އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ ބައްދަލުކުރައްވަން ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
15 ޖެނުއަރީ 2025 - 08:17
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދިނުމުގެ ގޮތުން އެސްޓޯނިއާގެ ތަޖުރިބާ ހިއްސާ ކޮށްދީ، ޑިޖިޓަލް ހިދުމަތްތައް އަލުން ޑިޒައިން ކުރުމާ އެކު، އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިއްޔެ ފާޅުކޮށްފި އެވެ.
ރާއްޖޭގެ ޑިޖިޓަލް ނިޒާމު ކުރިއެރުވުމުގައި އެހީތެރިކަން ދިނުމުގެ ޝައުގުވެރިކަން އެ ކައުންސިލުން ފާޅުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި "ރައުންޑްޓޭބަލް" މަޝްވަރާތަކުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލްގެ މެންބަރުން ވަނީ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްގީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާ އެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ. އަދި އީޖާދުތަކަށް މަގުފަހި ކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ތިންކިން އަކީ ޅަ އުމުރުން ފެށިގެން ވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ބޭއްވެވި ބައްދަލުކުރައްވަން ރައީސް މުއިއްޒާއި ޓެކްނޮލޮޖީ މިނިސްޓަރު އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު އިއްޔެ ބޭއްވި މަޝްވަރާތައް އަމާޒުކުރީ ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ މިހާރުގެ ހާލަތު ދެނެގަތުމާ އެކު، ޑިޖިޓަލް ތަރައްގީގެ ރޮނގުން އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އަށް ލަފާ އަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ އެކު ބޭއްވި "ރައުންޑްޓޭބަލް" މަޝްވަރާތަކުގައި ރައީސް މުއިއްޒު ވަނީ "ޑިޖިޓަލް ރާއްޖެ" އަކަށް ހެދުމަށް އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ތަސައްވަތު ހިއްސާ ކުރައްވައިފަ އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި "ޑިޖިޓަލް ރާއްޖެ" ގެ ތަސައްވުރަކީ، އެންމެންނަށް ވެސް ބޭނުން ހިފޭ، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަސައްވުރެކެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާ ބައްދަލުކުރައްވަން ރައީސް މުއިއްޒު ވަޑައިގަތުމުން އެ ގައުމުގެ ރައީސް ކަރިސް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަމާޒަކީ އެންމެ ފުރަތަމަ އިހުތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ހިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާއި މިފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަން ދެނިވި މޭރުމަކުން ކަމުގައި ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އެއާ އެކު، ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
އެސްޓޮނިއާގެ ރައީސް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގައި ރާއްޖެ އާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިހާރަށް ވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރަށް ވަޑައިގެން އެ ގައުމުގެ ޑިޖިޓަލް ނިޒާމުގެ ކުރިއެރުންތަކާ ގުޅޭ މައުލޫމާތުތައް ވެސް އޮޅުން ފިލުއްވައިފަ އެވެ.
ރައީސް އެސްޓޯނިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އީ-އެސްޓޯނިއާގެ ބްރީފިން ސެންޓަރުން ދިން ޕްރެޒެންޓޭޝަން ބައްލަވަނީ.--- ފޮޓޯ: ރައީސް އޮފީސް
އެސްޓޯނިއާގެ ޑިޖިޓަލް ޝޮސައިޓީ އަދި އީ-ގަވަނަންސްގެ އާ އީޖާދުތަކާއި އީ-ރެސިޑެންސީ އާއި ޑިޖިޓަލް އައިޑީކާޑާއި އީ-ޓެކްސޭޝަނާއި އެކްސް ރޯޑު ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ކަންކަމުން ހޯދާފައިވާ ކާމިޔާބީތައް އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުގެ ޕްރެޒެންޓޭޝަންގައި ދައްކައިލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެކަންޑްލައިފް
15 January 2025
ސެކަންޑްލައިފުހައި ރާއްޖެވެސް އޮފިޝަލްކޮށް ބައިވެރިވާން ފެނޭ
ޚޒުަޔސ
15 January 2025
އީފާސް ކަހަލަ ނޮހޮރުއްޕާން އެއްޗެހި ހަދަ ހަދާ އަހަރެމެން ގައުމުގަ މިތިބެނީ
އުދުހޭ
15 January 2025
މޭޒުދަށުގަ ސާވަރ ބެހެއްޓުމުގެ ދާއިރާއިން ދިވެހިރާއްޖެއިން އެސްޓޯނިޔާއަށް އެހީތެރިކަން ފޯރުވާދޭން ހުށައަޅާބަލަ.
ދިޖިތަލް
15 January 2025
ސްކިރީނާއި ދުރު ގިނައިން ފޮތްކިޔަން ބާރުއަޅާ ޑިޖިޓަލް ރާއްޖެއެއް.
ގަފޫރް
15 January 2025
ޑިޖިޓަލް ސިސްޓަމް ތަކަށް ބަދަލު ކުރަން ވަގުތު އައިއްސަ ޖެހިއްޖެ. ކަރުދާހާ އެއްޗެސް ބޭނުން ކުރާނެ ކަމެއް ނެތޭ ދެން މިހާރު. ތަންކޮޅެއް ޒަމާނީ ވާން އެބަ ޖެހޭ ދިވެހީން
ޥާނުވާ ގެ ވައްތަރެއް
15 January 2025
ޜަނގަޅީއްޔާ ރަނގަޅު
މިހާރުވެސް ލަސްވެއްޖެ
15 January 2025
ދުނިޔޭގެ މުސްތަގުބަލަކީ ޑިޖިޓަލް ދުނިޔެއް. މި ހަގީގަތް ގަބޫލުނުކުރާ، އަދި މިމަގުން އުނގަންނައި ދިނުން ފަދަ ކަންކަން ބަދަލުނުކޮށް، ރާއްޖޭގެ ދަރިން ކުރިމަގުގައި ވާނީ "ލިޔަންްކިޔަން" ވެސް ނޭނގޭ ބަޔަކަށް. މިހާރުވެސް މާ ލަސްވެއްޖެ. ކޯޑިންފަދަ ކަންކަމަކީ މިހާރު ހަމަ ކޮންމެ ސްކޫލެއްގައިވެސް ދަރިވަރުންނަށް ލިބެންޖެހޭނެ ހައްގެއް.
ޖައުފަރްް
15 January 2025
އަޅުގަނޑުމެންނަށް ރަނގަޅު އޮންލައިން ޚިދުމަތްތަކެއް ދޭން ސަރުކާރުން މަސައްކަތްކުރުމުން އެކަމާ ދެކޮޅަށް އެމްޑީޕީއިން ނުކުންނަނީ ޖެއްސުންކުރަން.
މިއައު
15 January 2025
ކޮން ޑިޖިޓަލެއް ކުރެވޭނީ. ތިއުޅެނީ ޑީއެންއާރު މިހާރުވެސް ސެކިއުރ ނުކުރެވިގެން. ބޭނުންވީމަ ބޭނުން ކަމެއް ކުރަނީ. ޕާޓީ ބޮޑުކުރަން ހަމަ ގަސްތުގަ އެނގިގެން ގަތްގަނޑެއް. ދެން ބުނޭ ކުރިއަކުން ނޭނގެއޭ، ކިތައް މީހުން އޭރުވެސް މިވާހަކަ ފްލޯޓު ކުރި. ހަމަ ފަޒުލް މައްސަލަ ގޮތައް މިކަންކަން ވެސް ދާނީ. ދެން ވޯޓު ޑިޖިޓަލް ކޮށްފަ އޮޅުވާލާ
އުތީމު އާދަނު
15 January 2025
މުޅި ދަތުރު ތި ހުލާސާކޮށްދިނީ. ދަތުރުގެ މަގްސަދު، އާދެ، ދެން އޮންނަ އިންތިހާބެއްގައި އީވޯޓިންގ ސިސްޓަމެއް ތައާރަފްކޮށް 5% މީހުން ސަޕޯޓްކުރިއަސް ސިސްޓަމްތެރެއިން ވެރިކަމަށް އައުން. މިއީ ދުރުވިސްނުމެއްނޫންތަ އަޅެ؟
ޕަކާސް
15 January 2025
މިހާރުވެސް ޑިޖިޓަލްކޮށް ރާއްޖެ އޮތީ. ބަލާ އޮންލައިން ޕޯޓަލްއެއް ނެތް އިދާރާއެއް އޮތްތޯ. އޮންލައިންކޮށް ހިދުމަތަށް އެދިފަ އަދި ވަކިން ޕްރިންޓްކޮށްގެން ޑޮކިއުމެންޓްސް ގެންދަން ޖެހުން އެދެން އަދި ވަކި ކަމެއްތާ.