އެއާ އެމްބިއުލާންސް: އެއާ އެމްބިއުލާންސްގައި މިހާތަނަށް ވަނީ 804 ބަލި މީހަކު އުފުލައިފައި.
21 ޖެނުއަރީ 2025 - 15:10
ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި އެއާ އެބްލިއުލާންސްގައި މިހާތަނަށް 804 ބަލި މީހަކު އުފުލައިފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިހާތަނަށް 700 ދަތުރުކޮށް، 804 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ ޑޭޝް މަރުކާގެ މަތިންދާ ބޯޓަކެވެ. އެ ބޯޓު އެކީ ބަދަލު ކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާ އަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.
ރާއްޖޭގައި އެއާ އެބްލިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމްބެ
21 January 2025
ތީގައި ދަތުރު ކުރި ބަޔަކު ތިބޭ އިނދަ ޖެހިފައި. ޓިކެޓުގެ އަގު އެހާ ބޮޑުވާނެ
އެހެންތަ
21 January 2025
އާސަންދަކުރެން އަހާބަލަ ދޯ ކިހާ ފައިސާއެއް ގޮއްސިތޯ މީހުން ގޮވައިގެން ދަތުރުކުރަން... ޓިކެޓު އަގުބޮޑީ އަމިއްލައަށް ދަތުރު ކުރަންޔާހެން މަށަށް ހީވަނީ..
އަލީމައްތަ
21 January 2025
ކަލޭ އެއާ އެމްބިއުލޭންސްގަ ދަތުރުކުރީ އަމިއްލައަށް ޓިކެޓު ނަގައިގެންތަ؟ އަހަރެމެން ދަނީ ހިލޭ. އާސަންދައިން ކޮށްދޭ.