ވިޔަފާރި

އެމްއޭސީއެލް އާއި އާރްއޭސީއެލް މިމަހު އެއްކޮށްލަނީ

އެމްއޭސީޢެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު. އެކުންފުންޏާއި ރީޖަނަލް އެއާޕޯޓްސްގެ އެއްކުލުމުގެ މަސައްކަތް މިމަހު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) އެއްކޮށްލުމުގެ މަސައްކަތް މި މަސް ތެރޭ ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝަރީފު ވިދާޅުވީ، މިވަގުތު ކުރިއަށް ގެންދަނީ އާރްއޭސީއެލްގެ ވެލިއުއޭޝަން މަސައްކަތްތައް ކަމަށާއި، އެކަންކަން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރީޖަނަލް އެއާޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ގެނައުމުން، މިވަގުތު އެ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ހުޅުލޭގެ އެމްއޭސީއެލްގެ އޮފީސް އިމާރާތައް ބަދަލުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލާއިރު އެ ދެ ކުންފުނި ހިންގާނެ މޮޑެލް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ. އެހެންވެ، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރަށް ވާނެ ގޮތެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

"މީގެ މޮޑެލް ފައިނަލައިޒްކުރާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން. އެސްއޯއީ ރިފޯމު ބޭފުޅުންގެ އެހީގައި އެކަން ކުރާނީ. ޓޯޓަލް މާޖާއެއްތޯ ނޫނީ ވަކި ދުވަހަކަށް ސަބްސިޑަރީއެއްތޯ ކަނޑައަޅާނީ،" އޭނާ ވިދާޅުވި އެވެ.

ކޮންމެ މޮޑެލްއަކަށް ހިންގި ނަމަވެސް، ކުންފުނީގެ ހަރަދުތައް ކުޑަކޮށް އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލި ނަމަވެސް، އެ ކުންފުނީގައި މިވަގުތު މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއް ވަކި ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، ރީޖަނަލް އެއާޕޯޓުތައް ހިންގުމުގައި ވީހާވެސް ބޮޑަށް އެމްއޭސީއެލްގެ ރިސޯސްތައް ބޭނުންކޮށް، މިހާރަށް ވުރެ ބޮޑަށް ހިދުމަތްތައް ރަނގަޅު ކުރަން އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުވައްޒަފުން ކަނޑައެއް ނުލާނަން. އިތުރު މުވައްޒަފުން ނެގުމުގެ ވިސްނުމެއް ނެތް. ވީހާވެސް ބޮޑަކަށް ސާވިސަސް ދޭ އިރު އެމްއޭސީއެލްގެ ސިނާޖީ ބޭނުންކުރަން އިސްކަން ދޭނަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. އާރްއޭސީއެލް އަށް 2023 ވަނަ އަހަރު ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ 24 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ.

މިދިޔަ އަހަރުގެ އެ ކުންފުންޏަށް ބަޖެޓުން ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 90 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

13 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 13%
icon inlove icon inlove 47%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިދްރީސް

08 January 2025

ރަނގަޅުވާނެ ، ބޮޑު އަދަދުތަކުން ގެއްލުންވާ ސަރުކާރު ހިއްސާ ވާ ކުންފުނިތަކުގެ މައްސަލަ ހައްލުކުރުމަކީ ދައުލަތަށް ވަރަށް ފައިދާވާނޭ ކަމެެއް

The name is already taken The name is available. Register?

އެމްޑީ މުބީނު

08 January 2025

ބަލަ މަ ކަންބޮޑުވަނީ ދެކުންފުނި އެއްކޮށްލީމާ ޝަރީފްގެ މަޤާމަށް ވާނެގޮތަކާމެދު. ޝަރީފު ނުޖެހޭ މަށާދޭތެރޭ ވިސްނާކަށް.

The name is already taken The name is available. Register?

ލޮލަރުޑޮލަރު

08 January 2025

ޑޮލަރުން މުސާރަ ލިބޭނެތާދޯ އިތުރު ބަޔަމަށް!

The name is already taken The name is available. Register?

އަޒްރާ

08 January 2025

ކާޑެއްދޫގަ ހުންނަ ސަންދޯކު ބަދަލުވާނީ ކޮން ދުވަހަކުން ތޯ ގާސިމްބެ ކައިރިން މަވެސް އަހާލަން ބޭނުން

The name is already taken The name is available. Register?

ކުރަފި

08 January 2025

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ހުރަހަކަށް، ތިޔަ ގެންނަވާ ބަދަލު ނުހެއްދެވުމަށް ހަރުއަޑުން ގޮވާލަން.

The name is already taken The name is available. Register?

ބަޑިތަކުރު

08 January 2025

ޚަރަދުކުޑަކުރަންވީ ހަމައެކަނި އާރްސީއެލްއަކުން އެކަންޏެއްނޫނެވެ. ތިޔަ ކުންފުނިން ވަކިމީހަކަށް ހެޔޮވަރަށް ފަހާކޯޓެއް ފަދައިން ހުރިހާ ކަމެއް ކުރިޔަށްގެންދިޔަ ފެރީ ކުއްޔަށް ހިފުން އަދިވެސް ނިމުމަކަށް ގެންނާކަށް ނުވޭބާވައެވެ. ތިޔަތާނގެ ފަޅުތެރެއާއި މާލޭގެ ނަސަންދުރަ ކައިރި ފަޅުތެރެ ފެންނަ ކޮންމެ ފަހަރަކު އަހުރެންގެ ހިތަށް މިސުވާލު އާދެއެވެ. ބްރިޖްއެޅިތާ މިހާދުވަސްވީއިރުވެސް އެފެރީތައް ބޭނުންކުރުން ހުއްޓާނުލެވިގެން އުޅެނީ ކާކަށް ކިހާވަރެއްގެ ފައިދާއެއ

The name is already taken The name is available. Register?

ނޭނގޭނެ

08 January 2025

ރ.އ.ސ.ލ ގެ އެމްޑީ މުބީން ދުރުކުރާތި ކޮންމެހެން ހަދާފަ ވެސް

The name is already taken The name is available. Register?

ގުބޯ ރާއްޖެ

08 January 2025

ރީޖަނަލް އެއަރޕޯޓްސް ތައް އަދި ވެސް ގިނަ ކުރަންވީ . އެއަރޕޯޓު ތަރައްގީގެ މަންޒަރު ސޫރަ ދައްކައިގެން ކުޅޫދުއްފުށި ކަހަލަ ރަށްވެހި ބޮޑެތި ރަށްތައް ހައްލާލި ގޮތަށް ފަޅިފަޅި ކޮށްގެން އެމްއޭސީއެލް ކުންފުނި ދަށަށް ބިންތައް ނަގަންވީ ދެވަނަ ބޮޑު ތިލަދުންމަތި ނާދެވޭ ގޮތަށް .

The name is already taken The name is available. Register?

އޭވިއޭޝަން

08 January 2025

ރީޖަނަލް އެއަރޕޯޓް ކުންފުނި އެކަންޏެއްނޫން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްވެސް އެބަޖެނޭ އެމް.އޭ.ސީ،އެލް އާއި އެއްކޮށްލަން. ހިންގުމުގެ ދޯދިޔާކަމުން އުހެން ހެޔޮނުވާ ހާލުގައި ގިނަ ކަންކަން ހުރީ.

The name is already taken The name is available. Register?

އަރީޝާނާ

08 January 2025

އެއްކަލަ ފޮނިކަނޑާފަ އުޅުނު މުބީންގެ ޒަމާން ދިޔައީ.. ބޭކާރު މީހުން ތަކެއް. ފޮނި ކެނޑުން ނޫން ކަމެއް ނުކުރޭ.. މިކަހަލަ ބޭކާރު މީހުންނާއިހެދި މި ސަރުކާރު ފެއިލް ވަމުން މިދަނީ. ތިކަހަލަ ބޭކާރު މީހެއް ބޯފަން އަބްޅޯ އަކީވެސް. މޯލްޑިވް ގޭސް ވެސް އެފްއެސްއާއި އެއްކޮށްލާ ހަރަދު ކުޑަކުރަންވީ. ބޭކާރު ނަން ނަމުގަ ކުންފުނި ހަދާ ދައުލަތަށް ބުރަ ޖައްސާގެން މި ދެން ކޮން ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454