިން މައިގަނޑު ގޮތެއްގަ ކުރާ ކަމަކީ ރަށުތެރެ ކުނިކަހާ ސާފު ކުރުމުގެ މަސައްކަތް.މިހާރު އެ މަސައްކަތް ވެސް ކުރަނީ ވެމްކޯއިން. ދެން ކުރާ އިތުރު ކަންކަމެއް ނުފެނޭ . ފޮޓޯނެގުން ފިޔަވާ. މުސާރަ ބޮޑުކުރަންޖެހޭ ސަބަބެއް ނޭނގުނު.
އައްބާސް ލަތީފު
15 December 2024
މި ސަރުކާރުން އަންހެނުން ބާރުވެރި ކުރުމަށް ވަރަށް ބޮޑުތި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ. ޝުކުރިއްޔާ ރައީސް
މިނާފް
15 December 2024
ކޮމިޓީއެލަވްންސްއެއް ދިނުން އޯކޭ. އެކަމަކު ރަސްމީކޮށް މުސާރަދީ އިންތިހާބު ތަކުގަ ސިޔާސީގޮތުން މަސައްކަތް ކޮށްދޭނެ މީހުން ތިގޮތަށް ނެގުމަކީ ދިވެހި ދައުލަތުގެ މާލިއްޔާ ނަހަމަ ގޮތުގަ ބޭނުންކުރުން.
ސާހިދާ
15 December 2024
މާ ބޮޑެތި މުސާރަ ނަގައިގެން ކަމެއް ނުކޮށްތިބެ ހުރިހާ އިނާޔަތެއް ލިބި ސިޔާސީ ކަންކަމުގައި އިސްކޮށް ހަޑިހާވާ ހަދާ މީހުން މިގައުމުގައި ގިނަ.އެމީހުން ތިބޭފުޅާއަށް ނުފެންނަނީތޯ؟ގިނަ އ.ތ.މ ކޮމެޓީތަކަކީ ރަށު ކައުންސިލާއި އެއްވަރަށް ނޫނީ އެޔަށްވުރެވެސް އެކްޓިވް ކޮމެޓީތަކެއް. މިހާރު މި ކޮމެޓީ ވެފައި މިއޮންނަނީ ބަފާ ކަށަވަރު ނުވާ ދަރިޔަކަށް.
އަބްޑޫޅް +
15 December 2024
ކޮބާ ފިރިހެނުންގެ ކޮމެޓީ؟ ދެކުނު އެފެރިކާގަ ނަސްލީ އިމްތިޔާޒު އުވާލިގޮތަށް، ކަލޭމެން ކޮންއިރަކުންތަ، ޖިންސީ އިމްތިޔާޒު އުވާލަނީ؟