ދިވެހި ޕާސްޕޯޓްތަކެއް: ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން އަނެއްކާވެސް ވަނީ ދިފާއު ކޮށްފައި
13 ޖެނުއަރީ 2025 - 11:17
ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދިފާއުކޮށްފި އެވެ.
ދުރާލާ ވިސާ ހޯދުމެއް ނެތި ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައިގެން ކޮންމެ އަހަރަކު ވެސް ނެރޭ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ފަސް އަހަރު ވެސް ރާއްޖެ އޮތީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމުގަ އެވެ. އެއީ ދުނިޔޭގެ ރޭންކިންގައި 53 ވަނަ އެވެ.
ރާއްޖޭގެ ޕާސްޕޯޓްގައި ވިސާ ނެތި 94 ގައުމަކަށް މިހާރު ދަތުރު ކުރެވެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި އިންޑެކްސްގައި ރާއްޖެއާ އެންމެ ގާތްކުރާ އިންޑިއާ އޮތީ ދުނިޔޭގެ ރޭންކިންގައި 85 ވަނައިގަ އެވެ. އިންޑިއާ ޕާސްޕޯޓްގައި ވިސާ ނެތި ދަތުރު ކުރެވެނީ 57 ގައުމަކަށެވެ.
މިއަހަރު ވެސް ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ލިބުނީ ވިސާއާ 195 ގައުމަކަށް ދަތުރު ކުރެވޭ ސިންގަޕޫރުގެ ޕާސްޕޯޓަށެވެ. އަދި ދެވަނައިގައި އޮތީ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު މިދިޔަ އަހަރާ ހަމައަށް ދެމެހެއްޓި ޖަޕާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 January 2025
ދިވެހިންގެއަތުގައި އޮންނަ ޕާސްޕޯޓާއި ފޯނަކީ އެންމެމޮޅު އަދި ފެންވަރުރަނގަޅު އެއްޗެހިކަންއިގޭ. އެކަމަކު ތިޔަ މޮޅު ޕާސްޕޯޓްގެންގުޅޭ ޤައުމުގެ ބޯޑަރ އޮތީ ކޮން ޙާލެއްގައިތޯ؟ މިޤައުމުގެ ރައްޔިތުންނާއި ދާދި އެއްވަރު އަދަދަކަށް އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް އުޅޭ ބިދޭސިން މިތަނުގައި އުޅެމުން އެބަދޭ. އިންޑިޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށް ވިޔަސް އެތަނުގައި ނެތް މިންވަރަށް ރާއްޖޭގައި މިކަންތައް އެބައޮތް. މިވެސް ރާއްޖޭގައި އޮތް ރިކޯޑެއް ނޫންތޯ.
53 ވަނަ ކަޑައޭ
13 January 2025
ގައިމު ތާކަށް ވާ ތާކަށް ރާއްޖެ ޕާސްޕޯޓަކު ވިސާ ނުލާ ނުދެވޭ.
ޑރ ވާންޗޯ
13 January 2025
ޔާމީނުކުރިގޮތަށް ވެރިކަންކުރެވޭނެ ވެރިޔަކުއަދިނުފެނޭ، ޑޮލަރގެ ބްލެކްމާކެޓް 18 އިން މަތީގަ އޮއްވާ ދުއްވާލީ، އެވެސް ރިސޯޓުއޯނަރުން ރުޅިއަރުވާނުލާ.
އަޖައިބުު
13 January 2025
ކޮންމެ ޤައުމަކަށް ދެވުނަސް އެޤައުމެއްގެ ބަޔަކު ލޮލުގައި އެންމެ ފުރަތަމަ އަޅައިގަންނާނީ ރިވެތި އަޙްލާޤު، އެކަން ނެތިއްޔާ އިޙްތިރާމެއް ނުލިބޭނެ.
މަހީހީ
13 January 2025
ދެކުނު އޭސިއާ އޯ ލޮލް. 53 ވަނަ ލޮލް
ޙާލުގާ
13 January 2025
100 ގައުމަށްވެސް ވިސާއާއި ނުލާ ދެވޭގޮތަށް ހެދިދާނެ..ދާނެ ރުފިޔާ ނެތީ..
އެޗް އެމް
13 January 2025
އެއްވެސް މަސައްކަތަކާ ނުލާ!
ޢަހާ
13 January 2025
މިސަރުކާރަށް 1 އަހަރުވެގެން ދިޔައިރު އެންމެ ގައުމަކަށްވެސް ރައްޔިތުންނަށް ފްރީވިސާ ހޯދާނުދެވުނު. ކުރެވުނު ކަމަކީ ބޮޑުންނަށް 2 ގައުމަށް ފްރީވިސާހޯދަދެވުނީ. އޮމާނަށާއި ، އަޒަރބައިޖާން. އަމިއްލަ އެދުންބޮޑުކަމާހެދި
ކަތްދައްތަ
13 January 2025
ރައީސް ޔާމީން ކުރެއްވި ކޮންމެ ކަމެއް ދަނީ މިހާރަގަށް. އޭރު ބޭނުން ކުރި ފޭކް ޕާސްޕޯޓްތައް ޒަމާނީ ވަރުގަދަ ޕާސްޕޯޓަކަށް ބަދަލު ކުރެއްވި މިގައުމުގެ މިޒަމާނުގެ ލީޑަރު ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް. އޭނާގެ ވެރިކަމުގައި ކަމެއް ކޮށްފައި އޮތްނަމަ އޮތީ އެކަމެއް އެންމެ ރަގަޅަށް ކޮށްފައި. މިކަމާމެދު ބަހުޘް ކުރެވޭނެ ދެވަނަ ދުލެއް މިގައުމުގައި އަދި ނެތް. ވަރަށް ސަލާމް.
އަލިީ
13 January 2025
ތީހަމަ ތެދެއް،! ކުރި ކޮންމެ ކަމެއްވެސް ކުރީ އެކަމެއްގެ އެއްމެ ފުރިހަމައަށް. މިސާލަކުން ބަލާލަމާހިނގާ ދަރުމަވަންތަ ހޮސްޕިޓަލް ވަރަށް ފުރިހަމަ، ބުރިޖް ،އަދި އެއަރޕޯޓަށް ގެންނައި ބަދަލު ވަރަށް ފުރިހަމަ، ކުރި ބޮޑެތި ވައްކަންތަށް - ވަރަށް ފުރިހަމަ، ހުޅުމާލެ ފޭސް2 އަދި އެ ދައުރުގައި ބިނާކުރި ޓަވަރުތަށް ، ކައިފަވެސް ކަމެއް ކޮށްދެއްވީވެސް ހަމަ މިސޮރު.
ހުސަ
13 January 2025
ޔާމީންގެ ދައުރުގައި ރާއްޖޭގައި ކުރި ބޮޑެތި މަސައްކަތްތައް ކޮށްފައިވަނީ ވަރަށް ފުރިހަމަކޮށް! ކަންކަން ކޮށްފަ އޮތީވެސް ވަރަށް ދުރަށް ވިސްނާފަ! ހުޅުލެ އެއާޕޯޓް، ދަރުމަވަންތައް ހޮސްޕިޓަލް، ސީޕެލޭންޓާމިނަލް، ހުޅުމާލެ ދެވަނަ ފިޔަވަހި، ހުޅުމާލެ ޕަވަރޕްލާންޓް، ޕާސްޕޯޓް، ދިވެހި ރުފިޔާ އަދި ރާއްޖޭގެ އިގްތިސޯދުވެސް! އެސަރުކާރުގައި ވައްކަންތައް ކުރި މީހުން ވައްކަން ކުރީވެސް އެވަރަށް! އެކަމަކު ގައުމަށް ފައިދާހުރި ކަންކަންކޮށްފަ އޮތްގޮތްވެސް ފުރިހަމަ!
އިބްރާހިމް ޝާފިޢު
13 January 2025
ތި އިލެކްޓޮރޮނިކް ޕާސްޕޯރޓް ނެރުނީ 2008 ގައި ރަޢީސް މަޢުމޫން ގެ ފަހު އަހަރު. ތީކީ ޔާމިންގެ މަސައްކަތެއް ނޫން.. ތާރީޙް އޮޅުވާ ނުލައްވާ... ޔާމިން ދައުރުގައި ނެރުނީ އިމިގްރޭޝަން ނަމުގައި ކްރެޑިޓް ކާރޑެއް އެއީ ކުރަން ހެޔޯވާވަރުގެ ކަމެއް ނޫން.. އެއީދިވެހިރާއްޖޭގެ ޤައުމީ ނިޝާންޖަހާފައި އިން ވިސާކުރެޑިޓް ކާޑެއް...
މައްކުބޭ
13 January 2025
މިއީ މި ވެސް ހަމަ ބޮޑޫ ކަމްޕެޓިޝަނުން ކުރާ ކަމެއްތަ؟ މި ޕާސްޕޯރޓް ހިފައިގެން ސިންގަޕޫރަށް ވަންނައިރަށް ޔަހޫދީ ސިސްޓަމް އޮންނަ ގިނަ ޤައުމުތަކުން ޕާސްޕޯރޓްގަ އޮންނަ ނަމަށް ބަލާ ކުޑަ ވަރެއްގެ އިންޓޮރޮގޭޝަން ސެޝަނެއް ބައެއްފަހަރު ބާއްވާ، މިސާލަކަށް ސިންގަޕޫރު. މީތި ކޮލިޓީ ވީމަ އަޅުގަނޑުމެންގެ ނަމަށް ބަލާ އެކުރާ ދުށްޕާންތަކުން ސަލާމަތްވާނެ ނަމަ ރަގަޅު.
މައިހޯ
13 January 2025
ދެން ކަލޭ ޔަހޫދީ ނަމެއް ކިޔަންވީނު
ލަސް
13 January 2025
ކުރަން ޖެހޭތީ ކުރަނީ.
އިއްސަބޭ
13 January 2025
ރާއްޖޭގެ ނަން ކިލަނބު ކުރާ ނުރައްކާތެރި ހަރުކަށި ބައިގަނޑެށް ރާއްޖޭގައި އުޅޭތީ ބައެއްފަަހަރު ދިމާވާ މައްސަލައެއް!