16 ޖެނުއަރީ 2025 - 12:42
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާ ކަމަށް ވިދާޅުވެ، ރަޝިއާ އާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި، ރާއްޖޭން ޔޫކްރޭނަށް ތާއީދުކޮށްފި ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދޮގުކުރައްވައިފި އެވެ.
ހަލީލް އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު، އެތަނުން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ރައީސް މުއިއްޒާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެ ތަނުން ކުރި އެ ޕޯސްޓުގައި ބުނީ ސަލާމަތާއި ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއުކުރުމުގެ އިތުރުން ޔޫކްރޭނަށް ތާއީދުކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.
އަދި އދ. ގައި ޔޫކްރޭނަށް ރާއްޖޭން ކުރާ ތާއީދަށް އެ ޕޯސްޓުގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.
Speaker @LauriHussar to President of the #Maldives @MMuizzu: "Although 🇪🇪 and 🇲🇻are far apart, as small nations, we share common interests."
— Riigikogu (@Riigikogu) January 14, 2025
Discussions focused on security, supporting #Ukraine, and defending international law. 🙏 Thank you🇲🇻for supporting 🇺🇦 at the #UN! pic.twitter.com/GEKKl86bZl
އެކަމާ ގުޅިގެން، ރަޝިޔާ-ޔޫކްރޭނު ހަނގުރާމައިގައި މިހާތަނަށް ވަކި ކޮޅަކަށް ނުޖެހި އޮތް ރާއްޖޭން ޔޫކްރޭނަށް ތާއީދުކުރީތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، ހަލީލް އެކްސްގައި ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާ ކަމަށާއި އދ. ގައި ރާއްޖޭން ވޯޓު ދެމުންދާ ގޮތުން އެކަން ސާފުވާނެ ކަމަށެވެ.
"ކުދި ގައުއުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް،" ޔޫކްރޭނު ހަނގުރާމައިގެ ވާހަކަ ނުގެންނަވައި ހަލީލް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހިންގެ ލާބަ އާއި މަންފާ ލިބޭ ގޮތަށް، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާ ގޮތަށް ހުރިހާ ގައުމަކާ އެކީ ވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެސްޓޯނިއާ އިން ދަނީ މާލީ އަދި އަސްކަރީ އެހީ ޔޫކްރޭނަށް ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސް
17 January 2025
ދާއިރާ ދަންނަ މީހަކު މުއިއްޒު ވިދާޅުވާހާ ގޮތެއް ނުހައްދަވާނެ. އެހެންވީމަ ރައީސް ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއް ބަހައްޓައިގެންތާ ކަންތައް ކުރެވޭނީ.
ލޮބާ
17 January 2025
ހަމަ ސަތޭކަ ނެތް މައްސަލައެތް. ބުއްދިވެރި ގޮތަކީ ތިއީ ހަމަ، ސާބަހޭ ރަޢީސް އަދި މި ސަރުކާރު
ޖުމްބެ
17 January 2025
މީ ހަރުދަނާ ސިޔާސަތަކީ، މަޝްވަރާކުރުމާ އެއްގައުމަކާއި އަނެއް ގައުމަކާ ޖެހޭ މައްސަލައެއްގަ ވަކި ކޮޅަކަށް ނުޖެހި ދިވެހިންނަށް ފައިދާކުރަނިވި ގޮތަކަށް ކަންކުރުން. ހަމަ ސަޅި
ޖައިޝަމް ނާަފިޒް
17 January 2025
ރައީސް މުއިޒު ގެ ކޮންމެ ނިންމުމަކީ އެއްމެ ފަހުގެ ނިންމުން އަދި އަޅުގަނޑު ތާއީދު
ލޫތް އިސްމާއިލް
17 January 2025
ރަނގަޅު. އަހަރުމެން ގެންގުޅެންވާނީ ބެލެންސް ހާރިޖީ ސިޔާސަތެއް
އަމްޝާހު
17 January 2025
ސިޔާސީ ބޭނުމަށް މިގައުމުގެ މިނިވަންކަމާ ގިޅޭ ކަންކަމާ އެމްޑީޕީއިން ގުރުބާން ކުރާތަން މިފެންނަނީ. ބޮޑުވަރު
މުހައްމްދު ހަމީދު
17 January 2025
އޭރުވެސް އެގުނޭ އެމްޑީޕީ މީހުންގެ ފިތުނައެއްކަން އެއީ
މަހުނަން
19 January 2025
އެމްޑީޕީ މީހުންތަ އެއޮތީ ރާއްޖެ ޔޫކްރެއިންއަށް ތާއީދު ކުރާ ވާހަކަ ޓްވީޓް ކޮއްފައި.
މޫސާ ހަމީދު
17 January 2025
މިސަރުކާރުގެ ބޭރުގެ ޕޮލިސީ ވަރަށް ކަމުދޭ
ޖީހާން އިސްމާއިލް
17 January 2025
ދޮގު ހަދައި މިކަން އޮޅުވާލި މީހުން ކޮބާ؟
ޖާނޭ
17 January 2025
އެހެން ދޯ ދެން ވާނީ ހާޖިރީ ވަޒީރަކަށް މިލަނީ ހާޖިރިއްޔާގެ އަލިފު ވެސް ނޭގޭ ތަޖުރިބާއެއްވެސް ނެތް ބޭފުޅުން. ދެން އެންބަސީ ތަކުގަ ތިބެނީ ވެސް ސުޕޯކުސް ޕާސަން ހެދިފަ ހާޖިރީ އެއްވެސް ކަމެއް ނޭގޭ އެކްޓިވިސްޓު މީހުންވީމާ ދޫވެސް އޮޅޭނެ.