އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އޭރުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވިއިރު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ޑިސެމްބަރ 2024 - 20:29
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވިތާ ހަތަރު މަސް ފަހުން، އެ މަގާމުން މުހައްމަދު ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ކުރިން ކުރެއްވި ސައީދު ދައުލަތުގެ މީޑިއާގެ އިސް ވެރިޔާގެ މަގާމަށް ހަމަޖެއްސެވީ މިދިޔަ އޮގަސްޓް 24 ގަ އެވެ.
އެނގިފައިވާ ގޮތުގައި މަގާމަށް އައްޔަންކުރެއްވިތާ ހަތަރު މަސް ފުރެން ހަފުތާއަކަށް ވެފައި ވަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސައީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، އިސްތިއުފާގެ ސަބަބު ސާފެއް ނުވި އެވެ.
އެކަމަކު ސައީދުގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި ސައީދު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބަކާ ހެދި އެވެ.
ސައީދު ކުއްލި ގޮތަކަށް މަގާމު ދޫކޮށްލެވި އިރު ޕީއެސްއެމްގެ ދެ މައްސަލައެއް މި ފަހުން ބޮޑުވި އެވެ.
އެއް މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ލައިވްކޮށް ދެއްކި އިރު ގުރުއާނުގެ އާޔަތަކުން ތަންކޮޅެއް އުނިވާ ގޮތަށް ދެއްކުމެވ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ ގެނެސްދިން އިނގިރޭސި ހަބަރުގައި މީހެއްގެ ބަރަހަނާ މަންޒަރެއް ދެއްކުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މި ދެ މައްސަލަ އަކީ ވެސް ކަމާބެހޭ މުވައްޒަފުންގެ ތެރެއިން ބައެއްގެ އިހުމާލުން ހިނގާފައިވާ ކަންތައް ކަމަށް ބުނެ ބައެއް މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އާ ސަރުކާރާއެކު ޕީއެސްއެމްގެ އެމްޑީއަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒީނާ ޒާހިރެވެ. ސައީދު ހަމަޖެއްސެވީ ޒީނާ އިސްތިފާ ދެއްވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިތުބާރު
18 December 2024
މިބޭފުޅާ ކުޅުއްވި ވަރަށް ސަޅި ޓެލެޑުރާމާއެއް ހަނދާނަށް އަންނަނީ. އަޕް ޑައުން އަޕް ޑައުން. ކުރިއެރުން އެދެން.
ތެފައާސާ.
18 December 2024
ދެން ކޮންމެވެސް ސިޔާސީ އެކްޓިވިސްޓަކާއި ހަވާލުކޮށްލީމާ ދައުލަތުގެ މީޑިއާ ހުންނާނީ ސަހަލުކޮށް ހިންގިފައި!!!!
ތާންގީގޮސް ވެއްޓުނުތަނުން އަލީސުލައިމާންޓީވީއެމް
18 December 2024
ޓީވީއެމް އެންމެ ރަނގަޅަށް ހިންގީ މައުމޫނު ވެރިކަމުގެ ފަހު ދެއަހަރު، އިންފޮމޭޝަން މިނިސްޓަރު ކުއްޓި ނަޝީދުގެ ބެއްލެވުމުގެ ދަށުން
ލިޔޯ
18 December 2024
މިހެންވާންޖެހެނެ. ވަޒީފާއިން ވަކިކުރުމުގެ ކުރިން އަމިއްލަޔަށް ހެދުނުގޯހުގެ ޒިންމާ އުފުލިކަން.
އަސްލު......
17 December 2024
މިދިޔަ ހަތަރު މަހަކީ ހަޔާތުގައުވެސް ސަރުކާރަށް ސަނާކިއުމާއި ސަރުކާރުގެ ކަންކަންގެނަސް ދެއްވުމުގައި ރަގަޅު ނަތީޖާއެއްހޯއްދަވައި ދެއްވި ހަތަރުމަސްކަން ޔަގީން ކަމާއިއެކު ބުނަންކެރޭ، ސިޔާސީ ވަޒީފާ އަކީ ޒަހަރެއް......
ކުފޫ
17 December 2024
ކުފޫ ހަމަވާ ޤާބިލު މީހެއްނަމަ ހިނގައިދިޔަ ކަންކަން ނުހިނގާނެ. އަދި ޓީވީ އަކީ މިހާތަނަށްވެސް ޕަބްލިކް މީޑިއާއެއްގެ ގޮތުގައި ހިނގި ތަނެއް ނޫން. އެތަން ބޮޑަށް ވައްތަރުވަނީ އެންޓަޓައިންމަންޓް ތަނަކާ. މެންދުރުފަސް، ހެނދުނު، އިރުއަރާ މިހެންގޮސް ނަން ހުސްވާއިރުވެސް ފެންނާނީ ފިލްމު ކުޅޭ މީހުންނާއި ލަވަ. މަސައްކަތްތެރިކަން، އުފެއްދުންތެރިކަން، ޓޫރިޒަމް، އާންމު އިގްތިސާދު ފަދަ ކަމެއްގެ ޕްރޮގްރާމެއް ނުފެންނާނެ. އެކަމަކު ތަނަށް ނުކަތާވަރަށް މީހުން ތިބޭ.
ޟަކީނާ
17 December 2024
ވަރަށް ބޮޑު ތެދެއް. އެފަދަ ކަމަށް ފައިސާ ނުވެދޭނެ.
އުވާލާ
18 December 2024
އާއްމުމައުލޫމާތު އެއްވެސްވަރަކަށް ނުލިބޭ ކުޅިވަރަށްގޮސް ހުސްވެފައޮތްތަނެއް.
ސަސި
17 December 2024
ދިވެހި ރާއްޖޭގެ ރައީސްކަމަށްވުރެ ޕީއެސްއެމްގެ އެމްޑީގެ މަގާމު އަދާކުރުން މާ ބޮޑަށްވެސް އުނދަގޫކަމަށް މި ފެންނަނީ
ވަޙީދުބެ
17 December 2024
މުއައްޒަފުން ގަސްދުގައި ކުރާ ކަންކަން ކަމަށް ބެލެވެނީ. ސައީދު ހެދީ ރަނގަޅަށް.
ރާވެރިބެ
17 December 2024
ތިހެން އެކި މީހުން އިސްތިއުފާ ދެމުން ގޮސް އަސްލު ގިނަ މީހުން އިސްތިއުފާން ދޭން ބޭނުންވާ މީހާ އިސްތިއުފާ ދީފިއްޔާ ރަގަޅު.
ދެވަނަ
17 December 2024
ސަރުކާރުގެ ނުފޫޒުގެ ސަބަބުން ނޫން ބާ؟