15 ޑިސެމްބަރ 2024 - 23:02
ޅ. ނައިފަރުގެ މައްޗަށް 7-2 ން ކުރި ހޯދައި ފެންވަރުގެ މޮޅަކާ އެކު އައްޑޫން ކުއާޓާ ފައިނަލްށް ދަތުރުކޮށްފި އެވެ.
މި ނަތީޖާއާ އެކު އައްަޑޫން ވަނީ ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
މެޗުގައި އިބްރާހިމް ވަހީދު ހަސަން ވަނީ ހެޓްރިކް ހަދައިފަ އެވެ. މުބާރާތުގެ އައްޑޫން ކުރިން ކުޅުނު ހަތަރު މެޗުގައި ނުފެނު ރޫހެއް އައްޑޫން ފެނުނެވެ. އެ ޓީމުގެ ކުޅުން ވެސް ފެނުނީ ވަރުގަދަކޮށެވެ. ނައިފަރުން ލީޑް ނަގާފައިވަނިކޮށް އައްޑޫން ފަހަތުން އަރައި ނަތީޖާ ބަދަލު ކުރި އެވެ. މެޗުގެ 20 ވަނަ މިނެޓްގައި ނައިފަރަށް ލީޑް ނަގައިދިނީ މުހައްމަދު އިޒާން އަލީ އެވެ. އައްޑޫން ނަތީޖާ ހަމަހަމަކޮށްދިނީ ހާޒިމް ފައުޒީ އެވެ.
އެ ޓީމަށް ލީޑް ނަގައި ދިނީ އިބްރާހިމް ވަހީދު ހަސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސައިން ފައިސަލް (ފައިޓޯ) ނައިފަރަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ދެވަނަ ހާފުގައި އިއްބެ ވަނީ ފުލުފުލުގައި ތިން ލަނޑު ޖަހައި ނަތީޖާ 5-2 ށް ބަދަލު ކޮށްފަ އެވެ. އައްޑޫގެ އަނެއް ދެ ލަނޑު ޖެހީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އާއި އިސްމާއީލް އީސާ އެވެ.
އައްޑޫން ގުރޫޕްގެ އެއްވަނަ މަގާމު ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ކުއާޓާ ފައިނަލުގައި އައްޑޫން ނުކުންނާނީ މާފުއްޓާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ޑޮން މުހޭ
16 December 2024
މިއީ ކޮން ޓީމެއް. އިޓަލީތަ ނޫނީ އާޖެންޓީނާތަ؟
ރާވެރިބެ
16 December 2024
ވަރަށް ކުރިން އައްޑޫގަ މޮޅު ފުޓްބޯޅަ ކުޅުންތެރިންނާ މޮޅު އަންހެން ވޮލީ ކުޅުންތެރިން އުޅުނޯ ކިޔާތީ އިވޭ. އެކަމަކު މިހާރު އައްޑޫ އަކީ ކުޅިވަރުގަ އެހާ ވިދާ ބައެއް ނޫން. އައްޑޫގަ އުފަންވި މޮޅު ޑޮކްޓަރުންނާ ލޯޔަރުންނާ ވިޔަފާރި ވެރިން ވެސް މާލެއަށާ މެލޭޝިއާ އާ އޮސްޓްރޭލިއާ އަށް ހިޖްރަ ކޮށްފި. ތި މެޗުން މޮޅުވީމަ ވަރަށް ފޮނި ބޮޑުވާނެ. ނަތީޖާ އަކީ ކުއާޓަރުގަ ބަލިވުމާ ގާތްވުން. އައްޑުއަށް ކުރިޔަށް ދެވޭނީ އަމިއްލައަށް ހުރިހާ ކަމެއް ކުރަން ފަށައިގެން.
އަލިކޮ
16 December 2024
ނަފްރަތުވިޔަސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަކުން.
ކަތީބު ތުއްތު.
16 December 2024
ރާވެރިބެ ތިދެއްކީ ވަރަށް ރަނގަޅު ވާހަކައެއް. އައްޑޫގައި ރަނގަލު ލީގެއް ނުވަތަ ފުޓުބޯޅަ މުބާރާތެއް ބައްވައިގެން ނޫނީ ތިޔަ ބުނާހެން ައްޑޫ ފުޓުބޯޅައިން ކުރި އަރައިގެން ނުދާނެ.
ފޮނިބޮޑޭ
16 December 2024
މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެންމެ ފުރަތަަމަ ބޭއްވި މިނިވަން ކަޕް ގެ ޗެމްޕިއަންކަން ހޯދީ ކޮން ޓީމެއްކަން އެނގޭތަ؟ އައްޑޫ ބަޔަކު ފުޓްބޯޅަ މެޗަކުން ވެސް މޮޅު ވެގެން ނުވޭ ދޯ. ހަޖަމު ކޮށްބަލަ
101ޗ
16 December 2024
ޢައްޑޫ އަކީ އަތޮޅެއް. ނައިފަރަކީ ރަށެއް. ޥަރައްސަލާމް
ރަދީފްއޮފިޝަލް
16 December 2024
އައްޑު އެއީ ސ.ގަމުގެ ބޭރުން 3 ކިލޯމީޓަރ ބޭރުގަ އިހު އޮތް ރަށަކަށް ކިޔުނު ނަމެއް. ސ.ގަމުގަ އެއާޕޯޓް ހެދުމަށް އިނގިރޭސީން މިބުނި ރަށުން ގަލާއި ވެލި ނެގުމުގެ ސަބަބުން ފަހުން ރަށް ވަނީ މުޅިން ގިރައިގެން ގޮސްފަ. ވ.ވެދުން.
ޙަމީދު.
16 December 2024
އައްޑޫ އަކީ ސިތީއެއް.
އަލަޑަބިޔާ
16 December 2024
މިރާޖޭގެ ކުޅިވަރު ދިރުވަން ހަދާފައި ތިބޭ އިދާރާތަކުގެ ވިސްނުން ވަކިއެޖެންޑާ އަކަށް ފިޓުކޮށް ހަރުކަށިވެ ގޮތްދޫނުކޮށް އެންމެފަހުންގޮސް ކަމަށް އެކަށީގެންނުވާ ބަޔަކު މަތިވެ އިދާރާތަށް ކޮރޮޕްޓުވެ ހިޔާނާތުގެ ހާލިތަކަށް ބަދަލު ވުމުގެ ނަތީޖާ ފުޓުބޯޅައިގެ ރޫހުގެއްލި ގަލޮޅު ދަނޑު ސަހަރާގެ ބަޔަކަށް ބަދަލުވެގެން ދިއުން. އެބުނާ ޑިއެންސީ ނެތިދިޔައީ ވިކްޓްރީ ނިރޭޑިއަންޓް ލެގޫންސް ވެލެންސިއާ އޭދަފުށީ ހުސްތޮށިގަޑަކަށް ވެ ދަބަރު ހިލިފަ.
ނުވާނަމަ ޢިޝްގު ދުނިޔޭ
16 December 2024
ރަށު ކޮޅަށް ގިނަ ލަނޑު ވަނީ ކީޕަރުގެ ފަރުވާ ކުޑަކަމުން! ދޭތި ތިނެތި ނަމަ އޯކޭ! އެކަމު 7 މިއީ ފުކެއް ބޮޑުވަރު ދޯ،
ޢަބްދުﷲ3543647
16 December 2024
މޮޅުނުވިޔަސް ކުއާޓާއަށް ދަންޔާމު ކުޅުންތެރިންނަށް ރެސްޓުދީ ނުކުޅޭ ކުޅުންތެރިން އެރުވުން އެއީ އޮންނަކަމެއް
ހޮނިހިރު ބައްޕެން
16 December 2024
ކޮބާތަ އެއްކަލަ ބުރެޒިލް ކުދިން ކޮޅު؟
އޮނަރަބްލް އަފީފު ދީދީ
15 December 2024
އިޤިރޭސިންގެ އެހީތެރިކަމާއިއެކު ތަމްރީނުވެގެން ކ.މާލޭގައިއޮތް މުބާރާތެއްގައި މީގެ 54 އަހަރުކުރިން ކުޅުނު އައްޑޫ DNC ފުޓްބޯޅަކުލަބާއި އެ ކުލަބުގެ މަޝްހޫރު ފޮވާޑް އުދުހޭ މުފީދުގެ މޮޅުކުޅުންފެނިފައި "ދަނޑުމަތީގައި ވާދަކޮށްގެން ކުރިއެރުން ނުލިބޭނެކަން އިގޭތީ" އޭރުންފެށިގެން ސަރުކާރުން ވަނީ ޤައުމީ މުބާރާތްތަކުގައި "އެރަށުޓީމްތައް ނޫން އެހެންރަށްރަށުގެ ޓީމްތަކަށް ވާދަކުރުމުގެ ފުރުސަތުގެއްލޭގޮތަށް" ޤަވާއިދުތައް ހަދާފައި. އަދިވެސް އެކަންއޮތީ އެހެން.
ފަރުހަ
16 December 2024
އައްޑޫ މޮޅުވާން އަހަރެން އެދެނީ. އެކަމަކު އައްޑޫ މީހުންނަކީ، ވަރަށް ބޮޑާ ކިބުރުވެރި ބައެއް.
ބަކުރާ
16 December 2024
ތިއީ ވިސްނުމުގެ ކޮށިކަން. އަައްޑޫގައިވެސް ތިބީ ދިވެހިން. ރާއްޖޭގެ ހުރިހާތަނެކޭ އެއްގޮތަށް އެތާނގައިވެސް ހުރިހާވަތްތަރެއްގެ ދިވެހިން އުޅޭނެ. އެގޮތުން ކުޑަރަށަކާއި އަޅައިކިޔައިފިނަމަ ހުރިހާވަތްތަރެއްގެ މީހުންވެސް އެތަނުގައި ގިނަވާނެ. ދެން ދިވެހިންގެ ތެރޭގައި ތިބީ ކޮންބައެއްތޯ ވިސްނާލާ.
ސީދި.
16 December 2024
އައްޑޫ މީހުންނަކީ ފޮނި އަދި ބޮޑާ ބައެއްކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. ސުކޫލް ދައުރުންފެށިގެން އަހަރެންނަކީ އައްޑޫ މީހުނާއި ގާޓް ގުޅުމެއްއޮންނަ އަދި އެތައް ފަހަރެއްގެ މަތިން އައްޑޫއަށް ގޮސްފައި ހުރި މީހެއް. އަހަރެންނާއި އަހަރެންގެ އަންހެނުންނަކީ ވެސް މާލޭ މީހުން. އެކަމަކު އހަރެންނަށް އައްޑޫ މީހުން ވަރަށް ކަމުދޭ.
ބުރެޒިލް ގޮލާ
15 December 2024
ބަކާގެ މަތިން ހަދާން ވަނީ އައްޱޫ މޮޅުވީމައި
ރަދީފްއޮފިޝަލް
15 December 2024
ކޮބާ ތަމެންނަށް މަމެންގެ ނެދަލެންޑްސްގެ ފެންވަރު ފެނޭތަ؟؟ ފެނޭ ދޯ.
ގަދަ
16 December 2024
އައްޑޫ ގަދަ