މަޖިލީހުގެ ޖަލްސާއެއް ހިނގަނީ: ދައުރުން ބޭރުން ދެ ޖަލްސާއެއް މިމަހު ބާއްވަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
09 ޖެނުއަރީ 2025 - 13:37
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާއެއް މި މަހު ބާއްވަން ނިންމައިފި އެވެ.
ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު "މިހާރު" އަށް ވިދާޅުވި ގޮތުގައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަނީ ބައެއް މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަށް ގާނޫނުގައި ބުނާ 60 ދުވަހުގެ މުއްދަތު ހަމަވާނެތީ އެވެ.
އެހެންވެ، މި މަހު 16 ވަނަ ދުވަހާއި 20 ވަނަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
އެ ޖަލްސާތަކުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރުން އައްޔަން ކުރާނެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ އީސީ އާއި ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
09 January 2025
އޯކޭ ދުނިޔޭން ބޭރުގަބޭއްވިޔަސް ތިޔަ ބޭކާރު...