މަސްދަޅުތަކެއް ޕްރޮސެސް ކުރަނީ. ދަޅުމަހުގެ އެކްސްޕޯޓު 57 ޕަސެންޓު ވަނީ ދަށަށް ގޮސްފައި -- ފޮޓޯ: މިހާރު
12 ޖެނުއަރީ 2025 - 14:46
ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓު ކުރި މަހުގެ ބާވަތްތަކުގެ އަދަދު މިދިޔަ އަހަރު 57 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެކްސްޕޯޓު ކުރީ 4،800 މެޓްރިކް ޓަނުގެ ދަޅުމަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ވަނީ 11،100 މެޓްރިކް ޓަނުގެ ދަޅުމަސް އެކްސްޕޯޓުކޮށްފަ އެވެ.
ދަޅު މަހުގެ އެކްސްޕޯޓު ދަށަށް ދިޔަ އިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓު ކުރަމުން ދިޔަ އެންސިސް އިން ވަނީ މަސް ފެކްޓްރީ ބަންދުކޮށް، މަސް ގަތުން ހުއްޓާލައިފަ އެވެ. އެއީ ދަޅު މަހުގެ އެކްސްޕޯޓު ދަށްވި އެއް ސަބަބު ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު ޖުމްލަ އެކްސްޕޯޓު ވެސް ވަނީ ވައޭގެ ކުރީ އަހަރަށް ވުރެ 48 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 36،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައި ވާއިރު އެ މުއްދަތުގައި 2023 ވަނަ އަހަރު 69،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކުރި އެވެ.
މިދިޔަ އަހަރު އެކްސްޕޯޓު ކުރި މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓުކުރީ ގަނޑުކުރި މަހާއި ފިނިކުރި މަހެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ބާވަތުގެ 29،000 މެޓްރިކް ޓަނު މަސް އެކްސްޕޯޓު ކުރި އެވެ.
މިދިޔަ އަހަރު އެންމެ ގިނަ އަދަދެއް އެކްސްޕޯޓުކުރީ ފެބްރުއަރީ މަހު އެވެ. އެ މަހު ވަނީ 6،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކޮށްފަ އެވެ. އެންމެ މަދުން އެކްސްޕޯޓު ކުރި ޖުލައި މަހު ވަނީ 1،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފަ އެވެ.
މަހުގެ އެކްސްޕޯޓު މިދިޔަ އަހަރު މިހާ ބޮޑަށް ދަށްވި ނަމަވެސް 2023 ވަނަ އަހަރު 78،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
13 January 2025
ވިޔަފާރިއެއް ވިއްޔާ އިނދަ ޖެހެމުން މިދަނީ.. ދެން ބުނޭ ކުރީ ސަރުކާރޭ
ދިވެހިދަޅުމަސް
13 January 2025
ދަޅުމަހުގެ ކޮލިޓީދަށް ވެއްޖެ.
ބަން
12 January 2025
ޗައިނާއަށް ވިއްކާ ހުސްވީކަމަށް މަ ހީކުރީ
ނަގާބިލުވާނީ މިވަރަށް
12 January 2025
ސާބަހޭ ސަރުކާރު. މަސްވެރިކަން ކުރިއަށް މި ދަނީ. މަސްވެރިކަމުން ފައިދާ ވާ ކަމެެއް ވިއްޔާ މި ދަނީ ދަށަށް.
ޔެމް ޔެމް ޓީވީ
12 January 2025
ކޮމާންޑާ އިން ޗީފް ގެ އިރުޝާދުގެ ދަށުން.... ؟
ހަސަނު
12 January 2025
ރާއްޖޭގެ މަސްވެެރިކަން އިނދަޖެހެނީ ސަރުކާރުތަކުން އެއިންޑަސްޓްރީ ހަލާކު ކުރާތީ...
ފޫނު ޖެއްސު
12 January 2025
އެއީ ކުރީ ސަރުކާރުގެ ކަމެއް.
ފަރިނ
12 January 2025
ފުނިޖެހިފަ ހުރި ދަޅުމަސް ކޮޅެއްވީމަ ހެޔޮފުޅުކަމުން ބަހާލަނޫ ދޯ.
ބިންބޭ
12 January 2025
މަސްކޭސް ވަގަށް ނަގައި އޭގެން ފައިދާ ހޯދުމަކީ މިފްކޯ ބައެއް ވެރިންގެ އާދައެއް. ޙާއްސަކޮށް އައްޑޫ ގައި މިފްކޯއިން ހިންގާ ފެކްޓްރީގައި. މިކަނ ބަލަން ފެނޭ. ގަސްދުގަ މަސްކޭސް ޑެމޭޖުކޮށް ޑެމޭޖް ރިޕޯޓު ހަދައި ބަޔަކު އެ "ޑެމޭޖު މަސްކޭސްތައް" ނަގައިގެން ދަނީ. ހަގީގަތަކީ މަސްކޭހުގެ އެތެރޭގައި ހުންނަ މަސްދަޅުތައް ޑެމޭޖު ނުވޭ.
ހެޔޮފުޅު
12 January 2025
އެބޮތް ގޮތެއް، ނުވިކިހުރިބައި ރަމަޟާންމަހާ ދިމާކޮށް ރައްޔިތުންނަށް ބަހާލަމާ!
ކިހިނެއް
12 January 2025
މަސްނވެރިކަން ދައްވެގެން އެކްސްޕޯޓް ދައްވީ
ޒުންޓޭ
12 January 2025
ލިބޭ މަދު މަސްކޮޅު ބޭރު ކުރީމާ ގެއްލުންވޭ. ދަޅުމަހުން ފައިދާވޭ. ވީމާ މަސްވެރިކަން ދަށްވީމާ އެ މަދު މަސްކޮޅު ރޮލާ ބޭރު ނުކޮށް ދަޅުމަހަށް ބަދަލުކުރުމުން ފައިދާ އިތުރު ވާނީ. މަސްވެރިކަން ދަށްވެގެން ނޫން ދަޅުމަސް އެކްސްޕޯޓް ދަށްވަނީ. ނެތީ ހިންގުންތެރިކަމެއް. ތަންދޮރު ނޭގޭ ސިޔާސީން ލައިގެން ކިހިނެއް ހިންގާނީ...
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 January 2025
މިއީ މިސަރުކާރުގެ ދޯހަޅި ވިސްނުމުގެ ދަށުން ހިންގާ ސިޔާސަތުތަކުގެ ނަތީޖާ. ރައްޔިތުންނަށް 'ހެޔޮފުޅު ކަމުން' ކޮށްދޭ ވަގުތީ ކަންކަމުގެ ސަބަބުންވެސް މުޅި ޤައުމުގެ އިޤްތިޞާދު ދާނީ އަޑިއަށް. ދެރަކަމަކީ މިކަން ފެންނަ އެކަކުވެސް މި ސަރުކާރުގައި ނޫޅޭނެކަން. މުސްތަޤްބަލަށް ވިސްނާފައި ކަމެއް ކުރަން އުޅޭ ހަމަ އެކަކުވެސް މި ސަރުކާރުގައި ނެތްކަން
ދީދީބެ
12 January 2025
ނިމިދިޔަ ސަރުކާރުން ވައްކަންކޮއް މުޅިދައުލަތް ހުސްކޮއްލިއިރު އޯކޭ. މިހާރު މަސްވެރިކަން ދައްވީމަ އެއީ ސަރުކާރު ދޯހަޅިކަން